ދިވެހި ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ތިން ޕޮއިންޓާ އެކު ކުރިއަށް ފިޔަވަޅެއް އެޅިއްޖެ: ކޯޗު

ގައުމީ ކޯޗު ޑަރެން ސްޓެވާޓް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބޫޓާން އަތުން އިއްޔެ ލިބުނު ތިން ޕޮއިންޓާ އެކު އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އަށް ކުރިއަށް ފިޔަވަޅެއް އެޅިއްޖެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.

އަލީ ފާސިރު (ސެންޓޭ)ގެ ޕެނަލްޓީ އާއި އަހުމަދު އަބްދުﷲ (ލިލީ)ގެ ލަނޑުތަކުން ރާއްޖެ ވަނީ 2-0 އިން އިއްޔެ ބޫޓާން ބަލިކޮށްފަ އެވެ. ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ފަލަސްތީން އަތުން ބަލިވެފައިވުމުން ރަށުން ބޭރުގައި ބޫޓާން އަތުން މި ހޯދި ތިން ޕޮއިންޓާ އެކު ރާއްޖެ އަށް ހަމަޖެހުމެއް ވަނީ ލިބިފަ އެވެ.

ކޮލިފައިން ގްރޫޕް ޑީގެ އެއް ވަނައިގައި ފަލަސްތީން އޮތީ ރޭ 2-1 އިން އޮމާން އަތުން ހޯދި މޮޅާ އެކު ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އޮމާނާއި ތިން ވަނައިގައި އޮތް ރާއްޖެ އަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، އޮމާނަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. އެންމެ ފުލުގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

"އަހަރެމެންނަށް ހުރިހާ ގޮތަކުން މި މެޗު އޮތީ މުހިއްމުވެފައި. ފުރަތަމަ މެޗުން ބަލިވުމުން މި މެޗުން ނަތީޖާ ނެރެންޖެހޭތީ ކުޅުންތެރިންނަށް ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް އޮތް. ކުޅުންތެރިންގެ ހިތްވަރުން ބޫޓާން އަތުން މި ހޯދި ތިން ޕޮއިންޓާ އެކު މިއީ އަހަރެމެންނަށް ކުރިއަށް އެޅުނު ފިޔަވަޅެއް،" ސްޓެވާޓް ބުންޏެވެ.

ބޫޓާން ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ އަކުރަމް (މ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ބޫޓާން އެފްއޭ

ޔޫއޭއީގައި 2019 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައިކޮށްދިނުމަކީ އެންމެ ބޮޑު އެއް ޓާގެޓް ކަމަށް މީގެ ކުރިން ސްޓެވާޓް ވަނީ ބުނެފަ އެވެ.

ކޮލިފައިންގެ ކޮންމެ ގްރޫޕަކުން ދެ ވަނަ ބުރުގެ ޖާގަ ލިބޭނީ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމަކަށެވެ. ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވުމުން މި ގްރޫޕްގެ ފޭވަރިޓަކަށް މިހާރުވެފައި ވަނީ ފަލަސްތީނެވެ. ދެން އޮތް ޖާގައަށް ރާއްޖެ ވާދަކުރަން ޖެހޭނީ އޮމާންއާ އެވެ. ފުރަތަމަ ދެ މެޗުން ލަނޑެއް ނުޖެހި ބަލިވެފައިވާ ބޫޓާނަށް މިހާރު ވެސް ވަނީ އޭޝިއަން ކަޕްގެ ފުރުސަތު ވަރަށް ހަނިވެފަ އެވެ.

ރާއްޖެ ދެން ކުޅެން ޖެހޭ މެޗު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހު 5 ވަނަ ދުވަހު އޮމާންގެ މަސްކަޓްގަ އެވެ.

2 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 92%
icon sad icon sad 0%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހާށޭ

14 June 2017

އަހަރެން ތިޔަމެޗު ވަރަށް ގާތުން ދުއްމީހަކީމެވެ. ރާއްޖެ ތިޔަ މެޗުން މޮޅުވީ ހަޤީޤަރުގައި ނަސީބުވެސް އެހީވުމުންނެވެ. ރާއްޖެ ކުޅުނީ ބޮޑުބޯޅަ ވައްޓައިގެން (ކުރިއަށް އަޅުވައިގެނޮ) ކުޅޭ މުސްކުޅި ކުޅުމެކެވެ. އޭގެ ބަދަލުގައި މިސަރަހައްދުގެ އެންމެ ބަލިކަށިކަމަށް ކިޔާ ޓީމު ފެނުނީ މެދުތެރެއިން ނާއި ކުރިއާދުޅިގެން ކުރުޕާސިންގޭމް އެއް ކުޅޭތަނެވެ. ރާއްޖޭގެ ކީޕަރުވެސް މުޅިންހެން ޖެހީ ސައްޕެވެ އެކަމަކު ބޫޓާނުކީޕަރު ބޯޅަ އެއްލަނީ އެމީހުންގެ ކޮންމެވެސް ކުޅުންތެރިއަކަށެވެ. މިގޮތަށް ދާނަމަ ތާއްޖެ މިރީޖަނުގެ ފުލައް ދިއުމަކީ މާދުރުކަމެއް ނޫނެވެ. އަދި އެމީހުންގެ ސަޕޯޓރުން މުޅި ދަނޑު ފުރާލާފައި ވާއިރު އަހަރެމެންގެ ގައުމުގައި ކުޅޭ މެޗުތަށ ބަލަން މިދަނީ ހާލަކުން މީހެކެވެ މިއީ އަހަރުމެން މިކަމަށްވިސްނާ ފުޓުބޯޅަކުރިއަރުވަން މިހާރުއްސުރެ މަސަތްކަތްކޮށް އެކްޝަން ނަގަންޖެހޭވަގުތެވެ. މިކަން ނުވެއްޖެއްޔާ ސްރީލަންކާއަށް ވީގޮތަށް އަހަރެމެނގެ ފުޓުބޯޅަ އޮޔާދާކަށް މާގިނދުވަހެއް ނެތެވެ. އޮސްޓްރޭލިޔާ ޓީމު ވޯލްޑް ކަޕްގައި ކުޅުނެއްކަމަކު އެތަނުގައި އޮންނަ ލީގަކީ މާމޮޅު ލީގެއްވެސް ނޫނެވެ. މާމޮޅު ކުޅުމެއް ކުޅޭބައެއްވެސް ނޫޅޭއެވެ. ވީމާ ރަގަޅު ކޯޗަކު ގެނައުން މުހިންމު ކަމުގައި ދެކެމެވެ. އަދި މުބާރާތެއް ކުޅުމުގެ ކުރިން ގިނަ ޕްރެކްޓިސް މެޗުކުޅުން ބުއްދިވެރިއެވެ. އަދި ޕްމިސްކަޕް ކަހަލަ ރަގަލު ވަރުގަދަ މުބާރާތެއް ބޭއްވުންވެސް މިހާރު ކުރަންޖެހޭކަމެކެވެ

The name is already taken The name is available. Register?

އަލީ ރަޝީދު

14 June 2017

މެޗުން މޮޅުވީމަ 3 ޕޮއިންޓް ލިބިއްޖެ... އެކަމަކު ރާއްޖޭގެ ކުޅުން ރަނގަޅެށްނޫން...މެދުތެރެއިން ރަނގަޅު ތުރޫ ޕާސް ނުދެވޭ...ދަނޑުމަތީ ނަގާކިޔާ މީހެށްނެތް...ކުޅުންތެރިން ކޯރޑިނޭޝަންވެސް ނެތް.... ބޮޑަށް ބެލެވެނީ ކޯޗް އަދި މާބޮޑަށް ޓީމް ނޭނގޭތީ ކަން ނޭނގެ... މީގައި ވިސްނާލަންވީ ބޫޓާން އަދިވެސް އޮތީ ފްޓްބޯޅަ ކުރި ނާރާ ޤައުމެށް ގޮތުގައި ....އެކަމަކު ދިވެހިންނަކަށް މި ފަހަރަކު ނުކުޅެވުނު....ލަންކާ ކަހަލަ ޓީމަކަާ ކިހިނެށް ކުޅޭނީ...ބެލެވޭގޮތުން 20 އަހަރުތެރޭ ނެގުނުނު އެންމެ ދަށްޓީމް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454