ވިޔަފާރި / ޑޮލަރުގެ އަގު

ޑޮލަރުގެ އަގު ކަޅު ބާޒާރުގައި 17ރ. އަށް ވުރެ މައްޗަށް އަރައިފި

ބީއެމްއެލްގެ އޭޓީއެމްއަކުން މީހަކު ޑޮލަރު ނަގަނީ: ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަންނަނީ އުފުލެމުން.

ޓޫރިޒަމް ދަށްވެ، އެމެރިކާ ޑޮލަރު ލިބުން މަދުވުމާ ގުޅިގެން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު 17.10ރ. އަށް އަރައިފި އެވެ.

ޑޮލަރު ގަންނަ ވިޔަފާރިވެރިއަކު "މިހާރު"އާ ވާހަކަ ދައްކަމުން މިއަދު ބުނީ ރޯދަ މަސް ފެށުމުގެ ކުރިން 16.70ރ. އަށް ލިބުނު ޑޮލަރު މިހާރު 17ރ. އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ، އޭނާ ބުނި ގޮތުގައި، މި ދުވަސްވަރު ރިސޯޓުތަކުން ލިބޭ ޑޮލަރު ވަރަށް ބޮޑަށް މަދުވުމެވެ.

"އަނެއްކާ ޑޮލަރު މިހާ ތާށިކޮށް އުޅެނިކޮށް ގިނަ އަދަދެެއްގެ ބަޔަކު އުމްރާ އަށާއި އީދު ޗުއްޓީ އަށް ރާއްޖޭން ބޭރަށް ފުރައިގެން ދިޔަ. އެހެންވެ ޑޮލަރު ލިބުން އެހާ ތާށިވީ،" އޭނާ ބުންޏެވެ.

އެ މީހާ ބުނީ 100 އަދި 200 ޑޮލަރުން ވިއްކާ މީހަކު ވެސް 17ރ. އަށް ވުރެ ކުޑަކޮށް ނުވިއްކާ ކަމަށެވެ.

"އަގުގެ ތަފާތު އާދޭ ނަގުދު ފައިސާ އިން ގަންނަ ނަމަ. ޗެކު ނުވަތަ ޓްރާންސްފާއެއް ނަމަ ކުޑަ ތަންކޮޅެއް އަގު ހެޔޮވޭ،" އޭނާ ބުންޏެވެ.

އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓު ކަމަށްވާ 15.42 އަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކުމަކީ މަނާކަމެކެވެ. ނަމަވެސް ވިޔަފާރިވެރިން ބޭނުންވާ ވަރަށް ބޭންކުތަކުން ޑޮލަރު ނުލިބޭތީ މުދާ އެތެރެކުރުމަށާއި އެ ނޫން ބޭނުންތަކަށް ޑޮލަރު ގަންނަން ޖެހެނީ ކަޅު ބާޒާރުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކު، ބީއެމްއެލް ބުނީ މިދިޔަ އީދު ބަންދާ ދިމާކޮށް ރޯދަ މަހުގެ ފަހު އަށް ދުވަހު 4،000 ވުރެ ގިނަ ކަސްޓަމަރުންނަށް ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ވިއްކާފައިވާ ކަމަށެވެ. މި މަހުގެ ފުރަތަމަ ދިހަ ދުވަހު ރާއްޖޭން ބޭރުގައި ކާޑު ބޭނުންކޮށްގެން 3.4 މިލިއަން ޑޮލަރުގެ ވިޔަފާރި ކޮށްފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

32 ކޮމެންޓް, 150 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 21%
icon angry icon angry 39%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕެކެޓުމޯހަން

15 July 2016

ޕޕމ ކުދންނަށް ހަޖަމެއް ނުވާނެ.. ޑޮލަރު އަގު ބޮޑުވެފަ އެއޮތީ..ލަލލލލލާ

The name is already taken The name is available. Register?

ސަމްކުޅިދައިތަ

15 July 2016

އެމެރިކާގައިވެސް އެންމެން ބޭނުންވާވަރަކަށް ޑޮލަރެއް ނުލިބޭނެ. އެކަމކު އެމެރިކާއަކީ ޑޮލަރުގެ އަމާ. ޑޮލަރު ވިހަނީ އެމެރިކާއިން.

The name is already taken The name is available. Register?

ޓާކުރޭ

14 July 2016

ޑޮލަރު އަގުބޮޑެއް ނުވޭ ބީ ޕޮޒިޓިވް އިންގޭ އޭރުން އަގުބޮޑެއް ނުވާނެ ލޮލް،،

The name is already taken The name is available. Register?

މުގު

14 July 2016

ބޭންކުތަކުންވެސް ފަސޭހައިން ރައްޔިތުންނަށް ޑޮލަރު ވިއްކުމުގެ ބަދަލުގައި ކުރަނީ ޖެއްސުން. ބޯޑެތި ކިޔު ހަދުވައި. ގޮބޯ ދުއްވުން ނޫންކަމެއް ނުކުރޭ

The name is already taken The name is available. Register?

ބޫ

14 July 2016

އިކޮނޮމިސްޓްގެ އިކޮނޮމިކް ސިޔާސަތަސް މިވަނީ ކިހިނެއް ހެއްޔެވެ؟ އައިޑީކާޑު ޖަހާލީމާ އޭޓީއެމުން ޑޮލަރުދޭ ޢިއްޒަތްތެރި މެންބަރު ކޮބައިހެއްޔެވެ؟ އެބޭފުޅުން އަނެއްކާ މިޤައުމުގައި ނެތީތޯއެވެ؟ އަބަދު އިވެނީ ނަޝީދު ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބެހެއްޓި ވާހަޔާއި، ޑޮލަރުގެ ކަޅުބާޒާރެއް އުފެއްދި ވާހަކައެވެ. ނޫސްވެރިޔާއަށް އޮޅުނީހެން ހީވެއެވެ. ތިޔަވާނީ އިކޮނޮމިސްޓުގެ ހުދު ބާޒާރަށެވެ.

The name is already taken The name is available. Register?

ހސސ

14 July 2016

އިކޮނޮމިސްޓް؟ ޑޮލަރ ރޭޓް 17؟

The name is already taken The name is available. Register?

ދޮންދީދީ

15 July 2016

ލޮލް. ތިޔަކަން ދެން އަދީބު ބޮލަށް ކަނޑާލާ. އެމް.އެމް.އޭގެ ޑޮލަރ އެބަހުރިތަ؟ ނުހުންނާނެތާ ހަފްތާއަކު އެތައްހާސް ޑޮލަރެއް އެމެރިކާ ރުއްސަން އެމް.އެމް.އޭ އިން ޓްރާންސްފަރ ކުރަންޏާ. ދެން އަނެއްކާ އަނެއްކަމަކީ އެބުނާ ބަޔަކު ކުރާ ޓްރެވަލް ޚަރަދު 250 ޑޮލަރަށްވުރެ ބޮޑިއްޔާވެސް އެކަނޑާލަނީ ރައްޔިތުންގެ މާލިއްޔަތުން ވިއްޔާ އެމެރިކާ ރުއްސަން ކުރާ މަސައްކަތުގައި އެމެރިކާގެ ކުންފުންޏަށް ދޭން. ފަހަރުގައި ނޭގޭނޫންތޯ އެކުންފުނިންވެސް އިކޮނޮމިސްޓަށް ބައެއްނާޅާކަމެއް!

The name is already taken The name is available. Register?

ޒާ

14 July 2016

މޯލްޑިވްބޭންކުން އެޅި ފިޔަވަޅެއްގެ ސަބަބުންވެސް މީހުން ޑޮލަރަށް ތެޅިގަތް. އެއީ ކުރިން ނުލާހިކު ފަސޭހައިން ޓްރޭޑް ސެންޓަރުގައި ހުރި ބޭންކް ލައިޓް ބުރާންޗުން ދަތުރު ވެރިންނަށް ޓިކެޓަށް 500 ޑޮލަރު ވިއްކި. ނަމަވެސް ފަހުން ބާޒާރު ގެ ބާރު ބޮޑު ބްރާންޗަށް ޑޮލަރު ވިއްކުން ބަދަލު ކޮށްލުމުން ނަންބަރު ނަގަން އުނދަގޫވުމުންނާއި ކާރޫބާރު ބޮޑުވެ ކިޔު ދިގުވުމުން ޑޮލަރު ލިބުން ތާށިވެގެން ދިޔަ. އެކަމާހުރި ޑޮލަރު ހޯދަން ކުރަންޖެހޭ މަސައްކަތް ބޮޑުވުމުން ޑިމާންޑް އުފުލުނު. މިއީ އެއް ހަގީގަތް. ދެން އޮތީ ސަރުކާރުން ޑޮލަރުގެ ވަގުވިޔަފާރި ރަނގަޅަށް ނުބެލެހެއްޓުން. ރިސޯޓްތަކުން އެބަވިއްކާ ބަންގާޅީންނަށް ބޮޑު އަގުގައި ޑޮލަރު. މީ މައްސަލައެއް.

The name is already taken The name is available. Register?

މުގުރި

14 July 2016

ޢަދިވެސް ބިދޭސީން ގިނަކުރޭ .އެމީހުންގެ ސަބަބުން ޑޮލަރުއަގު ބޮޑުވަނީ

The name is already taken The name is available. Register?

ސައްތާރު /މހއ

14 July 2016

ޔާމީނު ވެރިކަމުގައި މިގައުމަކަށް ކުރާނެ ރަގަޅުއެއްވެސް ކަމެއް ނުއޮންނާނެ.ޔާމީނަކީ އެކޮނެމިސްޓެއްނޫން. ޓްރޭޑް މިނިސްޓަރީގައި މަސައްކަތްކުރާ ކޮންމެ މީހަކީ އިގުތިސާދީމާހިރަކަށް ވަނީނަމަ މިގައުމުގައި އިގުތިސާދީމާހިރުން ވަރަށް ގިނަވާނެ. މިގައުމުގައި ބޭނުންވަރަކަށް ޑޮލަރުގެ އަގުތިރިކުރާނެކަމަށް ޔާމީނު ވިދާޅުވި. އެވިދާޅުވިގޮތަށް ތިރިކުރީމާ ވާގޮތަކީ މިއީބާ؟

The name is already taken The name is available. Register?

އަހްމަދު

14 July 2016

ތިޔަ އިއްތިހާދުގެ ވެރިކަމުގައި ޑޮލަރ 5ރުފިޔާ އަށް ސަނޓްރަވަލ ސިޔާމް ކިޔާމީހަކުކެމްޕޭނުގައި ބުނި. މިހާރު ތިޔަ އޮތީ 2ރުފިތާ އަށް ހަދާފ. ބޭނުންވަރަކަށް. ޤައުމު ނުއަގުގައި ވިއްކާ ލިބުނު ފައިސާކޮޅ7ވެސް އަމިއްލް އެކައުންޓަށް ކަހާލާފއި. ދެން ތިބޭ. ލީ ވޯޓް ރަހަ ކަރުބުޑުގައި ލައްވައިގެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454