ސްރީ ލަންކަން އެއާލައިންސްގެ ބޯޓެއް ނައްޓާލަނީ.
07 އޮކްޓޯބަރ 2018 - 15:59
ކޮލަމްބޯ (އޮކްޓޯބަރު 7) - ގަޑިއަށް އެންމެ ބަރާބަރަށް ފުރުމުގެ އެވޯޑް ސްރީ ލަންކަން އެއާލައިންސް އަށް ލިބިއްޖެ އެވެ.
ލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ވޯލްޑްސް މޯސްޓް ޕަންކްޗުއަލް އެއާލައިން"ގެ އެވޯޑް ސްރީ ލަންކަން އަށް ދީފައި ވަނީ ފްލައިޓް ޑޭޓާ އެނަލިސިސް ކުންފުންޏެއް ކަމަށްވާ ފްލައިޓްސްޓެޓުން ކަމަށެވެ. ފްލައިޓްސްޓެޓުން ބުނި ގޮތުގައި ސެޕްޓެމްބަރު މަހު ސްރީ ލަންކަން އިން 91.37 ޕަސެންޓް ފްލައިޓް ގަޑިއަށް ފުރާފައިވެ އެވެ.
ފްލައިޓްސްޓެޓުން ވަނީ ޔޫރަޕާއި ނޯތު އެމެރިކާ، އޭޝިއާ، މެދުއިރުމަތި އަދި ސައުތު އެމެރިކާގެ 41 އެއާލައިނެއްގެ ޑޭޓާ އެއްކޮފަ އެވެ.
"ގަޑިއަށް ފުރުމަކީ އެއާލައިނުން އެންމެ އިސްކަން ދޭ އެއްކަންތައް. އެއީ ހުރިހާ ޑިޕާޓްމަންޓެއްގެ ޕާފޯމެންސް މޮނިޓާކޮށް ކޯޑިނޭޓް ކުރުމުގެ ސްޓްރަކްޗާގެ ފުރިހަމަކަން،" ސްރީ ލަންކަންގެ ބަޔާނުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީމުހާ
08 October 2018
ޔޫއެލް: ޔޫޝުއަލީ ލޭޓް.. އެއްމެފަހުން އެމީހުންގެ އެއްމެބޮޑު ވީކްނަސް އެއޮތީ ސްރެންތަކަށް ބަދަލުކޮށް އެވޯޑް ހޯދާފަ. އޯގަނައިޒޭނަލް މެނޭޖްމަންޓެއްގެ އެއްމެބޮޑު އެއްކާމިޔާބަކީ އެމީހުންގެ ހުންނަ މިފަދަ މައްސަލަތައް ދެނެގަނެ، ރަގަނޅުކުރުމުގެ ފިޔަވަޅުތައް އަޅާ އެކަން ޙިދުމަތް ލިބިގަންނަ މީހުންގެ ހިތްހަމަ ޖެހޭ ފެންވަރަށް ކާމިޔާބު ކަމާއިއެކު އެޙިދުމަތް ފޯރުކޮށްދިނުން. މަރުހަބާ ސްރިލަންކަން... ޝުކުރިއްޔާ ރައީސް ސިރިސޭނާ
ތަކުރޭ
08 October 2018
ޢެހެންވިއްޔާ ދެންހުރި އެއަރ ލައިންތަކުގެ ހާލު ހާދަ ބޮޑުވާނެހެން ހީވެޔޭ
ސާބަސް
07 October 2018
ޔޫއެލް (ޔޫސުއަލީ ލޭޓް) ބަދަލު ކޮއްލީދޯ!
މީނާ
07 October 2018
އަޔުބޯވަން ސިރިސޭނާ ގަޑިއަށް ގެންދޭ