ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު (ކ) އަދި އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން. --ފޮޓޯ: ނިޝާން އަލީ/ މިހާރު
20 ޑިސެމްބަރ 2018 - 12:14
އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ރައީސް ބަހުރޭނުގެ ޝެއިޚް ސަލްމާން ބިން އިބްރާހިމް ޚަލީފާއާ ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު އަންނަ ހޮނިހިރު ދުވަހު ލަންޑަނުގައި ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
"މިހާރަ"ށް އިތުބާރުހުރި ގޮތަކަށް ކަށަވަރުވެފައިވާ މިއީ ސީދާ ޝެއިޚް ސަލްމާންގެ އެދުމުގެ މަތިން އަދި އޭނާގެ ދައުވަތަކަށް މަހުލޫފު ލަންޑަނަށް ވަޑައިގެން ބައްދަލުކުރައްވާ ކުރެއްވުމެވެ.
މަހުލޫފު ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އޭއެފްސީގެ އެހީތެރިކަން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރަން ހަމަޖެހިފައިވާ ކަމަށާއި އަދި ސަލްމާން ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަރާތްޕުޅުން ދައުވަތު ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މި ބައްދަލުވުން ހަމަޖެހިގެން މިދިޔައީ، ރާއްޖޭގެ ކްލަބްތަކަށް އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނު މައްސަލަ ބަލަން ކުޅިވަރާ ބެހޭ މިނިސްޓްރީން ކޮމިޓީއެއް ނަގާފައިވަނިކޮށް، އެކަން ހުއްޓާލަން އޭއެފްސީން ނުސީދާކޮށް އިންޒާރެއް ދީފައިވަނިކޮށެވެ.
އެކަމަކު ފަހުން މަހުލޫފު ވިދާޅުވީ "ފެކްޓް ފައިންޑިން ކޮމިޓީން" ބަލަނީ ދައުލަތުން ފުޓްބޯޅައަށް ހަރަދުކުރާ ފައިސާ އަށް ވީގޮތް ކަމަށާއި އެފްއޭއެމް ތެރެއަށް ނުވަންނާނެކަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ވާނީ އަންގާފައި ކަމަށެވެ.
"އޭއެފްސީ/ފީފާ އިން ފަޔަވަޅެއް ނާޅާނެ،" މަހުލޫފު އިއްޔެ ޓްވީޓްކުރެއްވި އެވެ.
އެފްއޭއެމްގެ އެއްވެސް ކަމެއްގެ ތެރެއަށް ތިން ވަނަ ފަރާތަކަށް ނުވަދޭނެ ކަމަށާއި ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ބުނެ އޭއެފްސީން އެފްއޭއެމަށް އެންގީ މިނިސްޓްރީން އެ މައްސަލަ ބަލާތީ އެކަމުގައި ލަފައެއް ހޯދަން އެފްއޭއެމުން އޭއެފްސީގައި އެދުމުންނެވެ. އޭއެފްސީން ފޮނުވި ސިޓީގައި ބުނީ އެފްއޭއެމް އަކީ މިނިވަން، ނޮން ގަވަމެންޓަލް އޯގަނައިޒޭޝަނެއްކަން ސަމާލުކަމަށް ގެންނަ ކަމަށާއި ހުރިހާ މެމްބަރު އެސޯސިއޭޝަނަކުން ވެސް ޒިންމާތައް އަދާކުރަން ޖެހޭނީ ތިން ވަނަ ފަރާތެއްގެ އެއްވެސް ހުރަހެއް ނެތިކަމަށެވެ.
އަދި އެކަންކަމަށް ރިއާޔަތްކޮށް، އޭއެފްސީން ޔަގީންކޮށް މިދެނީ ތިން ވަނަ ފަރާތެއްގެ އެއްވެސް ނުފޫޒެއް އަންނަ އައުން ތަހައްމަލުނުކުރާނެކަން ކަމަށާއި އޭއެފްސީން އަންނަނީ އެފްއޭއެމްގެ ހާލަތު ވަރަށް ގާތުން ބަލަމުން ކަމަށް ބުނެގައިވެ އެވެ.
މިކަން މިހެން ދިމާވި ނަމަވެސް ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި އެފްއޭއެމްއާ ދެމެދު އޮތް ގާތް ގުޅުމަކަށް ހީނަރުކަމެއް ނާންނާނެ ކަމަށް އެފްއޭއެމުން ބުނެ އެވެ.
ރާއްޖެ އަށް އޭއެފްސީ ކަޕުން ފުރުސަތު ގެއްލުނީ ކްލަބްތަކަށް ލައިސަންސް ނުލިބުމުންނެވެ. ލައިސަންސް ހޯދުމަށް ލިޔެކިޔުންތައް އޮންލައިންކޮށް ހުށަހެޅުމަށްޓަކައި ކޮންމެ ކްލަބަކަށް ވެސް އޮންލައިން ޕޯޓަލެއްގެ ލޮގްއިން އޭއެފްސީން އޮންނަނީ ދީފަ އެވެ. އެފްއޭއެމުން ބުނީ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ މުއްދަތުތައް ކްލަބްތަކަށް އެކި ފަހަރު މަތިން ތަކުރާރުކޮށް އެންގުނު ކަމަށާއި އެކަމަކު ކްލަބްތަކުން ސިސްޓަމަށް ލިޔެކިޔުން ހުށަހަޅާފައިނުވާ ކަމަށެވެ.
އެކަމަކު ބައެއް ކްލަބްތަކުން ބުނަނީ އަޕްލޯޑްކުރި ގިނަ ލިޔެކިޔުންތައް ވެސް އެފްއޭއެމުން އެޕްރޫވްކޮށްފައިނުވާ ކަމަށެވެ. އަދި ކްލަބްތަކުން ހުށަނޭޅި ލިޔެކިޔުންތަކުގެ ތެރޭގައި އެފްއޭއެމުން ލިބެން ޖެހޭ ލިޔެކިޔުންތައް ވެސް ހުރި ކަމަށް ކަމަށް ކްލަބްތަކުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަލަޑޭ
20 December 2018
މަހްލޫފް އާއި އަމީން ނޫނީ އަދި މިރާއްޖެއަކަށް މިނިސްޓަރަކު ނުލިބޭ. ހާދަ ވަރަކަށް ހިންގާލައޭ. ދެތިކި ޕީ
ހުސޭން
20 December 2018
މަހޭ ރާޅުއަޅާ ކުދިންނާއި އަދިވެސް އެހެނިހެން ކުޅިވަރު ކުޅޭފަރާތްތަކާ ބައްދަލުކުރިއިރު ފުޓްބޯޅަ ކުލަބް ތަކާ ބައްދަލުކޮށް ދިމާވެފައިވާ ދަތިތައް ބަލާނުލާ ތިދިމާކުރަނީ މިހާރުވެސަް ހާލުގަ ތިބި ކުލަބްތަކުގެ ހަރަކާތް ތަށް ހުއްޓުވަން ކުލަބްތައް އޯޑިޓްކުރަންޏާ އޯޑިޓްފާރމްއަކާ ހަވާލުކޮށްގެން ތިކަން ކުރުން މާރަގަޅުވާނެ.
ރީލޯޑު
20 December 2018
ގަދަކަން ދައްކަން ނޫޅޭ އިނގޭ !!
ޢަހްމަދު
20 December 2018
ތީ އެފްއޭމް ގެ މައްސަލަ..ތީ ވާވެފާވާ ނަތެއް..ތިތާ ތިބި ވެރިންނަކީ ފޭލިއަރުން..ފީފާއިން އެބަޖެހޭ އެފްއޭމްގެ މިހާރު ތިބި ވެރިންނަށް ފިޔަވަޅު އަޅަން.
ނޯކޮމެންޓް
20 December 2018
އަމިއްލަޔައް އެދިގެން ދަނީ ، އޭ އެފް ސީ އިންތިހާބެގަ ރާއްޖެއިން ސައުދީ އައް ސަޕޯޓް ކުރަން ނިންމި ނިންމުން ބަދަލުކުރެވޭތޯ ... ވަރައް ވާހަކަމީ
ޘަރޫ
20 December 2018
މަހޭ އިޒް ދި މޭން