ދަގަނޑޭ (ވ) އަށް ލިބުމުގެ ކުރިން އޮމާން ޑިފެންޑަރަކު ބޯޅަ ބޭރުކޮށްލަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް
08 ސެޕްޓެމްބަރ 2017 - 09:33
އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ އޮމާން އަތުން 5-0 އިން ބަލިވުމުން މިހާރު މި ގްރޫޕްގައި ކުރިއަށްދާން އޮތް ޓީމުތަކުގެ ތެރެއިން އެންމެ ޕްރެޝަރު ބޮޑީ ރާއްޖެ އަށް ކަމަށް އޮމާންގެ ކޯޗު ނެދަލެންޑްސްގެ ޕިމް ވާބީކް ބުނެފި އެވެ.
ޔޫއޭއީގައި 2019 ގައި އޮންނަ މުބާރާތަށް ކޮންމެ ގްރޫޕަކުން ވެސް ދެ ޓީމު ކޮލިފައިވާއިރު، ގްރޫޕް ޑީގެ އެއް ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު ފަލަސްތީނެވެ. ދެ ވަނައިގައި އޮމާން އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ރާއްޖެ ތިން ވަަނައިގައި ތިން ޕޮއިންޓާ އެކު އޮތްއިރު، ބޫޓާން އެންމެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އެވެ.
"މިހާރު އަހަރެމެންނަށް އޮތް ޕްރެޝަރު ކުޑަވެއްޖެ. އެއީ ރާއްޖެ އަތުން ހޯދި ބޮޑު މޮޅާ އެކު އަހަރެމެންނަށް ކުރިއަށް ފިޔަވަޅެއް އެޅުމުން،" ކުރިން އޮސްޓްރޭލިއާ އާއި ދެކުނު ކޮރެއާ އަށް ކޯޗުކޮށްދިން ވާބީކް ބުންޏެވެ.
އެކަމަކު އޭނާ ބުނި ގޮތުގައި މިހާރު އޮމާނަށް އެންމެ މުހިންމީ އަންނަ މަހު 10 ގައި މާލޭގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗާ މެދު
"އެ މެޗަށް ނުކުންނައިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިހާރު އެންމެ ޕްރެޝަރު ބޮޑީ ރާއްޖެ އަށް ކަމަށް ވުމުން."
މާލޭގައި ކުޅޭ އެއްވަރު ވިޔަސް ގްރޫޕްގައި ދެން ކުރިއަށް އޮތް ދެ މެޗަށް ނުކުންނައިރު އޮމާނަށް ކުރަން ޖެހޭ މަސައްކަތް ވަރަށް ކުޑަވާނެ އެވެ.
ވާބީކް ބުނީ ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ހާލަތު މިހާރު އޮތް ގޮތުން ކޮންމެ މެޗަކުން ވެސް ކޮންމެ ކަހަލަ ނަތީޖާއެއް ވެސް ނުކުމެދާނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ޓީމު އަމިއްލަ ފަސްގަނޑުގައި ކުޅޭ މެޗަށް އޮމާނުން ވަރަށް ބޮޑަށް ތައްޔާރުވާނެ ކަމަށް އޭނާ ބުންޏެވެ.
"ރަށުން ބޭރުގައި ކޮންމެ ފަދަ ނަތީޖާއެއް ވެސް ނުކުމެދާނެ. އަހަރެންގެ ތަޖުރިބާގެ އަލީގައި އެއްވެސް މެޗަކަށް ނުނިކުންނާނަން މޮޅުވުން ނޫން ކަމަކަށް ޓާގެޓް ކޮށްގެން،" އޭނާ ބުންޏެވެ.
އޮމާން ވަނީ މި ފަހަރު ކޮލިފައިންގައި އަމިއްލަ ދަނޑުގައި ކުޅުނު ދެ މެޗުން ވެސް ތަފާތު ބޮޑުކޮށް މޮޅުވެފަ އެވެ. ފަސޭހަކަމާ އެކު ރާއްޖެ އަތުން މޮޅުވުމުގެ ކުރިން ބޫޓާނާ ކުޅުނު މެޗުން މޮޅުވީ 14-0 އިންނެވެ.
އެ ޓީމު ބަލިވީ ރަށުން ބޭރުގައި ފަލަސްތީން އަތުން 2-1 އިންނެވެ.
ރާއްޖެ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށް ފަހު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފައިވަނީ އަމާޒަކީ އޭޝިއަން ކަޕުން ޖާގަ ހޯދުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
09 September 2017
ޕްރެޝަރެއް ނެތް. އޮމާން އަދި ބޫޓާން މުބާރާތުން ވަކިވެއްޖެނަމަ ރާއްޖެ ކޮލިފައިވާނެ. ޕްރޮބްލަމް ސޯލްވްޑް. ވ.ވެދުން
Citizens
09 September 2017
ސާފް ޗެމްޕިއަން ޓީމް އިތުރަށް ބޭނުން ނުކުރުމަށް އެދެން ... 19 ، 23 އަހަރުން ދަށުގެ ޤައުމީ ޓީމްގެ ކުޅުން ތެރިންްނަށް ފުރުސަތު ދޭން އެދެން ... ތަޖުރިބާ ހޯދުމުގެ ދަތުރުތަކަށް އެކުދިން މާމުހިއްމު ކަމަށް ދެކެން ... ހުރިހާ ސީނިޔާ ކުޅުންތެރިން މި މުބާރާތުގަ އިތުރަށް ބޭނުން ނުކުރުމަށް އެދެން ... ދިވެހިޓީމްގެ ޖާޒީ ލައިގެން އެމީހުން ހޭވީ ހަޑި ...
އޭނާ
08 September 2017
ރާއްޖޭގެ ކޯޗް މިމެޗަށްފަހު އެއްވެސް އެއްޗެކޭ ނުބުނޭތަ. ދައްކާނެ ވާހަކައެއްވެސް ނެތީތަ. ނޫނީ ކޯޗު އެއްޗެކޭބުނަނީ ޓީމަށް ރަގަޅު ނަތީޖާ ލިބޭ ފަހަރު އެކަނިތަ! ކުޅިވަރު ޚަބަރު ކަވަރު ކުރާ ރިޕޯޓަރުންވެސް މިއަށްވުރެ ޕްރޮއެކުޓިވް ވާންވެއްޖެ، މެޗުތަށް އެނެލައިޒްކޮށް މެޗުގަ ހެދުނު ގޯތަކާ ކުރެވެން ހުރި ރަގަޅު ކަންތަށް މެޗަށް ފަހު ރިޕޯޓެއްގެ ސިފައިގައި ގެނެސް ދުނުމަކީ ކުޅިވަރުގެ މުސްތަގުބަލް އުޖާލާކުރަން އަދިވެސް ކުރެވެން ހުރި ކަންތައްތަށް. އެކަންވެސް ކޮށްދެއްވާ.
ސްޓެވާޓް
08 September 2017
މޮޅުވުމުގެ ރޫޙެއްނެތް އަދި މަންޒިލެއްނެތި ދަތުރުކުރާ ބަޔަކަށް އޮންނާނީ ކޮންް ޕްރެޝަރ އެއްބާ؟
ޝޮކް
08 September 2017
ބައްސާމު މިފަހަރު ރާއްޖެއަށް އޭޝިއަން ކަޕްގެ ތަށި ނަގާފަ ނޫނީ ހުއްޓާނުލާނެ. ޓީމް ސިލެކްޝަން ހަމަ ހަބޭސް. އޮއްޕޮއާއި ބަކާ ނުލާ މިފަހަރު އެންމެން ސިއްސުވާލާނެ. ހޯމް ގޭމްގެ ނަތީޖާއަކީ ރާއްޖެ 5 އޮމާން 0