ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

މިއީ ޓީމުގެ އިތުބާރު ބޮޑުކުރަންވީ ވަގުތު: ސްޓެވާޓް

ގައުމީ ކޯޗު ޑަރެން ސްޓެވާޓް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭޝިއަން ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުން އަމިއްލަ ދަނޑުގައި ފަލަސްތީން އަތުން ބަލިވެފައިވާތީ ޓީމު އަލުން ފޯމަށް ގެންނަން ބޫޓާން މެޗަށް ރަނގަޅަށް ތައްުޔާރުވާން ޖެހޭ ކަމަށާއި މިއީ ޓީމުގެ އިތުބާރު ބޮޑު ކުރަންވީ ވަގުތު ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ބުނެފި އެވެ.

މި މަހު 13 ވަނަ ދުވަހު ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ރޭ ގައުމީ ޓީމު ދުބާއީ އަށް ފުރިއިރު މާދަމާ ރަހުމަތްތެރިކަމުގެ މެޗެއްގައި ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ. އެ މެޗަށް ފަހު ބުދަ ދުވަހު ގައުމީ ފުޓްބޯޅަ ޓީމު ތައިލެންޑަށް ފުރާނެ އެވެ. އަދި ހަތަރު ދުވަހު ތަމްރީން ހެދުމަށް ފަހު 11 ވަނަ ދުވަހު ބޫޓާނަށް ދާނެ އެވެ. ބޫޓާނާ ދެކޮޅަށް ގައުމީ ޓީމު ކުޅޭ މެޗު އޮންނާނީ މި މަހުގެ 13 ވަނަ ދުވަހު ބޫޓާނުގެ ވެރިރަށް ތިމްޕޫގަ އެވެ.

"ވަރަށް ރަނގަޅު ތައްޔާރީތަށް ދިޔަ ގޮތް. ހަމައެކަނި ކަންބޮޑުވުމަކީ އޭއެފްސީ ކަޕް މެޗުގެ ސަބަބުން މާޒިޔާ ކުޅުންތެރިން ލިބުން ލަސްވުން. އެކަމަކު އެއީ ވެސް އަސްލު މައްސަލައެއް ނޫން. އެއީ އެ ކުޅުންތެރިންނަށް އޭއެފްސީ ކަޕްގައި ދެއްކި ކުޅުމުގެ ފައިދާކުރާނެތީ،" ގައުމީ ކޯޗު ސްޓެވާޓް ބުންޏެވެ.

ކޮލިފައިން ފުރަތަމަ މެޗުގައި މިދިޔަ މާޗް މަހު 28 ވަނަ ދުވަހު މާލޭގައި 3-0 އިން ފަލަސްތީނު އަތުން ބަލިވި މެޗަށް ފަހު ސްޓެވާޓް އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ އެ މެޗަށް ތައްޔާރުވާން މެޗެއް ނުލިބުނުކަމެވެ. އެކަމަކު ބޫޓާނާ ދެކޮޅަށް ކުޅުމުގެ ކުރިން އަފްގާނިސްތާނާ ދެކޮޅަށް ކުޅޭ މެޗުގެ ބޭނުން ފުރިހަަމަ އަށް ހިފަން ބޭނުންވާ ކަމަށް ސްޓެވާޓް ވަނީ ބުނެފަ އެވެ.

"ބޫޓާން މެޗަށް ތައްޔާރުވާން މި ލިބޭ ފުރުސަތުގެ ބޭނުން ވަަރަށް ރަނގަޅަށް ހިފަން ބޭނުން. ގާތްގަނޑަކަށް 11 ވަރަކަށް ދުވަސް މި ލިބެނީ. އަހަރެން އުއްމީދު މިކުރަނީ އެނބުރި ރާއްޖެ އަންނާނީ މޮޅަކާ އެކު ކަމަށް. ފުރަތަމަ މެޗު ގެއްލުމުން މި މެޗަށް މިދަނީ އަލުން ޓީމު ފޯމަކަށް އެޅުމަށް،" ސްޓެވާޓް ބުންޏެވެ.

އޭނާ ބުނީ އަފްގާނިސްތާނާ ދެކޮޅަށް ކުޅޭ މެޗުގައި ވިހާވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށާއި އެހެން ނަމަވެސް މާޒިޔާ ކުޅުންތެރިން ވަރުބަލިވެފައިވާތީ އެ ކުޅުންތެރިންނާ މެދު ސަމާލުވާން ޖެހޭ ކަމަށެވެ.

"އަފްގާނިސްތާން މެޗު ހަމަޖެހިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އެކަމަށް ޓަކައި އެފްއޭއެމްގެ ރައީސް ބައްސާމަށް ޝުކުރުއަދާކުރަން. ހަގީގަތުގައި އަފްގާނިސްތާން މެޗަކީ ކުޅުންތެރިން ޓެސްޓް ކޮށްލަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް،" ސްޓެވާޓް ބުންޏެވެ.

ބޫޓާން މެޗަށް ނެގި ގައުމީ ޓީމުގެ ސްކޮޑާއި އެފްއޭއެމްގެ ބައެއް އޮފިޝަލުން ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ސްކޮޑުން މި ފަހަރު ބައެއް ކުޅުންތެރިންނަށް ފުރުސަތު ލިބިފައިނުވާތީ ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ. އޭގެ ތެރޭގައި ވިކްޓަރީގެ ދެ ކުޅުންތެރިން ކަމަށްވާ ރިލްވާން ވަހީދު (ރިލޭ) އާއި މުހައްމަދު އާރިފް (ބަކާ) ހިމެނެ އެވެ.

ސްޓެވާޓް ބުނީ ކުޅުންތެރިން ނެގުމުގައި ޒާތީ އެއްވެސް ކަމެއް ނެތް ކަމަށާއި އޮތީ ފުޓްބޯޅައިގެ ސަބަބުތަކެއް ކަމަށެވެ.

"އަހަރެންގެ ނެތް އެއްވެސް ކުޅުންތެރިއަކާ އެއްވެސް ޓީމަކާ ވެސް މައްސަލައެއް. އަހަރެންނާއި އެސިސްޓަންޓުން ވެގެން ޓީމު ނަގަނީ ހުރިހާ މެޗެއް ބެލުމަށް ފަހު އެ ދަނޑިވަޅެއްގައި އެންމެ ރަނގަޅު ކުޅުންތެރިން. އުމުރަށް ބަލައިގެން ވެސް ޓީމެއް ނުނަގަން. ހަގީގަތުގައި އެންމެ މުހިއްމު ކަމެއް ދެނީ އެ ވަގުތެއްގައި ރަނގަޅު ކުޅުމެއް ދައްކާ ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް،" ސްޓެވާޓް ބުންޏެވެ.

އޭނާ ބުނީ ފާޑުކިޔުންތައް އަމާޒުވިޔަސް ބޭނުންވަނީ މަސައްކަތް ރަނގަޅަށް ކުރިއަށް ގެންގޮސް ޓީމަށް ކާމިޔާބު ހޯދައިދިނުމަށް ކަމަށެވެ.

"އެއްވެސް ކުޅުންތެރިއަކަށް ތަފާތު ކުރުމެއް ނުގެންގުޅެން. އަދިވެސް އަހަރެން މިދަނީ ދުވަހެއް ދުވަހަކަށް ކުޅުންތެރިން ދަސްކުރަމުން. މިއީ މި ޓީމު ކުރިއެރުވޭނެ ގޮތަކީ. މި މަސައްކަތް ކުރިއަށްގެންދާއިރު ބޭރުން ދައްކާ ވާހަކަތަކަށް އެހާ ބޮޑަށް އަޅާލުމަކީ އަހަރެން ގަބޫލުކުރާ ގޮތެއް ނޫން،" ސްޓެވާޓް ބުންޏެވެ.

މި ފަހަރުގެ ގައުމީ ސްކޮޑުން ވަނީ އަލުން ބައެއް ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި ނިއު ރޭޑިއަންޓްގެ މިޑްފީލްޑަރު އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ގްރީން ސްޓްރީޓްސްގެ އަހުމަދު ރަޝީދު (އައްމަޑޭ) އަދި މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) ހިމެނެ އެވެ.

2 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 22%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފުޓްބޯލް ފޭން

05 June 2017

ކޮބާ ފްރެންޑްލީ މެޗް ފަށާ ގަޑި? ލައިވް އެއް ނުކުރޭތަ އެއްވެސް ޗެނަލްއަކުން?

The name is already taken The name is available. Register?

ސަންތި

05 June 2017

ދިވެހި ޓީމް ހަލާކުވަނީ ދިވެހި ފުޓުބޯޅަ ޓީމައް ލަފާދޭ ފަރާތްތަކުން ކުޅުންތެރިން ތަފާތުކޮއް ފައި ވާތީ ވ ދެރަވޭ ވަކިބަޔަކު ލައްވާ ގައުމީ ތީމް ކުޅުވަން އުޅޭތީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454