ގައުމީ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 ނޮވެމްބަރ 2017 - 06:21
އޭޝިއަން ކަޕް ކޮލިފައިންގައި ރޭ ރަށުން ބޭރުގައި ފަަލަސްތީން އަތުން 8-1 އިން ބަލިވުމުން ވަޒީފާ ގެއްލުނަސް ކުޅުންތެރިން ބަދުނާމުކޮށް ވާހަކަ ނުދައްކާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.
މިއީ ފާއިތުވި ފަނަރަ ވަރަކަށް އަހަރަށް ބަލާއިރު ރާއްޖޭގެ ސީނިއާ ޓީމު އެންމެ ތަފާތު ބޮޑުކޮށް ބަލިވި އެއް މެޗެވެ. ކޮލިފައިންގައި ރާއްޖެ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އޮމާނުގައި އެ ޓީމު އަތުން 5-0 އިން ވެސް ބަލިވެފަ އެވެ.
ރޭގެ މެޗުގައި ފަލަސްތީނުން އަށް ގޯލު ޖެހިއިރު އިތުރު ލަނޑުތަކެއް ޖަހަން ވެސް ފުރުސަތު ލިބުނެވެ. އޭގެ ތެރެއިން ދެ ބޯޅައެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ވެސް ވަނީ ހަމަލާތަކެއް މަތަކޮށްފަ އެވެ.
މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްޓެވާޓް ބުނީ ރާއްޖޭގެ ހަމައެކަނި މައްސަލަ އަކީ ޑިފެންސް ކަމަށެވެ.
"ހުރިހާ ކަމަކަށް ވުރެ ބޮޑަށް އަހަންނަށް މައްސަަލަ އަކީ ޑިފެންސް. ބައިކޮޅަށް ވަން އަށް ގޯލު. އޭގެ ތެރެއިން ހަ ގޯލަކީ އަހަރެން ދެކޭ ގޮތުގައި ރާއްޖޭން ހަދިޔާއެއްގެ ގޮތުގައި ދިން ގޯލުތަކެއް. މި އަށް ވުރެ ކަންތައްތައް ރަނގަޅުވާން ޖެހޭ،" ސްޓެވާޓް ބުންޏެވެ.
ގައުމީ ޓީމުގެ ކަންތައްތައް ހަމަޖައްސަން އެފްއޭއެމުން ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައިފަ އެވެ. ކޮންމެ މެޗަކަށް ފަހު އެ ކޮމިޓީ މެދުވެރިކޮށް ހިނގާދިޔަ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެ އެވެ. ސްޓެވާޓް ބުނީ މި މެޗުގެ ނަތީޖާއާ ގުޅިގެން އޭނާ ޖަވާބުދާރީވާން ޖެހޭ ފަރާތަކަށް ފުރިހަމަ އަށް އެއްބާރުލުންދޭނެ ކަމަށާއި ޒިންމާ ވެސް ނަގާނެ ކަމަށެވެ.
"ފަލަސްތީނަށް އަންނަން 34 ގަޑިއިރު ކޮށްފައި މި ކުޅުންތެރިން މި ކުރި މަސައްކަތް. އުފުލި ތަކުލީފު އަހަންނަށް ފެނިއްޖެ. މެޗުގެ ނަތީޖާގެ ޒިންމާ އަހަރެން ނަގާނަން. ހާޒިރުވާން ޖެހޭ ކޮމިޓީ އަކަށް ވެސް ދާނަން. އެކަމަކު މި ކުޅުންތެރިން ފަލަސްތީނަށް އައިސް މި ކުރި މަސައްކަތް ހަނދާން ނައްތާލާފައި އަހަރެން މި ކުޅުންތެރިން ބަދުނާމެއް ނުކުރާނަން. އެއީ އަހަރެންގެ ވަޒީފާ ގެއްލުނަސް ނުކުރާނެ ކަމެއް،" ސްޓެވާޓް ބުންޏެވެ.
ގައުމީ ޓީމުގެ ކޯޗުކަމަށް ސްޓެވާޓް ދާއިމީ އެއްބަސްވުމެއްގެ ދަށުން ހަމަޖެއްސީ މައިގަނޑު ދެ ޓާގެޓެއް ހަވާލުކޮށްފަ އެވެ. އެއީ އޭޝިއަން ކަޕަށް ކޮލިފައިކޮށްދިނުމާއި ސާފް ޗެމްޕިއަންޝިޕެވެ. ރާއްޖޭގެ ގައުމީ ޓީމު އެސިސްޓަންޓް ކޯޗު ކަމުން އިސްމާއިލް މަހްފޫޒް (އިންމަ) ވަކިވެ މާޒިޔާއާ ހަވާލުވުމުން ރޭގެ މެޗުގައި ޓީމަށް އިރުޝާދުދިނުމުގައި އުޅުނީ ކޯޗު ސްޓެވާޓް އެކަންޏެވެ. އެފްއޭއެމުން ބުނީ އެސިސްޓަންޓް ކޯޗެއް ހަމަޖެއްސުމުގެ ކަންތައް ކޮމިޓީން ކުރަމުން އަންނަ ކަމަށެވެ.
ކޮލިފައިން ގްރޫޕް ޑީގެ އެއް ވަނައިގައި ފަލަސްތީން އޮތީ ހުރިހާ މެޗަކުން މޮޅުވެ 15 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް އޮމާނަށް 12 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ރާއްޖެ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ކޮލިފައިން ފަހު މެޗުގައި އަންނަ އަހަރު މާޗް 27 ގައި ރާއްޖެ އަމިއްލަ ދަނޑުގައި ކުޅޭނީ ބޫޓާނާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޙްސަ
15 November 2017
ދެންއޮތް މެޗަށްވެސް އަރަމުންއަންނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ ހާނުވަންވީ. މުސްކުޅިވެރިން ބައިތިއްބާ ޒުވާނުންނަށް ސަޕޯޓުދޭން. ހިއްވަރުދޭން.
ވެފަ
15 November 2017
މިހާ ދަށް ނަތީޖާ ތަށް ނެރޭ އިރުވެސް، މަގާމުތަކުގަ ބަގުޑިބައްދައިގެން ތިބޭތި
ރޯނުއެދުރު
15 November 2017
މޮޅުވާހަކަ ނުދައްކާ އިސްތިއުފާދީފަ ރަށު ކުރިކެޓް ޓީމާ ހަވާލުވޭ
ލީނާމް
15 November 2017
ކޮންމެ ކޯޗެއް ހުއްޓަސް ނެތް މިރާއްޖޭގެ ފުޓުބޯޅަ ރަނގަޅުވާކަށް އަވަސް ކުރިމަގެއްގަ.. ޕްރޮފެޝަނަލް ކުޅުންތެރިން ނެތީ.. ވަޒީފާއަށް ދަމުން މަސްވެރިކަންކުރަމުން ފުޓުބޯޅަކުޅެން ދަނީ ހޮބީއެއްގޮތަށް... އެނޫން ގޮތެއްވެސް ނެތީ ބޮޑު ކުލި ދައްކަން އެބަޖެހޭ ވަޒީފާއަށް ދާންވެސް..
ހަސަނާހ
15 November 2017
ޑިފެންސް ކަޑަ. އެއްކޮށް ބަދަލު ކުރަން ޖެހޭ އެންޑީ ފިޔަވައި
ރަދީފް
15 November 2017
ޔޫރަޕްގެ މޮޅު މަތީފަންތީގެ ކޯޗެއް ގެނެބަލަ ދިގުމުއްދަތަކަށް.ޔަގީން ތަފާތު ފެންނާނެ.15 ރިސޯޓުން ސްޕޮންސަރަ ކޮށްލީމަ ކޯޗްގެ މުސާރަ ހަމަޖެއްސިދާނެ.ޔަގީން ރިސޯޓްތަކުން ބައިވެރިވާނެ އެފަދަ ކޯސްއެއް އެފްއޭއެމުން ނަގައިފިނަމަ.
ދަނޑުމަތިން
16 November 2017
ފުރެންޑޫ. ރިސޯޓު އޯނަރުން ނުދޭނެ ބައިލާރިވެސް.
ހަލީފާ
15 November 2017
ހުރިހާވެސް މައްސަލަ އަކީ ކުޅުންތެރިންގެ ޑިސިޕްލިން. ރާއްޖޭން ބޭރަށް މެޗެއް ކުޅެން ގޮއްސިއްޔާ މި ކުޅުންތެރިން ރޭނގަނޑު ހޭދަކުރަނީ ނައިޓް ލައިފްގަ. އިންޑިއަން އޯޝަން ގޭމްސް އަށް ގޮސްވެސް ހަމަ އުޅުނީ މިހެން. ކުރިއަށް އޮތް ދުވަހު މޮރިޝަޝް އާ މެޗް އޮތް އިރު ކުރީ ރޭ ކުޅުންތެރިން އުޅުނީ ރޭނގަޑު ހޭލާ މަޖާ ކުރުމުގަ. އެހެން ތިބެފަ ގޮސް އަނެއް ދުވަހު މެޗު ކުޅުނީ. އެދުވަހު ވީ ރީތިކޮށް ބަލި. މެޗުން ބަލިވެގެން ހޮޓަލަށް އައިއިރުވެސް މިމީހުން އައީ މަޖާކޮށް ސަކަރާތްޖަހަމުން. ހިތާމާއިގެ ކަންފުޅެއްވެސް މީން މީހެއްގެ މޫނުމަތީ ނެތް. ދެން ކިހިންއް މެޗަކުން މޮޅުވާނީ.
Citizens
15 November 2017
ޝާފިއު ގައުމީޓީމް ފަހަަތަށް ކުޅެން ފެށި ހިސާބުން، ފަހަތުގެ ޒަމާން ހިނގައްޖެ، ފަހަތުގަ ތިބޭ ކުޅުންތެރިންނަށް ހަމަޖެހިގެން ޕާސް ޖަހާނުލެވޭނަމަ ދެން ކީއް ކުރާނީ، ފަހަތުން ލިބޭބޯޅަވެސް ސައްޕު ޖަހަނީ، ގޯލްކިކް ވެސް ފަހަތުން ޕާސް ދީގެން ފަށާނަމަ ކޮނމެވެސް ވަރަކަށް ގޭމް ތެރޔަށް ވަދެވޭނެ، ނޫނީ '90 މިނެޓް މިޖެހެނީ ބޯޅަފަހާ ދުވަން، ބޯޅަ ހޯލްޑްކޮށް ޕޮޒެޝަން ނެގުން ދަންނަ ކަމެއް ވެސް ނޫން.
އަދުނާން
15 November 2017
ކޯޗު ބުނިހެން ޓީމު އެހާދިގު ދަތުރެއް ކުރުމުން ވަރުބަލިވެސްވާނެ، އެކަމަކު ރެސްޓު ކުރުން ލިބުނީ ކިހާވަގުތެއްކަމެއް ނޭނގުނު ލިޔުމުން. ކުޅުންތެރިންނަށް ބުނެލަން ބޭނުންވަނީ ތިމެޗުގެ ނަތީޖާއިން އިބްރަތް ހާސިލްކޮށްގެން ކޯޗުގެ ފުރިހަމަ އިރުޝާދާއެކު ރަނގަޅު ޑިސިޕްލިން އެއް ދައްކައިގެން ކުރިއަށް ދާށޭ. ފުޓުބޯޅައިން ގައުމަށް ރީތި ނަމެއް ހޯދައިދޭށޭ.
ޝޮކް
15 November 2017
ހަގީގަތަކީ ޑިފެންސަށް ކުޅޭކުޅުންތެރިން ވީކް ކަންއިނގޭއިރުވެސް ލީގުގަ މޮޅު ކުޅުންދެއްކި ޓީސީ ގެ ފައްރާހު...މިހެންގޮސް ގުރީންގެ ސާއިފް ފަދަ ކުޅުނންތެރިންނަށް ފުރުސަތު ނުދިނުން ...ދެން ކޮޮބާ މުޅި މެޗުގ ނާއިޒުއާ ރި ޒޭ މޮޅަށްކުޅެކު ތިއްބަ ކޮށްލީ ބަދަލު އަޝްްފާގަށް ދަނޑުަތީ ކަމެއްނުކުރެވުން އިރު މުޅި މެޗުގަ ހުނަރު ދއްކަމުން ދިޔަނާއިޒު ބާލަންވެސް އިނގުނީ... ކުޑައިންމަ މެންނަށް ފުރުސަތު ނުދީ އަސްލަމުމެން މޮޅު ބޯޅަ ޓެކުނިކެކޭ ކިޔާފަ ފައިސަލު އެރުވީމަ މާ ތާހިރު ގޮތްތަކެއް ވިބާ...ހަމަ ޔަގީނާގާތަށް ބުނެފާނަން މިލަންދޫ ފަހަތަށް އެކުޅޭ ޑިފެންސް ރޭގ ގައުމީ ޓީމަށް އެރުވިނަމަވެސް ތި ނަތީޖާ ނުނިކުތީސް