ޑީޕީއީގެ ޑައިރެކްޓަރު ޖެނެރަލް އަހުމަދު ޝަކީބު: ވިދާޅުވީ ދަރިވަރުންނަށް އިމްތިހާނުގައި ބައިވެރިވެވޭނެ ކަމަށް -- މިހާރު ފައިލް ފޮޓޯ
14 ނޮވެމްބަރ 2018 - 18:00
އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވާ އޭލެވެލް އިމްތިހާނުގައި ބައިވެރިވުމަށް ފައިސާ ދައްކާފައިވާ، ސެންޓަަ ފޯ ހަޔަ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ 10 ދަރިވަރަކަށް އިމްތިހާނުގައި ބައިވެރި ނުވެވިދާނެ ކަމުގެ ކަންބޮޑުވުން އުފެދިއްޖެ އެވެ.
އޭލެވެލް އިމްތިހާނުގައި ބައިވެރިވެވޭނެ ކަމާ މެދު ޝައްކު އުފެދިފައި ވަނީ އާޓްސް ސްޓްރީމް ކިޔަވާ 10 ދަރިވަރަކަށެވެ.
ބައެއް ދަރިވަރުން ބުނެފައި ވަނީ ޖެނުއަރީގެ އިމްތިނާހުގައި ބައިވެރި ނުވެވޭނެ ކަމަށް ސްކޫލުން މިހާރު އަންގާފައިވާ ކަމަށެވެ. އަދި އެގޮތަށް ދިމާވީ އިމްތިހާނަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ފައިސާ ނުދެއްކުމުން ކަމަށް އެނގިފައިވާ ކަމަށް ވެސް ބައެއް ދަރިވަރުން ބުނެފައިވެ އެވެ.
I am one of the few student who will be sitting for my Edexcel Alevel Exams during January 2019. A situation has arised which has deprived us 'arts students'from taking the examinations. I kindly request you all to take some time to read what’s below and raise awareness about it. pic.twitter.com/0sPEBysD1u
— iamfathmatheima (@iamfathmatheima) November 14, 2018
ނަމަވެސް ޑީޕީއީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ޝަކީބު ވިދާޅުވީ 10 ދަރިވަރުންނަށް ވެސް ޖެނުއަރީ މަހުގެ އިމްތިހާނުގައި ބައިވެރިވެވޭނެ ކަމަށެވެ. ޝަކީބް ވިދާޅުވީ އިމްތިހާނުގައި ބައިވެރިވުމަށް ބޭނުންވާ ސްޓޭޓްމަންޓް އޮފް އެންޓްރީ ލިބުން ލަސްވަނީ އިމްތިހާނު ބާއްވާ އެޑެކްސެލް ޔުނިވާސިޓީއަށް ފައިސާ ފޮނުވުމުގައި ދަތިތަކެއް އުޅޭތީ އެވެ.
އިމްތިހާނުގެ ފައިސާ އެޑެކްސެލަށް ފޮނުވުމުން އެ ފައިސާގެ ތަފްސީލު ދިނުމަށް ބޭންކުން އެދިފައިވާ ކަމަށް ޝަކީބް ވިދާޅުވި އެވެ.
"އެހެންވެ އެ ފައިސާ ޕްރޮސެސް ކުރުމުގެ ދަތިތަކެއް ދިމާވެގެން މިއުޅެނީ. އެކަމުގެ ތެރޭގައި އުޅެނިކޮށް މި 10 ކުދިންގެ މައްސަލަ ވެސް ކުރިމަތިވީ،" ޝަކީބު ވިދާޅުވި އެވެ.
އާންމުކޮށް ރާއްޖޭގެ ދަރިވަރުން އިމްތިހާނުގައި ބައިވެރިވަނީ އޮކްޓޯބަރު-ނޮވެމްބަރު މަހު ނަމަވެސް މި 10 ދަރިވަރުން ޖެނުއަރީ މަހު އިމްތިހާން ހަދަނީ އެ ކުދިން ކިޔަވާ މާއްދާތަކުގެ އިމްތިހާނު އޮންނަނީ ޖެނުއަރީގައި އޮންނާތީ ކަމަށް ޝަކީބް ވިދާޅުވި އެވެ.
"އެކަމަކު އިމްތިހާނުގައި ބައިވެރިވެވޭނެ. ބައިވެރިނުވެވޭނެ ކަމަށް ދައްކާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިމޮން
15 November 2018
ޓީވީ ޕްރެސެންޓަރެއް ޕަބްލިކް އެގެޒެމިނޭޝަންއަށްލީމަ ވާނީ ތިޔަހެން! ޝަކީބު ރަގަޅުވާނީ ފުރުސަތުގެ ފުރުސަތު ހުށަހަޅަން! އަވަހަށް ތިތަނަށް ގާބިލު މީހުންލާފަ، ދާއިރާއާ ނުގުޅޭ ބޭކާރު ބޯތައް ބޭރުކުރޭ!
އުމްނީ
15 November 2018
ޝަކީބޫ. ގެއަށް އާދޭ!
ލޭޑީ ބޯއީ
15 November 2018
ކެމްޕެއިންނަށް ލާރިކޮޅު ބޭނުންކޮއްލީ ދޯ؟ މިނިސްޓްރީގެ މުވައްޒިފުންކޮޅެއް ސައި ބޯލަން. ލަވްލީ
އައްޑޫ ބެއްޔާ
15 November 2018
2 އޮފް 2. ދެން ކުދިން އޭލެލް ހަދަނީ އެޑެކްސްލް. އުޑާ މިބާހާ ތަފާތު. ނަތީޖާއަކީ އޯލެވެލް ޓޮޕް ޓެންގެ ކުދިން ގެންނަނީ އީ ނުވަތަ ޔޫ. މިނިމޭ ބެޗުގައި ސީއެޗް އެސްސީއަށް ވަން 179 ކުދިންނަކީ އޯލެވެލް ޓޮޕް ޓެން. އޭގެ ތެރެއިން އޭލެވެލް ޓޮޕް ޓެން ސެކިއޯ ކުރެވޭނެކަމަށް ބެލެވެނީ 25-30 ކުދިންނަށް އަނެއް 150 ކުދިން ނިޒާމުން އެދިޔައީ ގެއްލި. މާދަމާ އޭލެވެލްގެ އާ ސިލަބަސް 2019 ގަ ފެށޭ އިރު އެކަން އިނގޭ ބަޔަކު ނެތް. ނޭޝަނަލް އެގްޒޭމް ބޯޑެއް އޮތް ނަމަ ހައްލުވީސް!
އައްޑޫ ބެއްޔާ
15 November 2018
1 އޮފް 2 . ޝަކީބު އަކީ މިކަމަށް އެކަށީގެންވާ މީހެއް ކަމަކަށް ނުދެކެން. ޤައުމުގެ މައި އެގްޒެމިނޭޝަން ބޯޑެއް ސަރުކާރުން އެކުލަވާލަން އެބަޖެހޭ. މި ބޯޑަކީ އެކަށީގެންވާ އެކަޑަމިކް ބޯޑަކަށް ވާންޖެހޭ. ރާއްޖޭގައި އޯލެވެލް ހަދަނީ އައިޖީސީ އެސްސީ. އޭގެއިންވެސް ގިނަ ކުދިން އެބަހަދާ ކޯ މާއްދާތައް. (ސްކޫލުތަކުން ވާދަވެރިކަމުގެ ތެރެއިން "މޮޅު" ނަތީޖާ ހޯދަން ކުދިންނަށް ކޯ ހެދުމަށް މަޖުބޫރުކުރޭ! ޚާއްސަކޮށް މާލެ، އައްޑޫ ފަދަ ބޮޑެތި ތަންތަނުގައި) ދެން ކުދިން
އަލީގެ މަލީ
15 November 2018
ޙަހަ ވަރަށް ސަލާމް މިނިސްޓަރަށް ހަނދާން ނެތުނީ ކަމަށް ވާނީ އިންތިހާބުގެ ކަންކަމާ ހެދި...
އަބްދުﷲ
15 November 2018
ބޭރަށް ފައިސާ ފޮނުމުގައި މިހާރަކަށްއައިސް ދަތިވަނީ ނިމިދިޔަ ސަރުކާރުން ދެވިރާއްޖެއިން މަނީލޯންޑަރިން ފުޅާދާއިރާގައި ކޮށްފައިވާތީ. މިހާރު އެކަމުގެ މުސީބާތް މިޖެހެނީ ނިކަމެތިންނަށް. ޔާމީނުގެ ނުބާނުލާފާކަން. ހަރާމެއް ހަލާލެއް ބަލާނެ ކަމެއްނެތް އެހެން ނޫންތޯ ޔާމީނު.
ލިން
15 November 2018
ތި ޝަކީބުމެން ތިތަނުން ބޭރުކޮށްފަ ތަންކޮޅެއް ހަލުވި ފޯވާޑަކަށް ތިތަން ހަވާލުކޮށްބަލަ
ބުރޯސް
15 November 2018
ބޮޑަށް ގަބޫލުކުރެވެނީ މިއީ މަނީލޯންޑަރިންގ ހުއްޓުވުމަށް އަޅުގަނޑުމެންގެ ބެންކުން އަޅާ ހަރުދަނާ ފިޔަވަޅުގެ ދަށުވެފައި ތިބި ކުދިންހެން. ޢަދީބުގެ ވެރިކަމުގަ މިހެނެއް ނުވީސް.
ޝިރާ
14 November 2018
ޢެކަކު ދައްކާ ވާހަކަ ގަބޫލު ކުރަންޏާ އަނެކަކު ދައްކާ ވާހަކަ ވެސް ގަބޫލު ކުރަން ޖެހޭ. ތި ކޭސް ގަ ވީގޮތަކީ މައްސަލަ އެނގި އެއަށް އެޓެންޑް ނުވެވެނީސް އަވަސް އަރުވާލައިގެން ޕްރިންސިޕަލް ބެލެނިވެރިން ކައިރީގަ ވެދާނެ ގޮތެކޭ ކިޔާފަ އެހެން ބުނީ. ޙަގީގަތުގައި ލޭޓްއެނޓްރީ ޑެޑްލައިން ވެސް އަދި ހަމަ ނުވޭ.
ވޭސް
15 November 2018
މޮޔަ ނުގޮވާށެވެ. ދިވެހި ދައުލަތުން ޕޭ ކުރާ ކުދިންތަކަށް ލޭޓް އެންޓްރީ ހެދުމަކީ ކަނޑައެޅިގެން ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމެވެ. ޝަކީބު އިސްތިއުފާދިނުން މާތާހިރުވާނެއެވެ.