ގަލްފް ކްރާފްޓް ލޯންޗުފަހަރުގައި ސުޒުކީ އިންޖީނު އެޅުމަށް އިސްކަންދިނުމުގެ އެއްބަސްވުމުގައި އެމްޓީސީސީން ގަލްފް ކްރާފްޓާ އެކު އެއްބަސްވުމުގައި ރޭ ސޮއިކުރެއްވުމަށް ފަހު އެ އެއްބަސްވުން ބަދަލުކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
27 އޯގަސްޓް 2017 - 07:22
ގަލްފް ކްރާފްޓް ލޯންޗްފަހަރުގައި ސުޒުކީ އައުޓްބޯޑް އިންޖީނު އަޅަން އިސްކަން ދިނުމާބެހޭ އެއްބަސްވުމެއްގައި ރޭ ސޮއި ކޮށްފި އެވެ.
ސަމާސެޓް ހޮޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތާއި ގަލްފް ކްރާފްޓް ރާއްޖޭ ގޮފީގެ ސީއީއޯ އާވިން ބެންޕްސް އެވެ.
އެމްޓީސީސީ އަކީ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި ސުޒުކީން ކަނޑައަޅާފައިވާ ކުންފުންޏެވެ.
އެމްޓީސީސީގެ ސީއީއޯ ޒިޔަތު ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.--- މިހާރު ފޮޓޯ: ހުސައިން ވަހީދު
ރޭގެ ރަސްމިއްޔާތުގައި ޒިޔަތު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން، ސުޒުކީ އައުޓްބޯޑް އިންޖީނު ވާނީ ގަލްފް ކްރާފްޓުގެ "ޕްރިފާޑް އައުޓްބޯޑް މޯޓާ އިންޖީން" ޕާޓްނަރަކަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ގަލްފް ކްރާފްޓާ އެކު އިތުރު އެއްބަސްވުންތައް އެކުލަވާލާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެއްބަސްވުމުގެ ދަށުން ސުޒުކީ އިންޖީން އަޅަން ގަލްފް ކްރާފްޓުން އިސްކަންދޭނެ. އެއާއެކު އަޅުގަނޑުމެންގެ މާކެޓް ޝެއާ އިތުރަށް ވަރުގަދަވެގެން ދާނެ. ވަރަށް ބޮޑަށް ގަލްފް ކްރާފްޓަށް ޝުކުރު އަދާކުރަން އަޅުގަނޑުމެން ޚިޔާރުކުރުމުން،" ޒިޔަތު ވިދާޅުވި އެވެ.
ގަލްފް ކްރާފްޓް ރާއްޖޭ ގޮފީގެ ސީއީއޯ އާވިން ރޭގެ ރަސްމިއްޔާތުގައި.--- މިހާރު ފޮޓޯ: ހުސައިން ވަހީދު
އާވިން ވިދާޅުވި ގޮތުގައި ގަލްފް ކްރާފްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯންޗް ބަންނަ ކުންފުންޏެވެ. އަދި އެ ކުންފުނިން އަބަދު ވެސް ބަލަނީ ޕާޓްނަރުންނާ ގުޅިގެން ވީހާވެސް ރަނގަޅު، ފެންވަރު ރަނގަޅު ޚިދުމަތެއް ދެވޭތޯ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެމްޓީސީސީއާ ގުޅެން ނިންމީ އެއީ ރާއްޖޭގެ އެންމެ ރިލަޔަބަލް އެއް ކުންފުނި ކަމަށް ވީމަ. އެމްޓީސީސީ އަކީ މިފަދަ ޕާޓްނާޝިޕަކަށް ރާއްޖޭގެ އެންމެ ރަނގަޅު ކުންފުނި،" އާވިން ވިދާޅުވި އެވެ.
ގަލްފް ކްރާފްޓުން ރާއްޖޭގައި އަހަރަކު 1،500 އަށް ވުރެ ގިނަ އުޅަނދު ބަންނަމުން އަންނަ ކަމަށް ވެސް އާވިން ވިދާޅުވި އެވެ. އަދި އެ ކުންފުނިން ރާއްޖޭގައި ކުރަމުން އަންނަ ވިޔަފާރި އިތުރަށް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ ގަލްފް ކްރާފްޓާ އެކު ވި އެއްބަސްވުމަކީ ގާތްގަނޑަކަށް ދެ އަހަރުގެ މަސައްކަތެއް ކަމަށެވެ އެ އެއްބަސްވުން ދެމިއޮންނާނީ އެއް އަހަރަށް ކަމަށާއި، މުއްދަތު އިތުރު ކުރާނީ ދެ ފަރާތުގެ މަސައްކަތްތަކަށް ބެލުމަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަތްފުނާ
27 August 2017
އެމްޓީސީސީ އަކީ އންޖީނު ވިއްކައިގެން ކުންފުނި ހިންގާ ބައެއް.އެމީހުންގެ ވިޔަފާރި އަޑި އަޅާލި ތި ބުނާ ސުޒުކީ އިންޖީނު ގެނެސްގެން.ގޮތެއް ހޯދަމުންގޮސް އެންމެފަހުން އެމީހުންގެ އާދޭސްތަކަށް އިޖާބެއްދިނީ މި ގަލްފު ކުރާފްޓް.ކަލޭމެން ނިކަން އިތުރު ސެކްޓާރ ތަކަށް ވަދެބަލަ އަދި ރަނގަޅަ އެކަން ކޮށްބަލަ.
ޒިލް
27 August 2017
ހިލޭ ދިނަސް ތި ސުޒުކީ އިންޖީނެއް ބޭނުމެއް ނޫން. ތީ އަބަދު ހަދަންޖެހޭ އިންޖީނެއް.
ލުކްވެލް
27 August 2017
މީ އެމްޓީސީސީން އެކުންފުނީގެ ވިޔަފާރި ފުޅާ ކުރުމަށް ޓަކައި ނެގި ވަރަށް ރަނގަޅު ސްޓެޕް އެކެވެ. ހަމަ އެގޮތަށް އެމްޓީސީސީން އެބަޖެހޭ ޖަޕާނުގެ އިންޑަސްޓްރިއަލް އިންޖީނު ތަންކޮޅެއް އަގު ހެޔޮ އިންޖީނު ތަކުގެ ސޯލް ޑިސްޓްރިބިއުޓަރު ކަން ނަގަން. ޔަންމާރ އިންޑަސްޓްރިއަލް އެންމެ އިންޖީނެއް ވެސް 10 އަހަރު ތެރޭގައި އެމްޓީސީސީ އަށް ވިއްކާ ލެވިފައި ނުވާތީވެ ޖަޕާނުގެ އެހެން އިންޑަސްޓްރިއަލް އިންޖީނެއް ވިއްކަން އެމްޓީސީސީން ވިސްނުން ބުއްދިވެރި އެވެ. އެއާރމަން އަދި ރޮބިންސް އަދި ކޮމަޓްސޫ ފަދަ އިންޖީނު ތަކުގެ ސޯލް ޑިސްޓްރިބިއުޓަރ އެއް ރާއްޖެ އަކު ނުހުރެއެވެ.
ބެން
27 August 2017
މިކަމުން މި އެނގެނީ މިސަރުކާރުން ފޮރިން އިންވެސްޓްމަންޓް ތަކަށް ބިރުދައްކާވަރު.