ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް: ކޮރަޕްޝަނާ ދެކޮޅަށް އެންމެން މަސައްކަތް ކުރަން ގޮވާލެއްވި.
24 އޮކްޓޯބަރ 2018 - 10:32
ކޮރަޕްޝަނަކީ ރާއްޖެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށް ވިދާޅުވެ، އެކަން ހުއްޓުވަން އެންމެން ތެދުވުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރޭ ނަސޭހަތް ދެއްވައިފި އެވެ.
ކޮރަޕްޝަނާ ދެކޮޅަށް، އާދަމް ޝަރީފް ބަސްފުޅެއް މި ވިދާޅުވީ، މި ސަރުކާރަށް ތުހުމަތުކުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގެ ހެކިތައް، ވެރިކަން ބަދަލުވުމާ އެކު ފެންމަތިވަމުން އަންނަނިކޮށެވެ.
ފަހުގެ ތާރީޚުގައި ރާއްޖޭގައި ހިނގައިދިޔަ އެންމެ ބޮޑު ޚިޔާނާތް، އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އިސްވެރިންނަށް ވެސް ބޮޑެތި ތުހުމަތުތައް ކުރި އެވެ. ސަރުކާރުގެ މަޝްރޫއުތަކާއި މަސައްކަތްތައް ހަވާލުކުރުމުގައި ވެސް ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުތަކެއްކޮށް، އެ މައްސަލަތައް ބެލުމަށް މުއައްސަސާތައް ނުކުޅެދިފައި އޮތްއިރު، މިކަންކަމާ ގުޅޭ ގޮތުން މިނިސްޓަރު އާދަމް ޝަރީފް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
މިނިސްޓަރު އާދަމް ޝަރީފްގެ ޓުވީޓް:
ސަރުކާރުގެ ކޮރަޕްޝަނާއި ގާނޫނާ ޚިލާފު އަމަލުތަކާ މެދު ހިތްހަމަނުޖެހިގެން އަޑުއުފުލުމަށް ފަހު، ރިޔާސީ އިންތިޚާބުގެ ވޯޓުން މި ސަރުކާރު ބަދަލުކޮށްފައި ވަނިކޮށް މިނިސްޓަރު މިވަނީ ކޮރަޕްޝަންގެ މައްސަލަތައް ރާއްޖޭގައި ކުޑަކުރެވޭނެ ގޮތްތައް ވެސް ފޭސްބުކްގައި ވިދާޅުވެދެއްވައިފަ އެވެ.
އާދަމް ޝަރީފް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް މަދުކުރެވޭނީ، މުއައްސަސާތަކުގެ ވެރިންނާއި މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނާއި އާއްމު ފަރުދުން ޒިންމާދާރުކަމާ އެކު ކޮރަޕްޝަނާ ދެކޮޅަށް ތެދުވެގެން ކަމަށެވެ.
"ކޮރަޕްޝަނާ ދެކޮޅަށް އެންމެން ތެދުވަމާތޯ އެވެ. ކޮރަޕްޝަންގެ ނުރައްކާތެރިކަމާ މެދު މިހާރަށް ވުރެން ބޮޑަށް ސަމާލުވަމާތޯ އެވެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ މި ގޮވާލުމާއެކު ފާޑުކިއުން ވެސް ވަނީ އަމާޒުވެފަ އެވެ.
ކޮރަޕްޝަން ހިނގާ ކަން އެނގިވަޑައިގަތީ އަދިކިރިޔާތޯ އެއްބަޔަކު އެހިއިރު، އަނެއް ބަޔަކު ކަންބޮޑުވުންފާޅުކުރީ މި ސަރުކާރުގައި 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތެއް ހިނގިއިރު ކޮރަޕްޝަން ހުއްޓުވުމާ ދެކޮޅަށް މަސައްކަތް ނުކުރެއްވުމާއި އެކަންކަމާ ދެކޮޅަށް ވާހަކައެއް ވިދާޅުނުވެ ހުންނެވުމެވެ.
މި ސަރުކާރުގެ އެކި މިނިސްޓްރީތަކުން ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުތަކުން ފެންނަން އޮތް ނަމަވެސް، ޑިފެންސް މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެ މިނިސްޓްރީގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައެއް ނުވެ އެވެ. ދައުލަތުގެ ބަޖެޓުން އެ މިނިސްޓްރީ އަށް ކަނޑައެޅި ފައިސާ ހޭދަކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަން އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައްދޮޅި
25 October 2018
އަމިއްލަ އެދުން ކުރިއެރުވުން - ޤައައުމުގެ ލަދުހަޔާތް ކެނޑުވުން!
އަމީލް
24 October 2018
އެމް.ޑީ.ޕީ. ގެ ކޮރަޕްޝަންތައް ބަލަން ފެނޭ.
ހާސަރު
24 October 2018
އާދަމް ޝަރީފޫ މަނިކުފާނު މިނިސްޓަރުކަން ތިކުރާސަރުކާރުގެ ކުންފުނިތައް އެއްކޮށް ހުސްކޮށްލާފަ އެއޮތީ ނޭގޭ ކަމަށް ދހަދައިގެން ހުއްރެފަ ދައްކާވާހަކަ ރީއްޗެއްްނުން! އެމްއެންޑީއެފުން ރައީސް ޔާމީންގެ ކެމްފެއިން ދަތުރުތައް ކުރީ ސީދާ ކޮރަޕްޝަން ބޮޑުކޮށް އޮވެގެން! އެއީ ރައީސްގެ ދަތުރޭކިޔާ ހަމަޖައްސާލެވޭވަރަށް ވުރެ މާބޮޑަށް އެކަންތައް ހުރީ ޑޮކިޔްމަންްޓް ކުރެވިފަ. މިނިސްޓަރ ވެސް ބެދޭނެ.
ލުތުފީ
24 October 2018
އާނ!! މިއަދުން ފެށިގެން ކަލެއާ ދެކޮޅަށް މަމިތެދުވީ... ތާހިރު ވެއްޖެ އެންނު...!!
ކެކެކެކެކެކެ
24 October 2018
ނޫނޭ ދެލޯހުޅުވުނީކަންނޭގޭ. މިހާރު ކުއްލިއަކަށް މިރާއްޖޭގައި ކަރަފުސަން އޮތްކަން އެގުނީ ކިހިނަކުންބާ. މިއޮތްހާދުވަހު މަތިހަށިނަގައިގެން ދެކޮޅަށް ދުވެނެގިއިރު މިރާއްޖޭގައި ވައްކަމާއި ފޭރުމާއި މީހުންމެރު ކޮޅުންލާއޮތްކަން ރޭކާނުލިބަޔަކު ކުއްލިއަކަށް މިކިޔާއެއްޗެއްދޮތަ.. މިހާރު މާލަސްވެއްޖެ ދެން އެހެންބަޔަކު ތިކަމާ އެބައުޅޭހެން ހީވޭ
ރޯނާ
24 October 2018
މި އާދަން ޝަރީފް މީނަގެ ކޮއްކޮ އިސްމާލް ޝަރީފްގެނަމުގަ މާލޭން ބިމެއް ގަތްވާހަކަ އެބަ ދައްކަ. މީ ތެދެއްތޯ ބަލަންޖެހެ.
ހަބޭސް2040
24 October 2018
މިސަރުކާރަށްވުރެން ކަރެޕްޓް ސަރުކާރެއް މިހާތަނަކަށް މިގައުމުގައި ނެތް މަނިކުފާނުވެސް ވަރަށް ކަރެޕްޓު
ޝިޔާމް
24 October 2018
އަސްތާ ޣާފިލު ކަމުގެ ނިދިން ހޭލެވިއްޖެ ދޯ؟
ކޮޕާތީން
24 October 2018
އެއްމެ ފަހުން އާދަނުވެސް ބޮޑު އޮޑިޔަށް އެރީތަ؟
އީމަން
24 October 2018
އާދަމް ޝަރީފްގެ އުސްތާޒު ކައިރީ ތިވާހަކަ ދަންނަވާ!