އެޓާނީ ޖެނެރަލް އޮފީހުން އިސްތިއުފާ ދެއްވި ވަކީލް ޝުނާނާ-- ފޮޓޯ: ފޭސްބުކް
29 މާޗް 2018 - 10:35
ދައުލަތުގެ ވަކީލަކަށް ހުރެގެން ގާނޫނު ހިމާޔަތްކުރުމަށް ދަތިތަކެއް އެބަހުރި ކަމަށާއި އިސްތިއުފާ ދެއްވީ އެ ސަބަބާ ހެދި ކަމަށް، އެޓާނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސެލް މަގާމުން އިއްޔެ އިސްތިއުފާ ދެއްވި މަރިޔަމް ޝުނާނާ މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ރައްޔިތުންގެ މަޖިލީހުން 30 ދުވަހަށް އިތުރުކުރީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ވިދާޅުވެ ޓްވީޓްކުރެއްވުމުން ގިނަ ބައެއްގެ ސަމާލުކަމަށް އައި ވަކީލް ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ޚިދުމަތްކުރަން ބޭނުން ނަމަ އިސްތިއުފާ ދިނުން ނޫން ގޮތެއް ނެތެވެ.
ޝުނާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 10 އަހަރު އޭޖީ އޮފީހުގައި މަސައްކަތްކުރެއްވުމަށް ފަހު އިސްތިއުފާ ދެއްވުމަކީ ފަސޭހަ ނިންމެވުމެއް ނޫން ކަމަށެވެ.
އޭނާ "މިހާރު" އަށް ވިދާޅުވި ގޮތުގައި ގާނޫނު ހިމާޔަތްކުރުމަށް އެކަށީގެންވާ ފުރުސަތު އޭޖީ އޮފީހުގައި ހުރެގެން ލިބޭކަށް ނެތެވެ.
"ދައުލަތު ވަކީލަކަށް ހުރެގެން އިސްލާހުކުރަން ފުރުސަތެއް ނެތް. ލަދުވެތިކަމަކަށްވާ ހިސާބަށް ދިޔައިމަ އިސްތިއުފާދިނީ،" އޭޖީ އޮފީހުގެ އެންމެ ސީނިއާ އެއް ވަކީލްގެ ގޮތުގައި ހުންނެވި ޝުނާނާ ވިދާޅުވި އެވެ.
It was a very difficult decision to resign from AGO where I have worked for around 10 yrs. But, this was necessary & I hope to do some good out there serving public. Will always cherish overwhelming love & respect staffs of AGO had given me.
— Mariyam Shunana (@shuna_007) March 28, 2018
ޝުނާނާ އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ކުރެއްވި ޓްވީޓް
އޭނާ ވިދާޅުވީ ދެން މަސައްކަތް ކުރައްވާނީ އަމިއްލަ ގޮތުން ކަމަށެވެ. އަދި ހައްގުތަކުގެ ވާހަކަ ދައްކައިގެން ވަޒީފާއިން ވަކިކުރާ މީހުންގެ ހައްގުގައި ވަކާލާތު ކުރެއްވުމަށް އިސްކަން ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ޝުނާނާ އިސްތިއުފާ ދެއްވާފައި މި ވަނީ އޭނާ ކުރެއްވި ޓްވީޓެއްގެ މައްސަލަ އޭޖީ އޮފީސްތެރޭ ހޫނުވެފައި ވަނިކޮށެވެ. މައްސަލަ ބޮޑުވި ޓްވީޓްގައި ޝުނާނާ ވިދާޅުވެފައި ވަނީ ދައުލަތުގެ ވަކީލުންނަކީ ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި މުއައްސަސާތަކުން ކުރާ ޣައިރު ގާނޫނީ ކަންކަން ދިފާއުކުރަން ތިބެންޖެހޭ ބައެއް ނޫން ކަމަށެވެ. ޝުނާނާ އެ ޓްވީޓް ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ މަހު ސުޕްރީމް ކޯޓުން ކުރި އަމުރު ބާތިލްކުރުމަށް ދައުލަތުން ހުށަހެޅި މައްސަލާގައި ބޭއްވި ޝަރީއަތަށް ފަހުގަ އެވެ. އެ ޝަރީއަތުގައި އޭޖީގެ ފަރާތުން ވަކާލާތު ކުރެއްވީ މާޝާ ލުތުފީ އެވެ.
A state lawyer should not be a “hired gun” who is there to defend unconstitutional act of public officials or state entities. But rather, they have a higher burden and duty to uphold and protect law and rights of citizens of state. #legalethics.
— Mariyam Shunana (@shuna_007) March 27, 2018
ޝުނާނާގެ މި ޓްވީޓާ ގުޅިގެން އޮފީސް ތެރޭ މައްސަލަ ޖެހުނު ކަމަށް އެނގިފައިވާ
ބަންޑާރަ ނައިބު އަމަލުކުރައްވާ ގޮތާ މެދު ހިތްމަޖެހިވަޑައިނުގެން، އޭޖީ އޮފީހުގެ ޑެޕިއުޓީ ކައުންސެލާ ޖެނެރަލް ޝަފީއާ ރިޒާ ވެސް މިދިޔަ މަހު ވަނީ އިސްތިއުފާދެއްވައިފަ އެވެ. އޭނާގެ އިސްތިއުފާގެ ކުރިން އޭޖީ އޮފީހުގެ ވަކީލުންތަކެއް ވަނީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އޭޖީ އަމަލުކުރައްވާ ގޮތާ މެދު ހިތްހަމަނުޖެހިގެން ޕެޓިޝަނެއް ހަދަން މަސައްކަތް ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައިހާން
01 April 2018
ވަރަށް މޮޅު އަދި ވަރަށް ހިތް ހެޔޮ ވަކީލެއް މީ. މަ ދިޔައިން މީނަ ކޯޓުގައި ވަކާލާތު ކުުރި އަޑުއެހުމަކަށް.
ޖިންނިބޭ
01 April 2018
ފުރުސަތުގެ ބޭނުން ހިފައިގެން ޖެހި ރޮކެޓެއް މިއީ ... ކިހާ ދުވަހަކު ނުހައްގު ދައުވާ ކުރި މީނަ
އަބްދުއްލާ
30 March 2018
މި މަންޖެ ކޯޓަށް ދިޔަޔަކަސް ދައްކާނެ ވާހަކައެއް އޮވޭތަ ؟ ލަދުން އިސްތިއުފާ ދީފަ ދަމުން ހިމާށޔަތް ނުކުރެވޭތީއޯ ލަދު ކޮބާ ؟
ޥަަލު
30 March 2018
ޙެހެހ ވާނުވާ ބޮލަށް ފިތުނީ އެކޮއި
ޑިމޮކްރަޓް
29 March 2018
ޝުނާނާ ބުނެފައި ވަނީ ޓުވިޓާގައި، އޭޖީ އޮފީހުގަ ހުރެގެން ޤާނޫނު ހިމާޔަތް ކުރުމަށް ފުރުސަތު އޮތްކަމަށް އަދި އެތަނުގައި ތިބޭ ވަކީލުން މިހާރުވެސް އެކަން ކުރާ ކަމަށް އެކަމަކު އޭނާއަށް އަށް އެކަން އެދެވިގެންވާ ގޮތަށް ކުރެވެން އޮތީ އޮފީހުން ނިކުމެގެން ކަމަށް. އެއީ ސަރުކާރުން ކުރާ ޤާނޫނާ ޚިލާފު ކަންކަމުގައި އޭގެ ދިފާއުގައި ކޯޓުގައި ވަކަލާތު ކުރުމަށް އެތަނުން ނުކުންނަން ޖެހޭއޭ. ޝުނާނާގެ އިތުރުން ވަޒީފާއިން ނުކެނޑި ހައްޤާ އެއްކޮޅަށް މިހާރު އޭޖީ އޮފީހުގައި މަސައްކަތްކުރާ ވަކީލުނަކީވެސް ބަތަލުން ޛިންމާދާރުކޮށް މީޑިއާ ހަބަރު ލިޔުން އެދެން
ޝާކިރު
01 April 2018
މި ކަމަނާ ވަރަށް ހިތްވަރު ގަދަ. އެތަނުގަ ދެން ތިބި މީހުންނަކަށް ނުކެރުނޭ ޕެޓިޝަން ފެއިލްވީމަ، ބަހެއް ވެސް ބުނެލާކަށް ބިރުން. އެމީހުނަކީ ބޮޑެތި ފިޑިން
އަބޫ ކެޓް
29 March 2018
މިއަށް ކިޔަންވީ ދީން ހިމާޔަތް ކުރުމޭ. ބޭއިންސާފުގައި ގައުމު ފަސާދަވާހިނދު އެކަމާ ބަސްބުނަން ކެރުމަކީ ހަމަވަރަށް ބޮޑު ޖިހާދެއް.
ނެރު
29 March 2018
ޝުނާނާ އަށް މިހާރުދެން ގާނޫނު ހިމާޔަތް ކުރެވޭނެބާ ؟
ކީސް
29 March 2018
ނެރަކަށް މިޔަދަކުނުވިސްނޭނެ އެއީ މިހާރު ތިޔަ ހުރި ކުލައެއްގެ ގޮތުން އެކަމު ބުނަން ޝުނާނާ ވެސް އެކުރަނީ ހަމަ ޖިހާދުގެމިންވަރެއްކަން ޔަޤީން
ހައްޔަރުކޮށްފިއްޔާ
29 March 2018
ހައްޔަރުކޮށްފިއްޔާ، ބޮޑު ލެގެންޑަކަށް ބަދަލުވީ، ނޫނީ ސިޔާސީ ސަޙްސިއްޔަތަކައްވީ، ނޫނީ ހިއްވަރުގަދަ ބަތަލަކަށްވީ އަޖައިބެއްމީ
ޝާހިދު ބީވާ
29 March 2018
އަޅެ ހެޔޮ ނުވާނެ މިކޮމެންޓް ޖަހާލަ ދީބަލަ! މިއީ ވަރަށް ސުޕަރ ލޯޔަރެއް. އަހަރެން ބޭނުންވަނީ މަގޭ ޕަރސަނަލް ލޯޔަރެއްގެ ގޮތުގައި މީނާ ހަޔަރ ކުރަން.
އަސްލުހާލަތު
30 March 2018
ތިޔަ އެހެން ޕަރސަނަލް ކަމެއް އޮވެގެން ސުޕަރވީކަމަށް ފެންނަނީ.. ކިހިނެއް ސުޕަރ ވާނީ ކޯޓަކަށް ގޮސް ވަކާލާތެއް ނުކުރޭ މަދު ފަހަރަކު ނޫނީ
ފްލެޓް ބޭނުންވަ ޕޮލިސް ޤާޒީ
29 March 2018
10 ވަރަކަށް އެޓާނީ ނުވަތަ 10 ވަރަކަށް ޕްރޮސިކިއުޓަރ ނިކަން އިސްތިއުފަަ ދެއްވަ ބަލަ..އިސްލާހަށް ޓަކައެވެ.