ހަބޭސް އިވެންތެއްގައި ޕަފޯމް ކުރަނީ: ބޮޑު އީދުގައި ދެ އަތޮޅެއްގައި ޝޯތައް ދޭނެ. ފޮޓޯ: ހަބޭސް ބޮޑުބެރު
16 އޯގަސްޓް 2018 - 10:23
މަޝްހޫރު ހަބޭސް ބޮޑުބެރު ބޭންޑްގެ ބޮޑުއީދު ޝޯތައް މި ފަހަރު ހއ. އާއި ހދ. އަތޮޅުގައި ބާއްވަން ނިންމައިފި އެވެ.
އެ ދެ އަތޮޅުގެ ބައެއް ރަށްތަކުގައި ދޭ ޝޯތަކުގައި ހަބޭސް ބޮޑުބެރު ބޭންޑްގެ އިތުރުން އޭގެ ދަށުން ހިންގާ ހަބޭސް ފިއުޝަން އާއި ލެވިޓޭޝަން ވެސް ބައިވެރި ވާނެ އެވެ.
ހަބޭސްގެ ވެރިޔާ (ހަބޭސް އައްޔަ) ޝިފާއު ބުނީ ޝޯތަކަށް ބޭންޑްތައް މާލޭން ފުރާނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށާއި ފުރަތަމަ ޝޯ އޮންނާނީ 21 ވަނަ ދުވަހު އުތީމުގައި ކަމަށެވެ.
"މިހާރު ރޭވިފައި އޮތް ގޮތުން ދެ އަތޮޅުގެ ހަތަރު ރަށެއްގައި އަހަރެމެން ޝޯތައް ދޭނަން. ފަހަރުގައި ފަސް ވަނަ ރަށެއް ވެސް އިތުރު ވެދާނެ،" އޭނާ ބުންޏެވެ.
ދެ އަތޮޅުގައި ބާއްވާ އީދު ޝޯތަކުގައި، ޝޯތަކަށް ދާ މީހުންނަށް ކޫޕަން ދޫކޮށްގެން އިނާމުތަކެއް ވެސް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ހަބޭސް އަށް 7 އަހަރު ފުރުނީ މި މަހުގެ 7 ގައި.
އިނާމްތައް ހުށަހަޅާފައި ވަނީ މެކްސް ކޮމް އާއި ކޮޕީ ޕްލަސްގެ އިތުރުން އެލް މޮބައިލް އިންނެވެ.
އައްޔަ ބުނީ ދެ އަތޮޅުގައި ދޭ ޝޯތައް ވަރުގަދަކޮށް، ފޯރިގަދަ ކުރުމުގެ ގޮތުން ސަގާފީ އައިޓަމްތަކެއް ވެސް ހުށަހަޅައި ދޭނެ ކަމަށެވެ.
މި މަހުގެ 7 ވަނަ ދުވަހު 7 އަހަރު ފުރުނު ބޭންޑުން މިދިޔަ ފިތުރު އީދާ ދިމާކޮށް ހުޅުމާލޭގައި ބޭއްވި ޝޯއަކީ ވެސް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ޝޯއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައިފާ
16 August 2018
ހދ އަތޮޅުން ކޮން ރަށްތަކަކަށް ބާ ދަނީ؟☺
ހަބޭސް މނދހ
16 August 2018
ހދ.ކުޅުދުއްފުށި
ރައިފާ
17 August 2018
ޝުކުރިއްޔާ
ގްރާންޑޭ
16 August 2018
ވަރަށް ފޫހިވޭ!