މަޝްހޫރު ލަވަކިޔުންތެރިޔާ އަބްސީ: ޔޫއެފްއެސްގެ އެކްސް-ޒޯންގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ އަބްސީގެ ފުރަތަމަ ޝޯ އޮންނާނެ -- ފޮޓޯ: ހުސެން ވަހީދު/މިހާރު
14 އޮކްޓޯބަރ 2018 - 12:51
ރާއްޖޭގެ ކާބޯތަކެތީގެ ވިޔަފާރީގައި އިސް ދައުރެއް އަދާކުރަމުން އަންނަ ޔުނައިޓެޑް ފުޑް ސަޕްލަޔާސް (ޔޫއެފްއެސް) އިން މާލޭގައި ހިންގާ އެކްސް-ޒޯން ފިހާރައިގައި މަހަކު އެއް ފަހަރު، މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުއްރަޝީދު އަލީ (އަބްސީ)ގެ ޝޯއެއް ބާއްވަން ހަމަޖައްސައިފި އެވެ.
ޔޫއެފްއެސްގެ އޮފިޝަލަކު ވިދާޅުވީ، ރާއްޖޭގެ ރިސޯޓް މިޔުޒިކުގައި އެންމެ ގިނަ ދުވަސްވީ އެއް ލަވަކިޔުންތެރިޔާގެ ޝޯއެއް ކުރިއަށް އޮތް ހަ މަސް ދުވަހު، އެކްސް-ޒޯންގައި އޮންނާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ޝޯ ބާއްވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8 އިން 10 އަށެވެ.
މި ޝޯ ކުރިއަށް ދާއިރު ޔޫއެފްއެސް އިން ދާދި ފަހުން ބޭއްވި ޕްރޮމޯޝަނުގެ ގުރު ނެގުން ވެސް އޮންނާނެ އެވެ.
އެކްސް-ޒޯން ހުންނަނީ ސަލާތައި ރެސްޓޯރަންޓް ކައިރީގަ އެވެ.
ޔޫއެފްއެސްގެ އޮފިޝަލް ވިދާޅުވި ގޮތުގައި އެ ކުންފުނިން ރާއްޖެ އެތެރެކުރާ ތަފާތު ބާވަތްތަކުގެ ރަހަ ބެލުމުގެ ފުރުސަތު ވެސް، އަބްސީގެ ޝޯ ކުރިއަށް ދާ އިރު އާންމުންނަށް ލިބޭނެ އެވެ. އަދި ޔޫއެފްއެސްއަށް ހާއްސަކޮށްގެން ރާއްޖޭގައި ރޯސްޓުކޮށް، ތަައްޔާރުކުރާ ކޮފީ ކަމަށް ވާ "އަރަގު" ވެސް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ އިތުރުން ސޭންޑްވިޗާއި، ސްމޫތީ، ޕާން އަދި ގިނަ ވައްތަރެއްގެ ސެލެޑް ވެސް މި ޝޯތަކުގައި ލިބެން ހުންނާނެ" ކަމަށް، ޔޫއެފްއެސް އިން ބުނެ އެވެ.
ޔޫއެފްއެފްއެސް 2007 ގައި އުފެއްދި ފަހުން ރާއްޖޭގެ ގިނަ ރިސޯޓްތަކަށާއި އާންމު ބާޒާރަށް ގިނަ އަދަދެއްގެ ކާބޯތަކެތި ވަނީ އެތެރެ ކޮށްފަ އެވެ. އަދި މިއީ ކާބޯތެކީގެ ރައްކާތެރިކަން ގެރެންޓީ ކުރާ އެޗްއޭސީޕީޕީ ސްޓޭޓަސް ލިބުނު ފުރަތަމަ ދިވެހި ކުންފުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒައިދު
14 October 2018
އަގު ތައް އަތްފޯރާ ފަށުގަ ބަހައްޓާތި. ރަހަބަލާލަން ވެއްޖިއްޔާ ފްރީ ކޮށް ލިބެންވާނެ. ސާމްޕަލް އައިޓަމްސް.
ދަންނަ މީހާ
14 October 2018
ފުރަތަމަ ޝޯ ބާއްވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8 އިން 10 އަށެވެ. މި ޝޯ އަކީ ވަރަށް ރަގަޅު ޝޯ އަކަށްވާނީ ، ދާންވާނެ ރަހަތައް ބަލާލަން.