ްބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުން: ރާއްޖޭގައި މިނިވަން ނޫސްވެރިކަން ނެތް ކަމަކަށް ގަބޫލުނުކުރައްވާ ކަމަށް ޝަހީބު ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
04 އޮކްޓޯބަރ 2018 - 17:13
ރާއްޖޭގައި މިނިވަން ނޫސްވެރި ކަމަށް ފުރުސަތު އެބަ އޮތް ކަމަށާއި ޕްރެސް ފްރީޑަމް އިންޑެކްސްގައި، ނޫސްވެރިކަމުގެ މިނިވަންކަން ނެތް ކަމަށް ބުނެފައި އޮތުން ގަބޫލު ނުކުރައްވާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ރައީސް މުހައްމަދު ޝަހީބު މިއަދު ވިދާޅުވެއްޖެ އެވެ.
އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީބު ވިދާޅުވީ މިއަށްވުރެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ނޫސްވެރިކަން ކުރެވޭނެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"ކޮބައިތޯ [މިނިވަން ނޫސްވެރިކަމެއް] ނެތިފަ. ކީކޭތޯ ނުކިޔަނީ މީހަކާ ބެހޭ ގޮތުން. މީހެއްގެ އަބުރު ކޮން ގޮތަކަށްތޯ ކަތިނުލެވި އޮތީ. ދިވެހިރާއްޖޭގެ އެންމެންގެ ނުވަތަ ގިނަ ބައެއްގެ އަބުރު، ނަފްސު ކަތިލެވިގެން މި ދަނީ. އެހެންވީމާ ރާއްޖޭގައި އަޅުގަނޑަކަށް ހިއެއް ނުވޭ މީޑިއާގެ މިނިވަންކަން މިއަށްވުރެ ފުޅާކޮށް އޮންނާނީ ކިހިނެއް، ކޮން ގޮތަކަށް ކަމެއް،" ޝަހީބު ވިދާޅުވި އެވެ.
މީގެ ހަތަރު އަހަރު ކުރިން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަނީ ވަގަށް ނަގައިފަ އެވެ. އަދި އޭގެ ތިން އަހަރު ފަހުން 2017 ގައި ބްލޮގަރު ޔާމީން ރަޝީދު ވަނީ ވަރަށް އަނިޔާވެރިކޮށް މަރާލައިފަ އެވެ. އެކަންކަން އެގޮތަށް ހުއްޓައި ރާއްޖޭގެ މިނިވަން ނޫސްވެރިކަން އޮތްތޯ ސުވާލު ކުރުމުން ވެސް ޝަހީބު ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ނެތް ކަމަށް ނުބުނެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
".... އެހެންވީމަ މިނިވަންކަން ނެތެކޭ އަޅުގަނޑަކަށް ނުދެންނެވޭނެ،" އޭނާ ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ ރިޕޯޓާސް ވިތައުޓު ބޯޑާސް (އާރްއެސްއެފް) އިން ނެރޭ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ދަށަށް ގޮސްފައިވާ ކަމަށް ބުނެފައި އޮތް ނަމަވެސް އެކަން ގަބޫލު ނުކުރައްވާ ކަމަށް ޝަހީބު ވިދާޅުވި އެވެ. ސަބަބެއް ކަމަށް ޝަހީބު ވިދާޅުވީ އާރްއެފްއެސް އިން ނެރޭ ރިޕޯޓުތަކުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުނުވުން ކަމަށެވެ.
"އެ ރިޕޯޓަކީ އަޅުގަނޑުމެނެ ބްރޯޑްކާސްޓިން ކޮމިޝަނުން ގަބޫލު ކުރާ، ބަލައިގަންނަ ރިޕޯޓެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އާރްއެފްއެސްގެ ޕްރެސް އިންޑެކްސް ލިސްޓުގައި 2013 ވަނަ އަހަރު ރާއްޖެ އޮތީ 103 ވަނައިގަ އެވެ. މިއަހަރުގެ ލިސްޓު ނެރުނު އިރު ރާއްޖެ އޮތީ 120 ވަނައިގަ އެވެ.
ބްރޯޑްކޮމް އިން އިސް ނަގައިގެން ރާއްޖެ ޓީވީގެ މައްސަލަތަކެއް ބަލައި، ފަސް ފަހަރެއްގެ މަތިން، 3.7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާތީ އެކަމާ ގުޅޭ ގޮތުން ވެސް ނޫސްވެރިން ވަނީ ޝަހީބާ ސުވާލު ކޮށްފަ އެވެ. އަދި އެފަދަ ބައެއް މައްސަލަތައް އެ ކޮމިޝަނުން ބަލާފައި ވަނީ އެންމެ އިންސާފުވެރިކޮށް ނޫން ކަމަށް ޝަހީބު އެއްބަސްވެވަޑައިގެންނެވި އެވެ.
"ކޮމިޝަނުން އިސް ނަގައިގެން މައްސަލަތައް ބަލާ ކަމުގައިވާ ނަމަ މިއަށްވުރެ ހަމަހަމަކޮށް ބެލެންޖެހޭނެ ކަމަށް އަޅުގަނޑު ވެސް ގަބޫލު ކުރަން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯދިގޭ
06 October 2018
ކެބިން ދޮރުމަތީ އެއްކަލަ ބޯދިގު މީހާ އަދިވެސް ހުރީ ކަމަށް ތިވާނީ. ޝަހީބު އާ ސުވާލު ކުރާއިރު މިހާރުގެ ނޫސް ވެރިން ދެންވެސް ބަލާލައްޗޭ ބޯދިގު މީހާ އަދިވެސް ހުރިތޯ.
ރެކެނީ
05 October 2018
ބަލަ ނުސްވެރިކަން މިނިވަން ވާނީ ނުސްވެރިން މިނިވަންވެގެން. ވީ ޗެނަލަކުން ދުވަހަކުވެސް ގާސިމުގެ މޮޅުކަން ނޫން އެހެން އެއްޗެއް ނުދަކާނެ. ދެން ޗެނަލް 13 ޔާމިން ދެން ރާއްޖެ ޓީވީ އެކަނި ދެފުއްފެނަށް ގޮތަށް ކިރިޔާ ވެސް ކަވަރޭޖެ ގެނެސްދެވުނީ އެވެސް އިނގޭނީ ކުރިޔަށް އުއި ފަސް އަހަރު ކަވަރު ކުރާ ގޮތަކުން
ބޮލުރޮދި
05 October 2018
މަވެސް ނުކުރަން
އަހަންމަދާ
05 October 2018
މީގެކުރިން ހަވީރު ކިޔާނޫހެއްގައި ޝަހީބު މަސައްކަތްކުރިތަން ފެނި މީނަޔަށް ވަރަށް އިހުތިރާމްކުރިން. ވަރަށް ޕރޮފެސްނަލް މީހެއްކަމަށްބެލިން. އެކަމަކު ރާއްޖޭގެ މީޑިއާ ހިންގަންހުރި އިސްމީހެއްގެ ހައިސިއްޔަތުން މިދިޔަ އަހަރުތަކުގައި ރާއްޖޭގެ މީޑިއާ ނޫސްވެރިކަމަށް ނުފޫޒު ފޯރުވިގޮތުން މީނަޔަކީވެސް ބަޔަކު ޖަހާކޮންމެ ބެރަކަށް ނަށާނެމީހެއްކަންއެގުނު. ޕރޮފެސަނަލް ލެވެލް ހައިސިއްޔަތު ސުމަކަށްދިޔަތަން ފެނުނު
ދޮން ބަބުރު ސޮރު
05 October 2018
ތީ ދެން ސުވާލު އުފެދޭނެ ވާހަކަ އެއްނޫން! ކަލޭ ތިހެން ބުނާނެ ކަން މާކުރީންވެސް އެނގޭ! ލަދު ޙަޔާތަކީ ކޮންމެ މީހެއްގެވެސް ހުންނަންސޖެހޭ ސިފައެއް.!
ބަޝީރު
05 October 2018
ނޫސްވެރިކަމުގެ މިނިވަންކަމާބެހޭގޮތުން އެއްޗެކޭބުނަން ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މީ ކާކު ތޯއެވެ؟ މީޑިއާ ކޮމިޝަންވެސް އެތަނުގެ ދަށަށް ދިޔައީތޯއެވެ؟
ދެކޭމީހާކިޔާމީހާ
05 October 2018
މިރާއްޖޭގެ ނޫސްވެރިންނަށް މިނިވަންކަމާއިއެކު މަސައްކަންކުރުމަށް ޖާގައެއްނެތްކަން ނޫސްވެރިޔާ ރިޟުވާނަށްވީގޮތުން ޝަހީބަކަށް އިހުސާސްވެ ނޫސްވެރިކަމުގެ ޒައްރެއްގެމިންވަރު ޝަހީބުގެގައިގާ ހޭކިލާފަވީނަމަވެސް ތިވާހަކަ ތިގޮތަކަށްނުދެއްކީހެވެ. އެހެންނޫނީ ތިހުންނެވީ ކޮޅުގޮހޮރަށް ކެވިގެނެވެ.
އިސްތިޢުފާ
05 October 2018
ތިވަރުގެ ގަމާރު މީހަކު ތިތާ ހުންނާކަށް ހެޔޮ ނުވާނެ. އަވަހަށް އިސްތިޢުފާދީފަ ގެޔަށް ދޭ.
ޝައުކަތު
05 October 2018
އަޅެ ކޮންމެސް ގޮތަކަށް ކޮންޒަވޭޓިވުން ކައިރީ ދަންނަވައިން ތިޔަ ރިލުވާނާއި ޔާމިން ކޭސްތައް ސޮކްޓް ޔާޑާއި ހަވާލު ކުރައްވަންވީނު؟ އޭރަށް ފަހަރެއްގަ ތިޔަ ވެގެން އުޅޭ ގޮތެއް އިނގިދާނެ. އެކަމު އެފްބީއައި އަށް ވެސް ސޯލްވް ނުކުރެވޭ ވަރަށް ބައިވަރު ކޭސްތައް އެބަހުރި.
އުމަރުބެ
05 October 2018
މިކުދިންނަށް ހާދަ ނުވިސްނެއޭ، ވަޒީފާއަށްޓަކައިވެސް ތިވަރު ތަންފުކެއް ބޮޑުވަރު، އެކަމަކު އެބަހީވޭ މިހާރު މިނިވަން ވެއްޖެހެން، އިބޫއަށް ހަމަ ސާބަަސް، ހާދަ ގިނަބަޔަކަށޭ މިނިވަންކަން ލިބުނީ، މިހާރު އެއްވެސް ބިރެއްނެއް، ލޯތްބާއި އަޅާލުން، ދޮގު ހެދިމީހުން ތެދުބުނަންފެށުން ދެން އޮތީ