ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

އަމިއްލަ ދަނޑުގައި އޮމާން ބަލިކުރެވޭނެ: ގައުމީ ކޯޗު

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރާއްޖޭގެ ކޯޗު ޑަރެން ސްޓެވާޓް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާރޭ އޮމާނާ ދެކޮޅަށް ނުކުންނައިރު ގައުމީ ފުޓްބޯޅަ ޓީމަށް ޕްރެޝަރެއް ނެތް ކަމަށާއި، ރަށުން ބޭރުގައި 5-0 އިން ބަލިވެފައި އޮތަސް ވިސްނުން ހުރީ މާދަމާރޭ ސީދާ މޮޅަކަށް ކަމަށް ގައުމީ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.

އޮމާން އަތުން 5-0 އިން ބަލިވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ޓީމަށް އަމާޒުވި އެވެ. ޔޫއޭއީގައި 2019 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕަށް އަމިއްލަ ބާރުގައި ކޮލިފައިވުމަށް މާދަމާރޭގެ މެޗުން ނަތީޖާއެއް ނެރެން ރާއްޖެ އަށް ވަނީ މަޖުބޫރުވެފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ކޯޗު ސްޓެވާޓް ބުނީ އެންމެ ފަހުން ކުޅުނު މެޗު ހަނދާން ނައްތާލައި އަލުން ރަނގަޅު ޓްރެކަށް އައުމަށް މިއީ ރަނގަޅު މެޗެއް ކަމަށެވެ.

"5-0 އިން އަހަރެމެން ބަލިވި މެޗުން ހަނދާން ނައްތާލުމަށް ވަރަށް ރަނގަޅަށް ކުޅުންތެރިން ތަމްރީންތައް ފެށީ. ހުރިހާ އެންމެން ފަހުރުވެރިވާފަދަ ނަތީޖާއެއް ނެރެވޭތޯ މި މަސައްކަތްކުރަނީ. ކޮންމެ ނަތީޖާއެއް ނުކުތަސް މި ކުޅުންތެރިން ކުރާ ހިތްވަރަށް އަހަރެން ފަހުރުވެރިވަން. އެކަމަކު ފުޓްބޯޅައިގައި އެބަޖެހޭ ގަބޫލުކުރަން އިދިކޮޅަށް ނުކުންނަ ޓީމު ވަރުގަދަވެއްޖިއްޔާ އެކަން. އެއީ އަހަރެމެންނަށް އެންމެ ރަނގަޅަށް ނުކުޅެވޭތީ އެ ވެދާނެ އަހަރެންގެ ޓެކްޓިކްސް ގޯސްވީ ކަމަށް. އެ ބަދަލުކޮށްގެން މި ނުކުންނަނީ،" ސްޓެވާޓް ބުންޏެވެ.

ސްޓެވާޓަށް ގައުމީ ކޯޗުކަން ދިންއިރު ކަނޑައެޅި ދެ ޓާގެޓަކީ އޭޝިއަން ކަޕަށް ކޮލިފައިވުމާއި ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕެވެ. ކޮލިފައިންގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިިން ދެ މެޗުން ރާއްޖެ ބަލިވެފައިވާއިރު، އެ ދެ މެޗުން ބަލިވުމުގައި ތައްޔާރީތައް ރަނގަޅުނުވުން އެއީ އެއް ސަބަބެވެ.

ފަލަސްތީން އަތުން ރާއްޖެ ބަލިވިއިރު، އެ މެޗަށް ތައްޔާރުވުމަށް އެ ޓީމުން ވަނީ ގަތަރުގައި ދިގު ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި އެންމެ ފަހުން ރާއްޖޭގެ މައްޗަށް އޮމާނުން ބޮޑު މޮޅެއް ހޯދީ އޮސްޓްރިއާގައި ތަމްރީން ހެދުމަށް ފަހު އެވެ.

"ތައްޔާރުވާންޖެހޭ އެންމެ ފުރިހަމަ މިންވަރަށް ތައްޔާރެއް ނުވެވުނު. މިއީ ރާއްޖެ އޭޝިއަން ކަޕަށް ކޮލިފައިވާން ކުރާ މަސައްކަތެއް. މިކަން ކާމިޔާބު ނުވެއްޖިއްޔާ ތައްޔާރީތަކުގެ ޝަކުވާ އާއި ކުޅުންތެރިންގެ ޝަކުވާއެއް ކުރުމަށް ވުރެ މުހިއްމުވާނީ ތަޖުރިބާގެ އަލީގައި ދެން ކުރިއަށްދާން މަސައްކަތްކުރުން. އޮމާން އަހަރެމެންނާ ދެކޮޅަށް ކުރިން ކުޅުނު މެޗުގެ ކުރިން ފަސް ހަފްތާ ވަންދެން އޮސްޓްރިއާގައި ކޭމްޕްކުރި. އަހަރެން އެމީހުންނަށް ސެލިއުޓްކުރަން އެމީހުން އަތުގައި ފައިސާ އެބަހުރި ހުރިހާ ކަމަކަށް. މިއީ ރާއްޖެ އަށް ޓްރެއިނިން ކޭމްޕެއް ކުރަން ނޫނީ މެޗެއް ނުލިބޭ ވާހަކައެއް ނޫން. މިއީ މި ދެ ޓީމުގެ ހުރި ތަފާތު. މި އޭޝިއަން ކަޕު ކޮލިފައިންގައި މިހެން ދިމާވިޔަސް އުއްމީދަކީ ދެން އޮތް ކޮލިފައިންގައި މި އަށް ވުރެ ރަނގަޅުވާނެ ކަމަށް. އުއްމީދަކީ އަހަރެން ކޯޗަކަށް ހުންނާނެ ކަމަށް،" ސްޓެވާޓް ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮންމެ ގްރޫޕަކުން ދެ ޓީމު އޭޝިއަން ކަޕަށް ދާއިރު، ކޮލިފައިންގެ ގްރޫޕް ޑީގެ އެއް ވަނައިގައި މިހާރު އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު ފަލަސްތީނެވެ. ދެ ވަނައިގައި އޮތް އޮމާނަށް ތިން މެޗުން ހަ ޕޮއިންޓް ލިބުނު އިރު ރާއްޖެއަށް ތިން މެޗުން ލިބުނީ ތިން ޕޮއިންޓެވެ. ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

"މި މެޗަށް މި ނުކުންނަނީ މޮޅަކަށް. އަހަރެންނަށް ޕްރެޝަރެއް ނެތް. ދެން ފުޓްބޯޅައިގައި ކޮންމެ ކޯޗަކަށް ވެސް އެންމެ ފަހަށް ބަލާއިރު ޕްރެޝަރު މި އޮންނަނީ. އަދިވެސް އުއްމީދު ދޫކޮށް ނުލަން. މާދަމާ އޮމާން އަތުން މޮޅުވެއްޖިއްޔާ އެމީހުންނާ ޕޮއިންޓް އެއްވަރުވާނެ. ކިތަންމެ ހަނި ފުރުސަތެއް އޮތަސް އަހަރެމެން މިތިބީ އުއްމީދުގައި،" އޭނާ ބުންޏެވެ.

މާދާމާރޭގެ މެޗަށް ނުކުންނައިރު ކުޅުންތެރިން ތިބީ ވަރަށް ރަނގަޅަށް ސަމާލުވެގެން ރަނގަޅު ޕްލޭނަކާ އެކު ކަމަށް ސްޓެވާޓް ވަނީ ބުނެފަ އެވެ.

"އޮމާން ފަސް ގޯލު ޖެހީ އަހަރެމެން ނަސީބު ދެރަވެގެނެއް ނޫން. އެއީ 5-0 އިން ބަލިވާއިރު ނަސީބު ދެރައެކޭ ބުނެވޭކަށެއް ނެތް. މާދަމާ ހަތަރު ފޯވާޑުން ލައިގެން ކުޅެގެން ބައިކޮޅަށް 10 ގޯލު ވަދެފިއްޔާ އެ އެންމެ ރަނގަޅެއް ނޫން. އަހަރެމެން ގްރޫޕެއްގެ ގޮތުގައި މުޅި ޓީމު ރަނގަޅަށް ރާވައިގެން ނުކުންނާނީ. ދެން މެޗުގެ ކުރިން ރޭވި ގޮތެއް ބުނުމަކީ އެންމެ ރަނގަޅު ކަމެއް ނޫން،" އޭނާ ބުންޏެވެ.

މެޗުތަކުން ބަލިވުމުގެ ޒިންމާނަގާ ކަމަށާއި އެހެން ނަމަވެސް ކުޅުންތެރިންގެ ފަރާތުން ފަރުވާކުޑަކުރުން ފެންނަ ކަމަށް ގަބޫލުނުކުރާ ކަމަށް ސްޓެވާޓް ވަނީ ބުނެފަ އެވެ.

"ނަތީޖާތައް ރަނގަޅު ނުވެއްޖިއްޔާ އަހަންނަކީ ފުރަތަމަ މަގާމު ގެއްލޭނެ މީހަކީ. އަހަރެންގެ ހަޔާތުގައި ގިނަ ގޯސްތަކެއް ކޯޗެއްގެ ގޮތުގައި ހެދިފައި އެބަހުރި. އެކަން ރަނގަޅުކޮށް އަބަދުވެސް އަހަރެން ނުކުންނަނީ. އުއްމީދަކީ މި ޓީމު ވެސް އެކަން ރަނގަޅުކޮށްގެން ނުކުންނާނެ ކަމަށް. ކުޅުންތެރިންގެ ފަރާތުން ފަރުވާކުޑަކުރުމެއް ފެންނަ ކަމަށް ދައްކާ ވާހަކަ އަށް އަހަރެން އެއްބަހެއް ނުވާނަން. އެ އަށް ވުރެ މި ކުޅުންތެރިން ހިތްވަރުކުރޭ،" އޭނާ ބުންޏެވެ.

ސްޓެވާޓް ބުނީ އަމިއްލަ ދަނޑުގައި ކުޅޭއިރު ގިނަ ފައިދާތަކެއް ހުންނާނެ ކަމަށާއި އެންމެ ބޮޑަށް ބޭނުންވަނީ ސަޕޯޓަރުންގެ އެހީ ކަމަށެވެ.

"އަމިއްލަ ދަނޑުގައި ކުޅުމުގެ ފައިދާ އެބައޮތް. ކުޅުންތެރިން ކުޅެނީ މިތާނގައި. ފަރިތަކުރަނީ މިތަނުގައި. ސަޕޯޓަރުން ކުޅުންތެރިންނާ އެކު ވާނެ ކަމަށް އުއްމީދުކުރަން. ސަޕޯޓަރުން އަހަންނާ ދެކޮޅު ވިޔަސް ކުޅުންތެރިންނަށް ސަޕޯޓްކުރުން ވަރަށް މުހިއްމު،" ސްޓެވާޓް ބުންޏެވެ.

ގައުމީ ފަރިތަކުރުންތައް ދޫކޮށް ކްލަބްގެ ޕްރެކްޓިހަށް ދިޔަ މާޒިޔާގެ މިޑްފީލްޑަރު އިސްމާއިލް އީސާ (މެސީ) އަށް ދެން ސްޓެވާޓް ގައުމީ ކޯޗުކަމުގައި ހުއްޓައި ފުރުސަތު ނުދޭނެ ކަމަށް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އޭގެ ތަފްސީލެއް ނުދެ އެވެ.

ޓީމުގެ މަގާމުތަކަށް ބަދަލު ގެންނަން ޖެހިއްޖެނަމަ އެކަން ކުރާނެ ކަމަށާއި އެހެން ނަމަވެސް ޓީމުގެ ކީޕަރު މުހައްމަދު ފައިސަލްގެ ފަރާތުން ދަށް ކުޅުމެއް ނުފެންނަކަމަށާއި އޭނާ ބަދަލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުންޏެވެ.

އަނިޔާގެ ސަބަބުން ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި އަސަދުﷲ އަބްދުﷲ ނެތި ކުޅެން ޖެހުނު ނަމަވެސް ބަދަލުގައި އަރާ ކުޅުންތެރިންނަށް ބޭނުންވާ ނަތީޖާ ހާސިލްކުރެވޭނެ ހިތްވަރު އެބަހުރި ކަމަށާއި އުއްމީދު ދޫކޮށް ނުލާނެ ކަމަށް ސްޓެވާޓް ބުންޏެވެ.

އޮމާނާ ދެކޮޅަށް ގައުމީ ޓީމު ކުޅޭ މެޗު އޮންނާނީ މާދަމާރޭ 9 ޖަހާއިރު އެވެ.

8 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 8%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޫސާ

09 October 2017

ދާދު ފުލްކޮށް އަރުވައިގެން ނޫނީ އެއްވެސް އުއްމީދެއްނެތް

The name is already taken The name is available. Register?

އެދުރު އުމަރު މާފަތް ކަލޭފާނު

09 October 2017

އަހަރެން ދިވެހި ފުޓްބޯޅަ ދެކެ ފޫހިވީ އެފްއޭއެމްގަ ތިބޭ މީހުން މާބޮނޑަށް ސިޔާސީވީމަ. އެއްވެސް ކުރިއެރުމެއް ނާރަ. ގައުމީޓީމްވެސް ދުވަހެއް ދުވަހަކަށް ވުރެ ދަނީ ދަށަށް. ފްރެމިޔާ ލީގެއް ކުޅޭ އިރު މުބާރާތުގެ ލޯގޯ ޖަހާ ނުލެވޭ ޖޯޒީބައިގަ.

The name is already taken The name is available. Register?

ސިންތިލީ ވޫމް

09 October 2017

ގައުމީ ކޯޗުގެ ދުވަސް ދިޔައީ، ފޮށި ތަންމަތި ބަދޭ ރަށައް ދާން.

The name is already taken The name is available. Register?

އަހަމް

09 October 2017

ކީޕަރު މުހައްމަދު ފައިސަލްގެ ފަރާތުން ދަށް ކުޅުމެއް ނުފެންނަކަމަށާއި އޭނާ ބަދަލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުންޏެވެ.... ކުޑަ އިއްމަ އަވަހަށް ގައުމީ ޓީމަށް ކުޅުން ހުއްޓާލަންވީ ތިކަމަށް ހިއްވަރުކުރާނެކަމެއްނެއް ގައުމީ ޓީމް ގޯލްއަކީ މާކުރިން ފައިސަލަށް ލިޔެފައިވާ އެއްޗެއް އަސްލަމް އަދި ކޯޗަށް ވަރަށް ސަލާން

The name is already taken The name is available. Register?

ވާނުވާ ނޭންގި ކޮމެންޓު ނުކޮށްބަލަ

09 October 2017

ބަލަ ކޮންމެ މީހެއް ވެސް މަސައްކަތް ކުރާނީ.ފައިސަލް މަ ސީޒަނު ގަ ވެލެންސިއާ ގަ ދެއްކި މޮޅު ކުޅުން ވެސް ނުފެނުނުތަ

The name is already taken The name is available. Register?

ވާނުވާ އެނގިގެން

09 October 2017

އެންމެފަހުން ގައުމީޓީމް ކުޅުނު މެޗްގަ ހެދި މިސްޓޭކުތައްވެސް

The name is already taken The name is available. Register?

މަރުމޯލް

09 October 2017

ނިއުރޭޑިއަންޓްގެ ބެންޗު ކީޕަރައްވުރެ ޕްރިމިއަރ ލީގުގައި ފުރަތަމަ އެގާރައިގަ ކުޅޭ އިންމައަށް ޗާންސް ދިނުން ބުއްދިވެރިކަމުގައި މަށައްފެނޭ

The name is already taken The name is available. Register?

ކުމާރު

09 October 2017

މަށަށްވެސް ރަނގަޅު މޮޅުވެއްޖިއްޔާ..އެކަމް އޮމާނެއް ވެސް ނޫން ބަލިކުރެވޭނީ.ފަހަރެއްގަ އޮމާން ޓިނު ގަނޑެއް ބަލި ކުރެވިދާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454