ގަލޮޅު ސަހަރާ: ރާއްޖޭގައި މޯޗަރީއެއް ހުންނަނީ އެތަނުގައި އެކަނި
27 ޖޫން 2018 - 11:57
މޯޗަރީގައި މައްޔިތާ ބާއްވަން ނަގާ ފީ ސަރުކާރުން މިއަދު ބޮޑުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ކުރިން ދުވާލަކަށް ނަގަނީ 1،000 ރުފިޔާ އެވެ. އެކަމަކު އަލަށް އެކުލަވާލި އުސޫލުގައިވާ ގޮތުން ދިވެހިންނާއި ބިދޭސީންނަށް ނަގާ ފީއަށް ވެސް ވަނީ ވަރަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ.
އާ އުސޫލުގެ ދަށުން، ދިވެއްސެއް ނަމަ ދުވާލަކަށް 1،500 ރުފިޔާ ނަގަ އެވެ. ވޯކްޕާމިޓް އޮންނަ ބިދޭސީއެއް ނަމަ މޯޗަރީގައި ބޭއްވުމުގެ ފީއަކީ 2،500 ރުފިޔާ އެވެ. އޭގެ އިތުރުން ޓޫރިސްޓު ވިސާގައި ރާއްޖެ އަންނަ ބިދޭސީއެއް ނަމަ، އޭނާގެ ހަށިގަނޑު މޯޗަރީގައި ބޭއްވޭނީ ދުވާލަކަށް 500 ޑޮލަރު (7،705 ރުފިޔާ) ދައްކައިގެންނެވެ.
އުސޫލުގައި ބުނެފައިވާ ގޮތުން، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، މައްޔިތަކު މޯޗަރީގައި ބާއްވާ ނަމަ އެ ބާއްވާ ކޮންމެ ދުވަހަކަށް ފީ ދައްކާނީ ފުލުހުންނެވެ.
މޯޗަރީން މައްޔިތާ ނެރެވޭނީ ފައިސާ ދެއްކުމުން ކަމަށް ވެސް އާ އުސޫލުގައިވެ އެވެ.
މޯޗަރީއަށް ލާ ކޮންމެ މީހެއްގެ މައުލޫމާތު ހިމެނޭ ދަފުތަރެއް، އެތަނުގައި ބާއްވަން އާ އުސޫލުގެ ދަށުން ލާޒިމްވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޗަރީ
27 June 2018
ކޮންޓެއިނާ އެއް ގެނެސްގެން ޕްރައިވެޓް މޯޗަރީއެއް ހިންގަންވީދޯ
ގުރައިދޫ ސެންޓަރު
27 June 2018
މޯޗަރީއަށްދާ ހަރަދު އިނގޭނަމަކަ ބިޒިނަހޭ ގައުމޭ ނުކިޔާނެ. ގަމާރުވިޔަސް ބޮޑުވަރު
ލޮލްލޮލް
27 June 2018
ލާރި ނުދެއްކިއްޖިޔާ ވަކި ކީއްކުރާނީ؟ ހިލޭ ވަޅުލައިދޭނަން ދޯ؟ ތޭންކްސް.
މައިޝާ
27 June 2018
ލާރި ނެތިޖެން މޯޗަރީން ނުނެރެވިގެން ބައިތިއްބާ ހަށިގަނޑުތަކަށް ތިކޮޅުން ކިހިނެއްބާ ހަދާނީ. ވަކިހާ ދުވަހެއް ވީމަ ވަޅުލައިދެންޔާ އޯކޭ.
ނުކި
27 June 2018
މިއޮތީ ޤައުމެއް ދޯ!
ދަރަނިބޯ
27 June 2018
ރަނގަޅުވިޔަފާރިއެއް ސިރުކާރު ހިންގަލެވޭވަރުވާނެ ދޯ ހަހަހަހަހ
ލޮލްޖ
27 June 2018
ތީހާދަ ރަގަޅު ބިޒްނަސް އެކޭ ދޯ. ތިކަމަށް ސަޕްލައި އިތުރުކުރާނެ މަގު ނުހޯދާނެ ކަމަށް އުންމީދުކުރަން.
ގުއިއްޒު
27 June 2018
މާލޭގެ ގެއެއްގެ ތެރެއިން މީގެ 1 އަހަރު ކުރިން މަރުވި ދެމަފިރިންގެ ލޭގެ ޓެސްޓް ނަތީޖާ އަދިވެސް ލިބުނު ކަމެއް ރިޕޯރޓު ކުރެވިފައެއް ނެތް. މިކަން އެނގޭ މީހަކު ހުރިއްޔާ ބުނެލަދީ. ހުރިހާ ކަމެއް ބޮނޑު ނަގުލަށް ދެއްތޯ؟
އަލިބެއްޔާ
27 June 2018
އެ މަރަކީ ވަރަށް ރޭވުންތެރި ކަމާއެކު ބަޔަކު ކޮށްފައިވާ ކަމެއްކަމަށް ބެލެވޭ.. ހަމަ ހުރެފަ ކުއްލިއަކަށް ދެ މީހުން އެއްފަހަރާ މަރުވުން ބުއްދިގަބޫލެއް ނުވޭ. ރަނގަޅު ތަޙުގީގެއް ހިންގައިފި ނަމަ ތިކަމެއް ކުރި ބަޔަކު އެނގޭނެ.. ވިހައެއް ކާންދީ މަރާލިކަމަށްވެސް ވެދާނެ. ހަމަ ޔަގީނުންވެސް އެނގޭ ކަމަކީ ތި މަރުގެ ފަހަތުގައި ސިއްރު ތަކެއް ވާކަން.. ބަޔަކު ނުބަލަނީކަމެއް! ބަލަން ބޭނުން ނުވަނީ ކަމެއް! ނޫނީ ބަލަން ނުކެރެނީކަމެއް ނޭނގޭ! ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެން ވަނީ މާތްﷲ