ހަބޭސްގެ ޝޯއެއްގެ ތެރެއިން: ފޭން ނައިޓް މި މަހުގެ 8 ވަނަ ދުވަހުގެ ރޭ އޮންނާނެ. ފޮޓޯ/ ހަބޭސް
04 ސެޕްޓެމްބަރ 2018 - 07:29
ހަތް ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހަބޭސް ބޮޑުބެރު ބޭންޑުން ފޭނުންނަށް ހާއްސަކޮށްގެން ބާއްވާ "ފޭން ނައިޓް" މި މަހުގެ 8 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.
ހަބޭސްގެ ވެރިޔާ އަލީ (ހަބޭސް އައްޔަ) ޝިފާއު ބުނީ ބޭންޑްގެ ހުރިހާ ސަޕޯޓަރުންނަށް ހާއްސަކޮށްގެން ބާއްވާ "ފޭން ނައިޓް" އޮންނާނީ ސީ ހައުސް ރެސްޓޯރަންޓްގައި ކަމަށެވެ. ވަރަށް ކުލަގަދަކޮށް، ތަފާތު އިނާމުތައް ވެސް ލިބޭ ގޮތަށް އިވެންޓް ކުރިއަށް ދާނީ ރޭގަނޑު 9:00-12:00 އަށެވެ.
"މިއީ ހަމަ ހަބޭސްގެ ހުރިހާ ފޭނުންނަށް އޮތް އިންވިޓޭޝަނެއް. އަށް ވަނަ ދުވަހުގެ ރޭ ސީ ހައުސް އަށް ގޮސް އިވެންޓްގައި ބައިވެރިލައި، އެންޖޯއިކޮށްލައިގެން އިނާމުތަކެއް ވެސް ހޯދޭނެ،" އޭނާ ބުންޏެވެ. "އިވެންޓަށްދާ ކޮންމެ މީހަކަށް އަހަރެމެން ދޫކުރާނަން ކޫޕަނެއް."
ހަބޭސް ބޮޑުބެރުގެ 7 ވަނަ އަހަރީ ދުވަހަކީ އޮގަސްޓް 7.
އައްޔަ ބުނި ގޮތުގައި "ފޭން ނައިޓް" ގެ ހަބޭސްގެ ބޭންޑްތައް ކަމަށްވާ ލެވިޓޭޝަން ބައި ހަބޭސް އަދި ހަބޭސް ފިއުޝަންގެ އިތުރުން ހަބޭސްއާ ދާދި ފަހުން ކޮލަބަރޭޝަން ހެދި މަޝްހޫރު ރޮކް ބޭންޑް "ޓްރެފިކް ޖޭމް" ގެ އައިޓަމްތަކެއް ފެނިގެން ދާނެ އެވެ.
ރާއްޖޭގައި އެންމެ ބޮޑު ފޭން ބޭސްއެއް އޮތް ހަބޭސް ބޮޑުބެރުގެ އަހަރީ ދުވަހަކީ އޮގަސްޓް 7 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިއީދޯ މިވީގޮތަކީ
04 September 2018
ޢިއްތިޙާދަށް ކާނިވާ 8 ވަނަ ދުވަހުގެ ރެއަށް މިދިނީ މިއެތި ރާވާފަ ދޯ.
ސާއިގާ
04 September 2018
މަނިކުބޭ ހަބޭސް އައްޔަ އެއީ ސިޔާސީ މީހެެއް ނޫނޭ.
ލިއުޝާ
04 September 2018
މަނިކުބޭ،ކަރިޝް އަށް ބުނެލަން އޮތީ މިކަން ސިޔާސީ ނުކުރާށޭ. އަހަރެމެން ކުދިން ލައްކަ ދުވަސް ވެއްޖެ މި އިވެންޓްގެ އިންތިޒާރުގަ ތިބޭތާ. ސިޔާސީ ކުދިން އެރޭ ދޭ ކާނިވަލް އަށް. އަހަރުން ދާނަން ސީ ހައުސް އަށް.
ސުޒީ
04 September 2018
އީމާން ❤️
ނާއިފާ
04 September 2018
ޢިދިކޮޅު ޖަލްސާ އަށްދާ މީހުންނަށް ވުރެ ގިނަވާނެ އެރޭ ސީ ހައުސް އަށް ދާ މީހުން. ޑިޓޮކްސްޓޮކްސްޓޮސްޓޮކޮސްކޮސް . ހެހެހެހެހެހެހެ
ޢެނގިދާނެތާ
04 September 2018
އެނގިދާނެތާ
މަނިކުބޭ
04 September 2018
ތިޔަބާއްވާ ތާރީހް ބަދަލުކުރަން ފެނޭ... ސިޔާސީބޮޑު ރެލީއެއް ބާއްވާ ސަރަހައްދެއްގައި ތިޔަ ކަމަކަށް މާބޮޑު ތާއީދެއް ނުލިބޭނެ...އައްޔަވެސް ގަބޫލްކުރަންވާނެ މީހުންދެކޭނެގޮތް ...ގިނަމީހުން ތުހުމަތު ކުރާނެ އައްޔަ އިވެންޓާ ދިމާކޮށް ކަމެއް ރޭވީކަމަށް... ނަފުރަތު ތިޔަމަސައްކަތަށް ނާންނަގޮތަށް ކުރެއްވުން އެދެން... 2✔
ސުޒީ
04 September 2018
އޯއެމްޖީ.. ހަބޭސް މޯޑު ދާނެދޯ ❤️
ކަރިޝް
04 September 2018
ކިތަންމެ ވަރަކަށް އެކި ފާޑު ފާޑުގެ ހރަކަތް އެރޭބޭއްވިޔަސް ހަމަ ކާނިވާ ސްޓޭޖް ސަރަހައްދު ފުރާލާނަން އިދިކޮޅު ޖަލްސާއިން
ފަޒީލާ
04 September 2018
އަޅޭ ކާންޓް ވެއިޓް އައްޔާ. ރާއްޓޭ ވެސް ހުންނާނެދޯ؟
މަރީ
04 September 2018
ވަރަށް ސަޅި ވާނެ ކަމަށް އުއްމީދު ކުރަން.