އިންޓަގްރޭޓެޑް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ލ. ތުނބުރި.-- ފޮޓޯ: އެމްއެމްޕީއާރުސީ
14 އޯގަސްޓް 2016 - 17:47
ޓޫރިޒަމް ދާއިރާ އިން ރާއްޖެ އަށް ކުރާ މަންފާ އިތުރުކުރުމުގެ މަގުސަދުގައި ރައީސް އަބްދުﷲ ޔާމީން މިއަދު ކުންފުންޏެއް އުފައްދަވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން "މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ ނަމުގައި ރައީސް އުފެއްދެވީ މެދު ފަންތީގެ ޓޫރިޒަމް ރާއްޖެ އަށް ތައާރަފްކޮށް، ހިންގާށެވެ. މި ކުންފުނިން މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޓޫރިޒަމް ދާއިރާގައި އަމަލީ ގޮތުން ބައިވެރިވެވޭނެ ގޮތްތައް ފަހިކޮށްދޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.
މެދު ފަންތީގެ ޓޫރިޒަމަށް ކުންފުންޏެއް އުފެއްދިއިރު، އިންޓަގްރޭޓެޑް ރިސޯޓެއް ލ. އަތޮޅުގައި ތަރައްގީކުރަން ވަނީ ހުޅުވާލާފަ އެވެ. މިއީ ސަރުކާރުގެ ގެސްޓްހައުސް ސިޔާސަތުގެ ބައެކެވެ. އެކަމަކު، މި މަޝްރޫއު އަދި ކުރިއަކަށް ނުދެ އެވެ.
މީގެ އިތުރުން، ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ ޓޫރިޒަމް ވިޔަފާރި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ކުރެ އެވެ. މިއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައި، އާއްމުންނަށް ހިއްސާ ގަނެވޭ ގޮތަށް އުފެއްދި ކުންފުންޏެކެވެ. އެކަމަކު، މި ކުންފުންޏަށް އެދެވޭ ގޮތެއްގައި ވިޔަފާރިއެއް ނުކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގގ
15 August 2016
ބައިތުލް މާލު އިންވެސްޓު ނުކުރެވި ޤައުމުގެ އިންތާޖު ކުރިޔެއް ނާރާނެ، ބައިތުލްމާލު ރަގަޅު ގޮތުގައި އިންވެސްޓް ކުރެވިއްޖެނަމަ ޤައުމު މުއްސަދިވާނެ!
މަރިޔަމް
15 August 2016
ރާއްޖޭގެ މުޅި އިޤްތިސޯދު ޓުއަރިޒަމަށް ބަރޯސާވެފައިވާއިރު، ސަރުކާރުންގެ ޕޮލިސީ ހާދަހާ ދޯދިޔާވެއްޖެޔޭ! މައުމޫން ސަރުކާރުގައި ޓުއަރިޒަމް އިންޑަސްޓްރީ އޮތީ ވަރަށްބޮަޑަށް ރައްކާތެރިކުރެވިފަ، އެހެންނަމަވެސް އެމް.ޑީ.ޕީ ސަރުކާރުގައިވެސް އަދި ވަހީދު ސަރުކާރުގައިވެސް އަދި މިސަރުކާރުގައިވެސް، ހަރުދަނާ ޕޮލިސީއެއްހަމަނުފެނޭ. މުޅިންވެސް ފެންނަނީ އިންޑަސްޓްރީއަށް ވެދާނެ ގޮތަކާމެދު ވިސްނާ ނުލާ ހަމައެކަނި ސަރުކާރުގެ ބަޖެޓަށް ފައިސާ ހޯދުމަށް ކުއްލި ކުއްލެއަކަށް ކުރާ ކަންތައްތައް. މިކަމާމެދު ވިސްނާލާ މީހަކުވެސް ވަރަށް މަދު. ކޮންމެ މީހަކު ނުޖެހޭ ރިސޯޓް އޯނަރަކަށް ވާކަށް، އޭގެބަދަލުގައި ސަރުކާރުން ވެސްނަންވީ ރިސޯޓުތަކުގެ އިންވެސްޓްމަންޓް ހަރުދަނާކޮށް، ރިސޯޓުތަކަށްދޭ ބޭނުންވާ ޚިދުމަތްތަށް ރާއްޖޭއިން ލިބެން ހުންނާނެ ގޮތް ބިނާކުރެވޭތޯ، އަދި ރާއްޖޭގެ ވިޔަފާރިވެރިންނަށް މިފަދަ ޚިދުމަތްތައް ދިނުމުގެ ޤާބިލްކަމާ ވިސްނުން ބިނާކޮށްދެވޭތޯ. މީ ބޭސިކް އިކޮނޮމިކްސް. އޭގެބަދަލުގައި މިހާރު މިފެންނަނީ، "ރިއަލް އެސްޓޭޓް ބަބުލް" އެހެން :ޓުއަރިޒަމް ބަބުލެއް". މިފަޅައިންދާނެ ދުވަހެއް އަންނާނެކަމަށް ވިސްނުން ވަރަށް މުހިންމު. އެއްވެސް އެއްޗަކީ ބޭނުންހާ ގޮތަކަށް އޭގެ ފައިދާނެގީމަ، މާގިނަ ދުވަހަކު ދެމިއޮންނާނެ އެއްޗެއްނޫން.
ފިރާގް
14 August 2016
އަނެއް އެމްއެމްޕީއާރްސީ
މެންޓަލިސްޓް
14 August 2016
ތިޔަތަނުގެ އެމްޑީކަމާ ހަވާލުވާމީހަކު މިލިއަރނަރަކަށް އިސާހިތަކުބަދަލުވާނެ ނަމެވެސް ފަހުން ދާނީ ޖަލަށް ،، އެމް.އެމް.ޕީ.އާރސީ ވެސް ރައީސްޔާމިން އުފައްދަވާ ބޯޑުއައްޔަން ކޮއްހެއްދެވި ،، ފަހުން ލޯހުޅުވާބަލާލިއިރު މުޅިގައުމު ކައިހުސްކޮއްފައިއޮތީ ،،، 1،2 ބިލިއަން ރުފިޔާ ގެއްލިގެންދިއައީ ،،، ތިޔަކުންފުނިވެސް ނިމިގެންދާނީ ހަމައެމަގުން ،،،، އެއީ ފަހުގެ އިކޮނޮމިކް ތިޔަރީއެއް ،،،
ވާނެދޯ
14 August 2016
މެދު ފަންތީގެ ޓޫރިޒަމް އަށް އުފެއްދި ކުންފުނިން މަމެން ޕިންކް ކުދިންނަށް ޔަގީން ކަން އެބައޮތް ސިންގަޕޯރ ގެ ވަރުގަދަ ގަދަފަދަ މުއްސަނދި ކުންފުންނަކާއި ގުޅިގެން ވަރަށް އަވަހަށް މާލެ ސަރަހައްދުން ފަޅެއް ހިއްކައިގެން އެތަނުގައި އިންޓަރގްރޭޓެޑް ރިސޯރޓެއް މިއަދު ސަރުކާރުން މިއުފެއްދި ކުންުފުންނާއި ގުޅިގެން ކުރާނެ ކަމަށް. އެއިރުން ދެން ހުރިހާ ކުދިންނަށް ވެސް ޓޫރިޒަމް ގެ ވިޔަފާރި ތެރޭގައި އުޅެވޭނެ ނޫންތޯއެވެ. މިފަދަ ހެޕީ ނިއުސް ދެން މުޅިން ވެސް ރައްޔިތުންނަށް އަޑު އިވިގެން ދާނީ.
ޙަސަން
14 August 2016
އެމްޓީޑީސީ އަށް ނުކުރެވޭނެތޯ ތިޔަކަންތަށް؟ ނޫނީ އަނެއްކާވެސް ބޭރުން ބޯޑު ދަރަންޏެއް ހޯދާނެ ގޮތެއްތޯ މިބަލަނީ؟
ވޯލް
14 August 2016
އެމްޓީޑީސީ އޮށްވާ އަނެއްކާ ކުންފުންޏެއް. އެމްޓިޑީސީ ތެރެއިންވެސް މިކަން ކުރެވޭނެ ކުރަން ބޭނުމިއްޔާ. އެއްޗެއްކޭ ޤާނޫނޭ ކިޔާގެން ރައްޔިތުންގެ ފައިސާ އިސްރާފުކުރާނެ އެދުރު ދޮރެއް މިހުޅުވުނީ. ޓޫރިޒޒަމް ޤާނޫނަށް ބަދަލުގެނައި ސަބަބު މިފެންނަނީ.
ދަންނާތި
14 August 2016
މެދުފަންތީގެ ޓޫރިޒަމް އަށް ރައީސް ޔާމީންގެ ވެރިކަމުގައި އުފެއްދި ކުންފުންނެއް ކަމުގައިވާނަމަ އެކުންފުނި ޖެހޭނެ ކާމިޔާބު ވާން. ޗައިނާގެ އެގްޒިމް ބޭންކް އިން ލޯން ނަގައިގެން ނަަމަވެސް އެކުންފުނި ޖެހޭނެ ކާމިޔާބު ކުންފުންނަކަށް ހައްދަވަން. މީގައި މިނޫން އިތުރު އެއްވެސް އެކްސްކިއުޒެއްވެސް އޮވެގެން ނުވާނެއެވެ. އަދި އިތުރު ޗޮއިސް އެއްވެސް އޮވެގެން ނުވާނެއެވެ. މިކަން މިމަގުން ހިނގަން ޖެހޭނެއެވެ. ރަންރީނދޫ މެން ގެ ވެރިކަމުގައި ކަންކުރި ގޮތަށް ފްލޮޕް ވާ ކުންފުނި ތައް މިސަރުކާރުގައި އުފައްދައިގެން ނުވާނެއެވެ. އެކަން ދަންނަން ޖެހޭނެ ސަރުކާރުގެ އިކޮން ކައުންސިލުން.
ދޮންފުތާގެ ހުސެއިނު
14 August 2016
ސަރުކާރުތަކުން ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް އެކި ނަންނަމުގަ އުފައްދާ ކުންފުނި ތަކާއި ކޮމިޝަން ތަކުން ގައުމަށާއި ރައްޔިތުންނަށް މަންފާއާއި ލާބަ ލިބެމުން ނުދިޔަ ނަމަވެސް ، ސަރުކާރުން އެތަނަށް އައްޔަންކޮށްފަތިބޭ (ބޯޑު މެންބަރުން، އެމްޑީއިން، ޗެއާމްނުން) މީހުންނަށް ބަރާބަރަށް ކޮންމެ މަހަކު ވެސް މުސާރަ އިނާޔަތް ދަނީ ލިބެމުން ، ހިނގަމުން. ދެން ކޮބާތޯ މައްސަލައަކީ؟