ޚަބަރު / ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު

ޓިވެކުގެ ފުރަތަމަ ބެޗުން 44 ދަރިވަރަކު ގްރެޖުއޭޓް ވެއްޖެ

ޓިވެކްގެ ފުރަތަމަ ބެޗުގެ ބައެއް ކޯސްތައް ނިންމި ދަރިވަރުން ގްރެޖުއޭޝަން ހަފްލާގައި މިއަދު ބައިވެރިވަނީ.---ފޮޓޯ: ޓިވެކް

ކޯސްޓްލައިން ފައުންޑޭޝަނުން ހިންގާ، ޓެކްނިކަލް އެންޑް ވޮކޭޝަަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) ގެ ފުރަތަމަ ބެޗުން 44 ދަރިވަރަކު މިއަދު ގްރެޖުއޭޓް ވެއްޖެ އެވެ.

ބ. ކިހާދޫގައި ހުޅުވާފައިވާ މި ސެންޓަރަކީ، އަމިއްލަ ކުންފުންޏަކުން އިޖުތިމާއީ ގޮތުން މިހާތަނަށް ފެށި އެންމެ ބޮޑު މަޝްރޫ އެވެ.

ޓިވެކުން ހިންގި ތިން ކޯހުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން އިލެކްޓްރޯނިކްސް ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މައިޒާން އަހުމަދު މަނިކު ވިދާޅުވީ، ރާއްޖެ ތަރައްގީވެ ކުރިއަރަމުން އަންނަ ވަރަކަށް ޓެކްނިކަލް ދާއިރާތަކުން ވެސް މީހުން ބިނާކުރަން ޖެހޭ ކަމަށެވެ. އެހެންވެ ކޯސްޓްލައިން ފައުންޑޭޝަންގެ އެ މަރުކަޒަކީ ޓެކްނިކަލް ދާއިރާތަކަށް ޒުވާނުން ތަމްރީން ކުރެވޭނެ މުހިއްމު ތަނަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އަމިއްލަ ތަނަކުން 40 އަށް ވުރެ ގިނަ ދަރިވަރުންނަށް ތަމްރީން ދިނުމަކީ އެ ދަރިވަރުންގެ މުސްތަގްބަލަށް އެޅުނު ވަރަށް ރަނގަޅު ބިންގަލެކެވެ.

މީގެ ކުރިން ވެސް ވޮކޭޝަނަލް ތަމްރީނު ދިނުމަށް ސެންޓަރެއް އުފެއްދި ކަމަށާއި އެފަދަ ތަމްރީން ތަކަކީ އޭރު ވެސް ރާއްޖެއަށް މުހިއްމު ދާއިރާތައް ކަމަށް މައިޒާން އަހުމަދު މަނިކު ވިދާޅުވި އެވެ. އެކަމަކު ޓެކްނިކަލް ތަމްރީނު ދިނުމުގައި މިހާރު ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ޓިވެކްގެ ފުރަތަމަ ބެޗު ނިންމި ދަރިވަރަކަށް (ކ) ސެޓްފިކެޓް ދެއްވަނީ.---ފޮޓޯ: ޓިވެކް

އޭނާ ވަނީ ޓިވެކުން ދަސްވި ކަންތައްތައް ބޭނުންކޮށްގެން ގައުމަށް ހިދުމަތް ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

ޓިވެކުގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ނަޒީފް ވިދާޅުވީ، ޖީލެއް ބިނާވެގެން ދާއިރު ގާބިލް ޒުވާނުންތަކެއް އުފައްދަން ޖެހޭ ކަމަށެވެ. މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ހުޅުވި ޓިވެކްގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް އެއީ ކަމަށް ނަޒީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަރުދަނާ ޒުވާނުންތަކެއް މުޖުތަމައުގެ ތެރެއަށް ނެރެދެވުނު ކަމުގެ ފޮނި އިހުސާސް ކުރެވިއްޖެ ކަމަށާއި މިއީ އެ މަރުކަޒަށް ވަރަށް ތާރީޚީ ދުވަހެއް ކަމަށެވެ.

ޓިވެކުގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ނަޒީފް މިއަދުގެ ހަފްލާގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ޓިވެކް

"ވަރަށް ހިތްހަމަ ޖެހިއްޖެ ގާބިލް ޒުވާނުންތަކެއް މުޖުތަމައުގެ ތެރެއަށް ނެރެދެވުނީތީ. އަޅުގަނޑުމެންނަށް ޖީލެއް ބިނާކޮށްދެވުމުގެ މަސައްކަތް މި ފެށުނީ،" ނަޒީފް ވިދާޅުވި އެވެ.

އެ ކޯހުން ގްރެޖުއެޓްވި ދަރިވަރެއް ކަމުގައިވާ ރާއިފު ރަޝީދު، 19، ބުނީ ޓިވެކުގައި ހޭދަކުރި ފަސް މަސް ދުވަހުގެ ތެރޭގައި ދިރިއުޅުމަށް ބަދަލުތަކެއް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި އަމިއްލަ މަސައްކަތްކޮށްގެން އާމްދަނީ ލިބޭނެ ވަރަށް ތަމްރީނުތައް ލިބިފައިވާ ކަމަށް ވެސް،، ހއ. ވަށަފަރަށް އުފަން ދަރިވަރު ބުންޏެވެ.

"ސެޓްފިކެޓް ލެވެލް ހަތަރެއް ފަށައިފިއްޔާ އޭގައި ބައިވެރިވާނަން. އެހެން ނޫނީ އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާނަން،" އޭސީ މަރާމާތުކުރުމުގެ ކޯހުގައި ބައިވެރިވި ޒުވާނާ ބުންޏެވެ.

ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާ ކޮންޑިޝަން އާއި ރެފްރިޖަރޭޓަރު މަރާމާތު ކުރުމުގެ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތައް ހިންގާ ސެންޓަރުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ދަރިވަރުން ބައިވެރިވި އެވެ. އެ މަރުކަޒުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ސެޓްފިކެޓް ލެވެލް ހަތަރެއް ފެށުމެވެ. ދަރިވަރުން ހިލޭ ތިބުމަށް އެ ތަނުގައި ދަނާލެއް އަޅާފައިވާއިރު ކެއުން ވެސް ހަމަޖައްސައިދޭނީ އެ ސެންޓަރުންނެވެ. އެ ދަރިވަރުންނަށް ކިޔަވައިދޭނީ ކަމާ ގުޅޭ ދާއިރާގެ ބޭރުގެ ތަޖުރިބާކާރުންނެވެ. ޓިވެކުގެ ދެ ވަނަ ބެޗަށް ކުރިމަތިލުމުގެ ފުރުސަތު ދަރިވަރުންނަށް ހުޅުވާލާފައިވާއިރު އެ މަރުކަޒުގެ ކިޔެވުން ދެން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު އެވެ.

2 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 7%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

01 November 2018

މިފަދަ ގިނަކަންކަމަކީ ރައްޔިތުންގެޓެކްހަށް ނުސީދާގޮތުން އަސަރުކުރާނެކަންކަން. ބައެއް ރިސޯޓްތަކުން ކޮޓަރިއެއްގެބޭރުގައި ޓްރޭނިންގ ސެންޓަރގެ ނަންބޯޑް އަޅުވައި ޓެކްހަށްދައްކާންޖެހޭފައިސާއިން އެތަންތަނަށް ޙަރަދުކުރާކަމަށްއެބަހަދާ. . . މިބޭފުޅުންގެ ރިސޯޓްތަކުގެ އިންޖީނުގޭގައި ޗީފް އިންޖިނަރަކަށް ޕިލިޕިންސް ލަންކާ އިންޑިޔާ މީހުން 5000-12000 ޑޮލަރާއި ދޭތެރޭ މުސާރަތަކުގައި ތިބޭއިރު ތިތަނުން ކިޔަވާކުދިންގެ ފެންވަރު ނުހުންނާތީތޯ އެކުދިންނަށް ވަޒީފާނުދެނީ؟

The name is already taken The name is available. Register?

އެޑަމް001

01 November 2018

މެޑަމް ތި ކުރައްވާ ހިތް ވަރަށް ސާބަސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454