ހޯރަފުށިން ގެއްލުނު ފައިސާގެ ތެރެއިން ބައެއް ފުލުހުން ހޯދާފައި: ގެއްލުނީ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ މިސްރު ޑޮކްޓަރަކު އެއްކޮށްފައިި ހުރި ފައިސާ -- ފޮޓޯ / މޯލްޑިވްސް ޕޮލިސް ސާވިސް
09 އޮކްޓޯބަރ 2018 - 11:26
ހއ. ހޯރަފުށީ ހޮސްޕިޓަލްގެ ޑޮކްޓަރަކު ޗުއްޓީއަކަށް ދާންވެގެން ބޭންކުން ނެގި 111،000ރ ވަގަށް ގެންދިޔަކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށް، އެ ފައިސާގެ ބައެއް ފުލުހުން ހޯދައިފި އެވެ.
މި ވައްކަމާ ގުޅިގެން ހައްޔަރުކުރި ތިން ފިރިހެނުންގެ ތެރޭގައި ހޮސްޕިޓަލްގެ މުވައްޒަފަކު ވެސް ހިމެނެ އެވެ.
މިސްރުގެ އެ ޑޮކްޓަރު އުޅެމުން އަންނަ ގޭގެ އަލަމާރިއެއްގެ ތެރޭގައި ރައްކާކޮށްފައި ހުއްޓާ އެ ފައިސާ ވަގަށް ގެންދިޔައީ މިދިއަ ބުރާސްފަތިދުވަހު އެވެ. އެކަމަކު އޭގެ ތެރެއިން މިހާތަނަށް 63،500ރ. ފުލުހުން ވަނީ ހޯދައިފަ އެވެ.
އެ ފައިސާ ފެނުނީ، ހައްޔަރުކޮށްފައިވާ އެކެއްގެ ގޭގެ ބަދިގެ ތެރޭގައި ވަޅުލާފައި ހުއްޓަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެ
09 October 2018
ވަގަށް ގޮވާކަށް ވަކި މީހަކު ނެތް މިހާރު މިގައުމަކު. މާ ކުރިން ވެސް ވަގުން އުޅޭ މިގައުމުގައި.
މުހުންމަދު
09 October 2018
ވައްކަންކުރީމަ އަމިއްލައަށް މޮޅެތި ޤާނޫނުތަށް ނުހަދާ ޤުރުއާންގައި އޮންނަގޮތަށް ޢަމަލުކޮށްފައި ނަތީޖާ އަށް ވާ ގޮތް ބަލަން ތިބެބަލަ.
ޝޯސަލްކެޓެގަރީ
09 October 2018
ހޯރަފުށިގަ ހުސޭނުބޭ މަރާލުމާ ވައްކަމާ މަސްތުވާތަކެތީގެ ކަންކަން އިންތިހާއަށް ރައީސް މައުމޫނަށް ވަޅިން ހަމަލާދޭން އުޅުނު
ދީދީ
09 October 2018
ތިފައިސާ ޕޮލިހުން އަތުން އަންބުރާލިބޭނީ އެއީ ތިގޭ ތިޔަ ގޭ މީހުންގެ ފައިސާ ކަމުގެ ހެކި ދެއްކީމަ. ހެކި އެބަހުރިބާ
ބޮޑޭ
09 October 2018
ކުންކުރަނި އެއްބައެއް ރަށުތެރޭ މަސްތުވާތަކެތި ވިއްކާ ވައްކަން ކުރަނި އެއްބައެއް. މަންސަލައަކީ ހަންޔަރުކޮންފަވެސް ކޮންމެވެސް އެއްޗެކޭ ކިޔާ ދޫކޮށްލާތީ. މިހާރު ބަފާ އުޅޭނެ ކޮޅު ކޮޅަށް ގުޅަގުޅާފަ.
ކައްފި
09 October 2018
ރަށުގެ ބޮނޑްމީހާ ދަރިވީމަ ދޫކޮށްލާނެ. ޔަގީން ކަށަވަރު ދޫކޮށްލާނެ ކިތަންފަހަރު އޭނަ ހަންޔަރު ކޮށްފި ހަމަ ދޫކޮށްލަނި. ވަރަށް ދެރަކަމެއް.
ނަންނު
09 October 2018
ތިމީހެއްގެ ވާހަކަ ނިކަން ސޯޝަލް މީޑިޔާގަ ފަތުރާލަބަލަ.
ކަނދިކަމަނާ
09 October 2018
މީހުން ބުރަމަސަކަތުން ހޯދާފައިސާކޮ ވަގަށް ނުނަގަ އަަމިއްލަޔަށް މަސަކަތްކޮށްގެންގެން ރުފިޔާހޯިދަބަލަ
އަހްމަދު 22
09 October 2018
މާދަމާ ވާނެ ތިބަޔަކު ދޫކޮށްލަން!