ޝީޝާ އިން ރޯދައާ ދިމާކޮށް ކުރިޔަށް ގެންދާ ޕްރޮމޯޝަންގެ ދަށުން ދޭ ހަދިޔާތަކެއް ޝޯރޫމްގައި ބަހައްޓާގައި. މި ޕްރޮމޯޝަން ރޯދަ މަސް ނިމެންދެން ކުރިޔަށްދާނެ. ފޮޓޯ: ޝީޝާ
09 މެއި 2017 - 19:41
އަގު ބޮޑު އިނާމުތަކާ އެކު ޝީޝާ އިން ރޯދައާ ދިމާކޮށް ސައިކަލްގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސައިކަލްގެ ވިޔަފާރިކުރާ ކުންފުނިން "ސައިކަލް ތާސްޓް"ގެ ނަމުގައި ފެށި ޕްރޮމޯޝަންގެ ރޯދަ މަސް ނިމެންދެން ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މިފަހަރު ޕްރޮމޯޝަންގެ އެންމެ ހާއްސަ ކަމަކީ ޕްރޮމޯޝަންގެ އެއްވަނަ އަށް އަންނަ މީހަކަށް ސައިކަލަށް ދެއްކި ފައިސާ އެއްކޮށް އަނބުރާ ލިބުމެވެ. އަދި ވަގުތުން ހަދިޔާ ލިބޭ "އިންސްޓަންޓް ވިން"އެއް ވެސް ކުރިޔަށް ގެންދެ އެވެ. އެގޮތުން ޕީއެސް4 އާއި ޓީވީ، ބަދިގެ ސާމާނު، ފުޑް ހެމްޕާ ލިބެ އެވެ.
އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އެ ޕްރޮމޯޝަންގެ ދަށުން ފުލް ޕޭމަންޓް ދައްކާ ކަސްޓަމަރުންނާއި އެމްއައިބީ އަދި އެމްއެފްއެލްސީ މެދުވެރިކޮށް ސައިކަލް ގަންނަ ކަސްޓަމަރުންނަށް ބޮޑެތި ޑިސްކައުންޓްތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އިންސްޓޯލްމަންޓަށް ސައިކަލް ގަންނަ ފަރާތްތަކަށް ވެސް ތިން މަހާއި ހަ މަހާ ދެމެދުގެ އިންސްޓޯލްމަންޓް ޗާޖް ނުނަގާ ގޮތަކަށް ވެސް ހަމަޖައްސާފައިވާ ކަމަށް ޝީޝާ އިން ބުންޏެވެ.
"އިންސްޓޯލްމަންޓް ޗާޖަކީ މަހަކު ދައްކަން ޖެހޭ އަދަދުގެ އިތުރުން އެ މަހަކަށް ޖެހޭ މިންވަރަށް ނަގާ ޗާޖެއް. މި ޕްރޮމޯޝަންގެ ދަށުން އެ ޗާޖް އަޅުގަނޑުމެން ވަކި މުއްދަތަކަށް ނުނަގާ ގޮތަށް ނިންމީ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ޝީޝާ އިން ރޯދައާ ދިމާކޮށް ކުރިޔަށް ގެންދާ ޕްރޮމޯޝަންގެ ދަށުން ދޭ ހަދިޔާތަކެއް ޝޯރޫމްގައި ބަހައްޓާފައި. މިފަހަރުގެ ޕްރޮމޯޝަނަކީ ވަރަށް ހާއްސަ ޕްރޮމޯޝަނެއް. ފޮޓޯ: ޝީޝާ
އެ ކުންފުނިން ބުނީ ޑައުންޕޭމަންޓް 30 ޕަސެންޓަށް ވުރެ ދަށުން ދައްކާ ނަމަ ތިން މަހުގެ އިންސްޓޯލްމަންޓް ޗާޖު ނުނަގާނެ ކަމަށެވެ. އަދި 30 ޕަސެންޓަށްވުރެ އިތުރަށް ދައްކާ ނަމަ ހަ މަސް ދުވަހުގެ ޗާޖް ނުނަގާނެ ކަމަށް ވެސް ޝީޝާއިން ބުންޏެވެ.
"މި ޕްރޮމޯޝަންގެ ތެރޭގައި ހަ މަސް ދުވަހަށް ބަހާލައިގެން އިންސްޓޯލްމަންޓް ޗާޖަކާ ނުލައި ސައިކަލް ނެގޭނެ ފުރުސަތު އެބަ އޮތް. އެގޮތުން ޑައުންޕޭމަންޓް ދައްކާތާ 24ގަޑިއިރުގެ ތެރޭގައި ސައިކަލް ހަވާލުކުރެވޭނެ،" އެ ކުންފުނިން ބުންޏެވެ.
ޝީޝާ އިން ބުނީ އިންސްޓޯލްމަންޓަށް ސައިކަލް ނަގާ ފުރަތަމަ 100 ކަސްޓަމަރުންނަށް ހިލޭ ގިފްޓް ހެމްޕާއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ހޮންޑާ ސައިކަލް އޮތޮރައިޒް ޑިސްޓްރިބިއުޓަރު ޝީޝާއިން ކުރިޔަށް ގެންދާ ސައިކަލް ތާސްޓް ޕްރޮމޯޝަނަކީ ކޮންމެ އަހަރަކު ރޯދައާ ދިމާކޮށް ކުރިޔަށް ގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ. މިއީ އެ ޕްރޮމޯޝަން ކުރިޔަށް ގެންދާ ހަތަރުވަނަ ފަހަރެވެ.
މާލެ އާއި ހުޅުމާލެ އަދި އައްޑޫގައި ކުރިޔަށް ގެންދާ އެ ޕްރޮމޯޝަންގައި ސައިކަލް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ފޯމް ހުށަހަޅޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބުރުބޭ
15 May 2017
ޙާއްސައެތްނޫން ބޭނުންވާސައިކަލް ނުލިބޭ ޕީސީއެކްސް ނުވެސްނެތް ދެންކިހިނެތް ބޭނުންވާ ސައިކަލް ގަންނާނީ
ރޯދަ ހަބޭސް
10 May 2017
ޝީޝާ "ސައިކަލް ތާސްޓް" މީ މަރެއް. ހުރިހާ ކޮޅަކުން އިނާމް.ޝީޝާ ވަރެއް ހަމަނެތް
ާަެަެެެއެންޑްރޫ
10 May 2017
ލިޓަސް ވަރެށް ނުވާނެ ޔޯ
ޝިމާމް
11 May 2017
ކަލޯ ދަތްކުޑި ވިކި ވިކި ތިޔަހެން ހެންހުރޭ. މިިއުޅެނީ ބައެއްވަރެއް ވާކަށް ނޫން.