ސައުދީން ރާއްޖެއަށް ހަދިޔާކުރި ކަދުރު ހަވާލުކުރަނީ: މި އަހަރު ވެސް 50 ޓަނުގެ ކަދުރު ވަނީ ހަދިޔާކޮށްފައި.--މިހާރު ފޮޓޯ: ހުސެއިން ވަހީދު/ މިިހާރު
25 މެއި 2017 - 14:56
މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހަން އިސްލާމިކް މިނިސްޓްރީން، ފުރަތަމަ ފަހަރަށް، އުސޫލެއް އެކުލަވާލައިފި އެވެ.
މިދިއަ އަހަރު ސައުދީން ރާއްޖެއަށް ހަދިޔާކުރި ކަދުރުގެ ބައެއް ސޮދަގާތު ފައުންޑޭޝަނުން ބަހައިގެން އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ.
މިިދިޔަ އަހަރުގެ ރޯދަ މަހު ވެސް ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުުރިއިރު އެވެ. އޭގެ ތެރެއިން 500 ކަދުރު ފޮށި ބެހީ މުލިއާގެ މެދުވެރިކޮށް، ސޮދަގާތު ފައުންޑޭޝަނުންނެވެ. ނަމަވެސް މުލިއާގެ މެދުވެރިކޮށް ކަދުރުތައް ބެހުމުގައި ކޮރަޕްޝަންގެ މައްސަލައެއް ނެތްކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ނިންމައިފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ އުސޫލުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއް ދޭން ޖެހެ އެވެ. ސިޓީތަކުގެ ގޭބިސީތައް ކަނޑައަަޅަން ޖެހޭނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުންނެވެ.
އުސޫލުގައި ބުނެފައިވާ ގޮތުން ކަދުރު ބަހާނީ އާއްމުކޮށް އިއުލާނުކޮށްގެން، އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ މުއައްސަސާތަކާ ހަވާލުކޮށްގެންނެވެ. އަދި ކަދުރު ބަހަން ޖެހޭނީ ހަމައެކަނި ސަރުކާރުން ބަހާ އެއްޗެއްގެ ގޮތުގަ އެވެ.
ސައުދީން ހަދިޔާކުރި ކަދުރު ބެހުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:00 އިން 2:00 އަށް ކައުންސިލްތަކަށް ދޫކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥާނުވާ
27 May 2017
މަށަކަށް މި ލިޔުމުން އެއްވެސް ޝަރުޠެއް ނުފެނުނު ކޮބައިތަ ކަދުރު ލިބޭލނުވަތަ ކަދުރުބަލާދާ މީހުންގެ ޝަރުު އޭގައި ލިޔެފައިވާ ސެންޓެންސަކީ؟؟؟
GAN Island
26 May 2017
މިގޭ ކާރީގަ ހުރި ފިހާރައެއްގެ ބިއްލޫރި ގަނޑުގައި ބޮޑު ސިންގާ ލިއުމެއް ހަރުކޮށްފައި އެބަހުރި ''ދަރަންޏަށް މުދާ ދޫކުރުމުގެ އުސޫލު'' އާންމުކޮށް ފެންނަ ގޮތަށް. . . .އޭގައި އޮތް ޝަރުތު ތަކަކީ ''ދަރަންޏަށް މުދާ ނެގުމަށް އެދޭ މީހާ އަކީ އުމުރުން 85 އަހަރުން މަތީގެ މީހަކަށް ވުމާއި އެކުގައި އެމީހާ އަށް ދަރަންޏަށް މުދާ ދޫކުރުމުގައި އެފަރާތުގެ އިއުތިރާޒެއްނެތް ކަމަށް މުދާ ނަގާ ފަރާތުގެ މަންމަ އާއި ބައްޕަ އެއްބަސްވާ ކަން ހާމަ ކުރުމާއި އެކު އެދެފަރާތުން ފިހާރަ އަށް އައިސް އެކަން ސޭޓަށް އަނގަބަހުން ކިޔާ ދޭންޖެހޭނެ'' ކަމަށް. . . މިދެންނެވި ފިހާރައިން ދަރަންޏަށް މުދާ ދޫކުރުމެކޭ ތިޔަ ކަދުރު ބެހުމެކޭ އެއްވެސް ތަފާތެއްނެތް. މިހާރު މިރާއްޖޭގައި ''ކަދުރު'' އެހާ މަޝްހޫރު ބަހެއްގެ ގޮތުގައި ވެގެން މިއުޅެނީ ކީއްވެގެންބާ؟
ހަސަނު
26 May 2017
ކަދުރުފޮށި ތަކުގައި ބާރަށް ބައްދައިގެން ތިބޭދެން.
މޯޑު
26 May 2017
ކަދުރޭޭ..ކަދުރޭ..ހެހެހެހެހެހެހެހެހެހެހެހހެހެހެހެހެހ..މަވާސަލާން..
އަބޫ
26 May 2017
ރޯދަމަހުގެ ފަހުކޮޅަށް ދިޔައިމަ ކޮންމެވެސް ފައުންޑޭޝަނަކުން ހަދިޔާކުރަނީޔޭކިޔާ ޝުކުރިއްޔާ ޝުކުރިއްޔާ ކޮންމެވެސް މީހަކާ ދިމާޔަށްގޮވަމުން ހުރިހާ މުއައްސަސާތައް ދުވަންފަށާނެ
ޙަސަންދީ
26 May 2017
އަޅުވެތި ކުރުމުގެ އުސޫލްގެ ދަށުން އާދޭސް ދަންނަވާގެން ތިޔަ ކަދުރެއް ބޭނުމެއްނޫން!!
ސަރާސަރު
26 May 2017
ތިޔަ ޝަރުތުތަކަކީ ސައޫދީން ކުރި ޝަރުޠުތަކެއްތަ؟ ސައޫދީ ރާއްޖެއަށް އަލަށް ކަދުރު ހަދިޔާކޮށްގެން އުޅެނީތަ؟ ތިޔަކަން ވާނެގޮތަކީ ކާބޯތަކެތީގެ ސަބުސިޑީ ދޭންވެގެން ފަގީރުންގެ ލިސްޓު ހޯދީމަ ވީގޮތްވާނީދޯ؟ ރާއްޖޭގައި ތިބީ ފަގީރުންގެ ހަތްދިހަ މީހުން . ތިޔަ ޝަރުތުތަކަކީ ތިޔަކަދުރު ކޮޅު ބަލައި މީހުން ނުދާނޭ ގޮތްހަދަން ކުރި ޝަތުތު ތަކެއް . މީހުންނަށް ތަކުލީފުޖައްސަން.
ކޮމެންޓު
26 May 2017
ހައްޖު ކޯޓާކޮޅު ވިއްކާލާފައި އެކަން ފޫ ބައްދަން މާ އިންސާފުވެރި ވާން އުޅޭނެކަމެއް ނެތެވެ. ޢަނެއްހެން ހާސްވާކަށެއް ނުޖެހެއެވެ. މިހަދާގޮތް އެބަ އެގޭ ނޫން ހެއްޔެވެ؟ ދުވަސްކޮޅަކު ގޭގައި ބަހައްޓާފައި އެހެން މިނިސްޓްރީއަކަށް ބަދަލު ކޮއްލާނީއެވެ.
އަލްއަޒްހަރު
25 May 2017
ސައުދީން ދޭ ކަދުރެއް މަ ބޭނުމެއް ނޫން... އިސްލާމީ ދުނިޔޭގައި ހަދާހާ ފަންޏެއް ހަދަނީ ސައުދީން. މިސްރު އިންޤިލާބު ސައުދީން ބައިވެރިވި. ތުރުކީގައި އިންޤިލާބު ގެންނަން އުޅުނު .. މިހާރު ޤަތަރާ ޖައްސާލައިގެން...
ވައިސަރީ
25 May 2017
ވަރަށް ރަނގަޅު ކަމެއް ދެން ތި އުސޫލާ ޚިލާފަށް ބަދިގޭގަ ތިބޭ އަންހެނުން އައިސް ކަދުރު އެއްޗަކަށް އަތެއް ނުބޭނޭނެ