ފިނޭންސް މިނިސްޓްރީގެ ޕްރެސް ކޮންފަރެންސް
16 ޑިސެމްބަރ 2018 - 21:04
ދައުލަތަށް ލިބޭ އެއްޗަކަށް ވުރެ ރާއްޖޭގެ ހަރަދު ބޮޑުވުން މި އޮތީ އާންމު ކަމަކަށް ވެފަ އެވެ. އެކަން މިދިއަ ހަފުތާގެ މާލީ ހިސާބަށް ބެއްޔަސް އެނގެ އެވެ.
މިދިއަ ހަފުތާގައި ދައުލަތުން 318.1 މިލިއަން ރުފިޔާ ހަރަދުކުރި އިރު އާމްދަނީގެ ގޮތުގައި ލިބުނީ އެންމެ 130 މިލިއަން ރުފިޔާ އެވެ. އެހެންކަމުން ލިބުނު އެއްޗަކަށް ވުރެ މިދިއަ ހަފުތާގައި އެކަނި ވެސް 188 މިލިއަން ރުފިޔާ އިތުރަށް ހޭދަކުރި އެވެ.
ރިކަރެންޓް ހަރަދުގެ ގޮތުގައި މިިދޔަ ހަފްތާގައި ހޭދަކުރީ 228.4 މިލިއަން ރުފިޔާ އެ އެވެ. ކެޕިޓަލް ހަރަދަކީ 89.7 މިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ގިނައީ ޕަބްލިކް ސާވިސް އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށެވެ. އެގޮތުން 69.1 މިލިއަން ރުފިޔާ ހޭދަވީ އޭގެ އެކި މަސައްކަތްތަކަށެވެ.
މިދިޔަ ހަފްތާގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނީ 75 މިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން ގޮތުގައި ލިބުނު އާމްދަނީ އުޅުނީ 52.8 މިލިއަން ރުފިޔާގަ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި މާލީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ ހަފުތާއާ ހަމަޔަށް 23.4 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.
މި އަހަރުގެ ބަޖެޓަކީ 24.8 ބިލިއަން ރުފިޔާ އެވެ.
މުޅި އަހަރަށް ބަލާއިރު މިދިއަ ހަފުތާގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ ހުރީ 20 ބިލިއަން ރުފިޔާގަ އެވެ. އެހެންކަމުން ޑެފިސިޓްގެ މިންވަރަކީ މިހާތަނަށް 3.4 ބިލިއަން ރުފިޔާ އެވެ.
މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 22.4 ބިލިއަން ރުފިޔާ އެވެ.
ދައުލަތުގެ މާލީ ހާލަތު ހަފްތާއަކު އެއް ފަހަރު ހާމަކުރަން އާ ސަރުކާރުން ފެށި އިރު ސަރުކާރުން ނަގާފައިވާ ލޯނުތަކަށް މިހާތަނަށް ދެއްކި އަދަދާއި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ޖަމާކުރި އަދަދަށް މިދިއަ ދެ ހަފްތާގައި ބަދަލެއް ނާދެ އެވެ. ސަރުކާރުގެ ލޯނުތަކަށް މިހާތަނަށް 1.5 ބިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އަދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 1.2 ބިލިއަން ރުފިޔާ ޓްރާންސްފާކޮށްފައިވާ ކަމަށް މާލީ ރިޕޯޓުން ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމް
17 December 2018
" ހަފްތާގެ ހަރަދު 318 މިލިއަން، އެކަމަކު އާމްދަނީއަށް 130 މިލިއަން! " ހަފްތާއެއްގެ ހިސާބުން ކިހިނެއް ދެކޮޅު ޖެހޭވަރު ބަލާނީ ... މީހުންނަށް އޮޅުވާލަން ވެގެން ޖެހި އާޓިކަލް އެއް. މިއަންނަ ހަފްތާގަ ތިއަދަދު އެކޮޅުކޮޅުން ޖެހުމުގެ ފުރުސަތުވެސް އަބައޮތް ...
ހަކީމް
17 December 2018
ނޫނޭ އަޅޭ ލަދުކުޑަ ބަޔެއް ނޫންތަ މީ ... އެއް ކޮޅުން ގިއްކިޔާފަ ނައިބުންނާ ސްޓޭޓް މިނިސްޓަރުން .. އަނެއްކޮޅުން ދެކޮޅު ނުޖެހޭވާހަކަ މިދައްކަނީ ...
އައިޖޭ
17 December 2018
ހަފްތާ ގެ ޙަރދު ތައް ދާނެ ދޯ، ރެވެނިޔު އާންމު ކޮށް މި ލބެނީ މަސް ނިމޭ އިރު މީރާ މެދުވެރިކޮށއ ލިބޭ ޓެކްސް ، އެހެން ކަމުން ފުރަތަމަ 3 ހަފްތާގެ ރެވެނިޔު ދަށަސް ފަހު ހަފްތާގައު ަމތިވަނެ އެއްނު
ސުނިލް
17 December 2018
ދެން ވެރުކަން އަތަށް އެރީމަ އެއްވަރުކުރަންވީނުން. އަގަތެޅީމަވީ ދޯ
އަސްރަފް
17 December 2018
ހަމަ އެއްގޮތަކަށްވެސް ގައުމެއް ހިންގަން އެނގޭ ބަޔެއް ވައްތަރެއް ނުޖަހާ. މީހުން ރުއްސަން ހުރިހާކަމެއް ހިލޭ ކޮށްދޭން ފެށީމަ ވާނީ މިހެން. ޕެންސަން ފަންޑުގަ ހުރިލާރިކޮޅުވެސް އެންމެފަހުން ނެގޭނެހެން ހަދަނީ. ރޭކާލާނީ ކަރަންޓުފީ ދައްކަންވެސް ދައުލަތުގަ ލާރި ފޮއްޗެއް ނޯންނަހިސާބުން. އެހެންވެ މިކިޔަނީ ހަމަ ހުރެފަ ބޭނުންހާ ވައުދެއް ނުވާށޭ
ދީމާހު
17 December 2018
އިގުތިޞާދީ ބޮޑެތި މާހިރުން ދޯ
ހުއްބުލްވަތަން އަސްލު
17 December 2018
ދެންކީއްވެތޯ ނައިބު މިނިސްޓަރުންނާ ސްޓޭޓް މިނިސްޓަރުން ދުވާލަކު ދެއިރު އައްޔަންކުރަނީ؟ ހަރަދު ކުޑަކުރަންތޯ؟ ސިޔާސީ މަގާމުތައް މަދުކޮށް ސިޔާސީ ވެރިންގެ މުސާރަވެސް ކުޑަކުރާންޖެހޭ. މީ ހަމައެކަނި ސިޔާސީވެރިންގެ ގައުމެއްނޫން. އާންމު ސިވިލްސާރވިސް މީހާ ގެޔަށްގެންދަން 7500ރ ސިޔާސީ މީހުން ގެއަށްގެންދަން 30،000ރ. ވަރަށް ސަކަރާތޭ ދަންނަވަންޖެހެނީ. އިހުލާސްތެރިކަން ހުރިއްޔާ ރަނގަޅުކުރެވޭނެ. ވެދުމާ ސަލާމް
ބޯފަންއަބުޅޯ
17 December 2018
ޖުދީސިއާރީ (ޖުޑީސިއަރީ) ގައި މަސައްކަތު މީހާ އަށް އެބަދޭ، ސިވިލްސަރވިސް ގައި ޓީޗަރަކަށް ދޭ މުސާރަ. އަނާރާ ބުނީ އެންމެ ދަށް މުސާރަ 5000 ރުފިޔާ އަށް ކަނޑައަޅަން. ލަދުވެސް ކުޑަ އަންހެނެއް. އެންމެ ދަށް މުސާރަ 8000 ރުފިޔާ އަށްވުރެ ކުޑަވެގެން ނުވާނެ!
އަހުމަދު އިބްރާހިމް
17 December 2018
ހަރަދޭ އާމްދަނީ އޭ ނުކިޔާ..... ވެރިކަމަށް އަންނަން ވެގެން މެނިފެސްޓޯގައި ކަންކަން ހިމެނީ ތިވަރު ބަލާފައެއް ނޫންތ؟ ބައިވަރު ސަބްސިޑީތައް ދީގެން ރައްޔިތުން ރުއްސަނީ ، އަނެއްކޮޅުން ގައުމު ދަރަނީ...
މަޅި
17 December 2018
މުޅި ދައުލަތައް ލިބޭ އާމްދަނީ އާ ޔާންބެ އަށް ލިބޭ އާމްދަނީ އާ އެއްވަރު.... ވަރަށް ފޫހިވާ ފިރިހެނެއް
ްއިހްސާސް
17 December 2018
ތިޔަކަން ރަނގަޅު ކުރުމަށް ސްޓޭޓު އަދި ޑެޕިއުޓީ މިނިސްޓަރުން ގެ މަގާމުތައް އުވާލާ..