އިދިކޮޅު އިއްތިހާދުގެ ލީޑަރު ޖަމީލްގެ އިތުރުން ކުރީގެ ރައީސް ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާ އެކު ހަސަން ލަތީފާއި ތަސްމީން: ތަސްމީނާއި ހަސަން ލަތީފް މާދަމާ ރޭ ފުލުސް އޮފީހަށް ހާޒިރުވާން ވަނީ ޗިޓް ފޮނުވާފައި.
27 ޖުލައި 2016 - 16:49
އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގައި ހިމެނޭ ބޭފުޅުން ކަމަށްވާ އަހުމަދު ތަސްމީން އަލީ އާއި ހަސަން ލަތީފް އަދި ޝިދާތާ ޝަރީފް ވެސް މާދަމާ ރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
މާދަމާ ރޭ 8:00 އަށް ފުލުސް އޮފީހަށް ހާޒިރުވާން އެ ތިން ބޭފުޅުންނަށް އެންގީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ނުބުންޏެވެ. އެކަމަކު ހާޒިރުވާން އަންގައި، ތަސްމީނާއި ހަސަން އަދި ޝިދާތާ އަށް މިހާރު ވަނީ ޗިޓް ފޮނުވައިފަ އެވެ.
އިދިކޮޅު ކޯލިޝަންގެ ޖަލްސާއެއްގައި ޝިދާތާ ބައިވެރިވަނީ: އޭނާ ހާޒިރުކުރާ ސަބަބު ފުލުހުން ނުބުނޭ ---ފޮޓޯ/މިހާރު
ސަރުކާރަށް ފާޑު ވިދާޅުވަމުންދާ ތަސްމީނާއި ހަސަން އަދި ޝިދާތާ ފުލުސް އޮފީހަށް ހާޒިރު ކުރާއިރު، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވެސް މިރޭ ފުލުސް އޮފީހަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ. އޭނާ ހާޒިރުކުރާ ސަބަބެއް ވެސް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
މިދިޔަ ހޯމަ ދުވަހު ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް، ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު އަތުލައިފަ އެވެ. އެކަމަކު އިއްޔެ ވަނީ ފޯނު އަނބުރާ ހަވާލުކޮށްފަ އެވެ. އޭނާގެ ފޯނު އަތުލީ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞާލިޙް
27 July 2016
ތިޔަބުނާ 3 މީހުންގެ ފުރާނައާއި މުދަލާއި އަބުރާއި ޢާއިލާއަށްޓަކައިވެސް އެމީހުންނަށް އިޞްލާޙު ވުމަށް މަގުދައްކަންޖެހޭނެ!
ހުސޭނުބެ
27 July 2016
މިގައުމުގައި ފިތުނަ ފަސާދަ އުފައްދަން އުޅޭ ބައިގަޑަށް އެބަޖެހޭ ފިޔަވަޅު އަޅަން!! މިއީ މަދުބައެއް!! މިކަމާ އިދިކޮޅު ގިނަ މީހުން ކުޅި ބަލަން ތިބެނީ ކީއްވެގެން ބާއޭ އެބަ ހިތައްއަރާ!! ފަހަރުގައި ވެދާނެ މަސްލަޙަތު ގެއްލި ތަޅާފޮޅާ މަދު މީހުންގެތެރެއިން ގިނަ ބަޔަކަށް އަނިޔާވެ އެމީހުންގެ ގޯތިގެދޮރަށްވެސް ގެއްލުންވެދާނެކަމަށް ބަލާފަ މަޑުން ތިބީކަމަށް!! އަޅުގަޑުމެން އެދޭގޮތަކީވެސް އެއީ!! މަޑުން ތިބުން!! އަޅުގަނޑުމެން މިކަން ޙައްލުކުރާނަން!! ނުކުރެވޭ ހިސާބަށްގޮސްފިނަމަ ގޮވާލާނަން!! ހުރިހާ އެންމެންވެސް މަސްޅަހަތަށް ލޯބިކޮށް އަމަންއަމާންކަން ގާއިމުވެފައިވާ ރާއްޖެއަކަށް ހަދަން މަސައްކަތްކުރައްވާ!!
އަލިބެ
28 July 2016
އެހެންވީމާ ތިހުސޭނުބެ އަށްވެސް ފިޔަވަޅު އަޅަން އެބަޖެހޭ. ތިޔައީވެސް އޭގެތެރެއިން އެކަކު.
ހުސެންދަރި
28 July 2016
ގައުމު ވީދައިގެން ކާ މީހުންގެތެރޭގަ މިކަހަލަ މީހުންވެސް އުޅޭނެ. ވާނުވާ އެގޭއިރުވެސް މީހުން ވާވައްދަން އަނގަ ތަޅާނެއެވެ. ޑިމޮކްރަސީ ނެތް ތަންތަނުގަ މިބައިވެސް އުޅޭނެއެވެ.
ނިއުޝާދު
27 July 2016
މަ ބިރުހީވަނީ މިހެން ޙާޟިރު ކުރަމުން ބަންދު ކުރަމުން ޖަލަށް ލަމުންގޮސް 2018 ގަ ވޯޓްލާނެ މިނިވަން އެއްވެސް އިންޝާނެއް މިޤައުމުގަ ނުހުރެދާނެތީ...މި ދާގޮތުން ހަމަ ޙަޤީޤަތުގަވެސް ބިރު ހީވާ ހިސާބަށް ހިނގައްޖެ....
ގަބޭ
27 July 2016
ދަންވަރު އެމީހުން ހޯދަން ހަރުގެޔަކަށް ފުލުހުން ނުދޭ!! އެކަމަކު ޖެހިގެން އައިދުވަހު ހަވާލްކުރީ ޗިޓް.
ގަނީރު
27 July 2016
އިދިކޮޅު ފަރާތްތައް ސަރުކާރުގެ ދަލުގަ އެކިގޮތްގޮތުން ސަރުކާރުން ޖައްސަމުންދާއިރު އެމީހުން އަމިއްލައަށް ސަރުކާރުގެ ދަލަށްގޮސްވަންނަ ވަންނަތަން މިފެންނަނީ. އެންމެ ފުރަތަމަވެސް ސިޔާސީ ހަރަކާތްތަކުގަ ބަންދުކުރާ މީހުންނަށް ފައިސާދޭން ބުނުމުން މިއީ އަނެއްކާ ހަމަ އަމިއްލައަށް ބުއި ބޮނޑިއެއްކަން ޔަގީންވި. ށިޔާސި ހަރަކާތްތަކަށް ނުކުންނަ މީހުން ހައްޔަރުކުރަނީ ނުހައްގުންކަން އަހަރުމެން ގަބޫލުކުރިޔަސް ސަރުކާރުން ދެން ތަސްމީނުމެންނަށް ދައުވާކުރާނީ ކުށްކުރުމަށް ހިތްވަރުދީ އެކަމަށް ފައިސަ ޚަރަދުކުރާނެކަމަށް ބުނިމައްސަލާގައޭކިޔާފަ. އާޚިރުގަ ނިމޭނި ޓެރަރިޒަމް އަށް ޚަރަދުކުރިކަމަށް ހުކުމްކޮށްގެން. ސަރުކާރުގެ މަޅީގަ ނުޖެހި ދެންވެސްތިބި އިދިކޮޅުވެރިން މިއަށްވުރެ ޙިކްމަތްތެރިކޮށް އާ ސްޓްރެޓެޖީއެއް ބޭނުންކުރަންއެބަޖެހޭ.
ބޫ
27 July 2016
ސަބަބެއް ބުނެނުލާ ވީކަމެއް އަންގާ ނުލާ ހަމަ ހާޟިރުވާން އެންގީމާ އެއީ އަބުރާ ބެހުމަކަށް ނުވޭބާ؟ އެއީ ސިޔާސީ މީހުނަށް ވާއިރު އެކަމުގެ ސަބަބުން އެމީހުންގެ ރެޕިއުޓޭޝަން ދައްވާނެ ނޫންބާ؟
އައިއެފް
27 July 2016
ފުލުހުންގެ ކަންތައްތައް މިހާރު މާމައްޗަށް ތިޔަގެންދަނީ. ޔާމީނު ހައްޔަރުކުރަންޖެހުނީމާ އެބަބުނޭ ތިމަންނަ ކައިރީގައި ހައްޔަރުކުރާ ސަބަބު ނާންގާ ހައްޔަރުކުރަން ކޯޓު އަމުރު ނެރެން އުޅުނީއޭ. ބަލަ އަބުރުޔާމީނޫ އެހެން މީސްތަކުންނަށް އެހައްގު ނެތީހޭ. ދިވެހިންނަށް ލިބިފައި މިހިރީ ވެރިއެއް.
ޔައުމިއްޔާ
27 July 2016
5000ރ ލިބޭ ފުރަތަމަ މީހަކަށް މިވީ ތަސްމީނުތާ
ޢަބްދުﷲނާފިޒު
27 July 2016
ކީއްކުރަން ޗިޓު ފޮނުވަނީ، ޝިފާޒު ގެންދިޔަހެން ތިބި ތަނެއްގަ ތިއްބާ ނަގައިގަނެގެން ގެންދަން ވީނު، މިވެރިން މިއުޅެނީ މިޤައުމަށް ކިހިނެއް ހަދާނަމޭ ހިތާބާ! ކިހާ ދުވަހަކު މިގޮތަށް ރައްޔިތުންނަށް ބިރުދައްކާ އަނިޔާވެރިވެގެން ވެރިކަމުގަ ބަގުޑި ބައްދައިގެން ތިބެވިދާނެބާ!
ރޯނޭ
27 July 2016
ގައުމުގަ ހަމަނުޖެހުން އުފެއްދޭއިރު ވާނުވާ ނޭނގޭ މީހުން އަނގަ ތަޅާނެއެވެ. ޑިމޮކްރަސީގަ މިބައިވެސް އުޅޭނެއެވެ.
ޢަބްދުﷲނާފިޒު
27 July 2016
ފުލުހުންގެ އިދާރާއަށް ހާޒިރުކުރާ ސަބަބު ވަރަށް ސާފު، ދައްކާ ވަހަކައެއްގެ ސަބަބުން ބޮޑުންގެ އިއްޒަތަށް ތިކިބުރާތީ، ހަމަ ބިރުދައްކަންވެގެން.