23 ޑިސެމްބަރ 2018 - 09:15
އަބޫދާބީ، ޔޫއޭއީ (ޑިސެމްބަރު 23) - ކްލަބް ވޯލްޑް ކަޕް ފައިނަލުގައި ޔޫއޭއީގެ އަލް އައިން އަތުން 4-1 އިން މޮޅުވެ، ރެއާލް މެޑްރިޑުން ރެކޯޑަކާ އެކު ދުނިޔޭގެ ޗެމްޕިއަންކަން ދިފާއުކޮށްފި އެވެ.
މިއީ ރެއާލުން ޖެހިޖެހިގެން މި މުބާރާތް ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. މި ފަހަރުގެ ތަށްޓާ އެކު ރެއާލުން ވަނީ ބާސެލޯނާ ފަހަތައް ޖައްސާލުމަށް ފަހު މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ރެކޯޑް ގާއިމްކޮށްފަ އެވެ. ދެހާސް ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތް ރެއާލުން ހަތަރު ފަހަރު ކާމިޔާބުކުރިއިރު، ބާސެލޯނާ އިން ވަނީ ތިން ފަހަރު މި ތަށި އުފުލާލައިފަ އެވެ.
ރޭގެ ފައިނަލުގެ 14 ވަނަ މިނިޓްގައި ރެއާލަށް ލީޑުނަގައިދިނީ ދުނިޔޭގެ މޮޅު ކުޅުންތެރިއާ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗް އެވެ. މެޗުގެ 60 ވަނަ މިނިޓްގައި ރެއާލުގެ ދެ ވަނަ ލަނޑު ޖެހީ މާކޯސް ލޮރެންޓޭ އެވެ. މިއީ ރެއާލުގެ ސީނިއާ ޓީމަށް ލޮރެންޓޭ ޖަހައިދިން ފުރަތަމަ ގޯލެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ.
ރެއާލުގެ ތިން ވަނަ ލަނޑު މެޗުގެ 78 ވަނަ މިނިޓްގައި ސާޖިއޯ ރާމޯސް ޖެހިއިރު، އެ ޓީމުގެ ފަހު ގޯލަކީ އިތުރު ވަގުތުގައި އަލް އައިންގެ ނާދިރު މުސްތަފާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން މި ފަހަރުގެ މުބާރާތުގައި ކުޅުނު އަލް އައިންގެ ހަމައެކަނި ލަނޑު ޖެހީ ސުކާސާ ޝިއޮޓާނީ އެވެ.
މި ފަހަރުގެ ކްލަބް ވޯލްޑް ކަޕާ އެކު އެންމެ ބޮޑު ކާމިޔާބެއް ލިބުނީ ރެއާލުގެ ޓޮނީ ކްރޫސް އަށެވެ. އޭނާ ވަނީ އެންމެ ފަހުން ކުޅުނު ހަ ކްލަބް ވޯލްޑް ކަޕްގެ ތެރެއިން ފަސް ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އެންމެ ފުރަތަމަ ބަޔާން މިއުނިކާ އެކު 2013 ވަަނަ އަހަރު ތަށި އުފުލާލުމަށް ފަހު އޭގެ ފަހުން ރެއާލާ އެކު ވަނީ ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެއާލަށް ސެމީ ފައިނަލުގައި ހެޓްރިކެއް ހަދައިދިން ގަރެތު ބޭލް އެވެ.
މިއީ ދާދި ފަހުން ރެއާލުގެ ކޯޗުކަމާ ހަވާލުވި ސަންޓިއާގޯ ސޮލާރީއާ އެކު ރެއާލުން ހޯދި ފުރަތަމަ ކާމިޔާބެވެ. ސޮލާރީ ބުނީ މިއީ ކުޅުންތެރިން ކުރި ބުރަ މަސައްކަތް ކަމަށާއި މީގެ ކްރެޑިޓް ހައްގުވަނީ އެ ކުޅުންތެރިންނަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިއުގެ ފޭނުން
23 December 2018
މަރުހަބާ ޔުއެފާރިޑް
ޗެލްސީ ދިވެހި ފޭނުން
23 December 2018
ފީފާގެ އެހީތެރިކަމާއިއެކު 1 މެޗް ކުޅެގެން އެންމެ މޮޅުކްލަބްގެ މަގާމް ލިބުނު ދުނިޔޭގެ 02 ވަނަ ޓީމް ރެއާލް މެޑްރިޑަށް މަރުހަބާ ކިޔަން.
މުޙަންމަދު
23 December 2018
ދެން ބާސާ އަށް ޗެމްޕިއަން ކަން ލިބުނު ފަހަރު ތަކުގަ 100 މެޗު ކުޅުނުތަ؟
ޜުލް
23 December 2018
ހާދަ ނުދިރެޔޭދޯ
ކުމާރުު
23 December 2018
ކަލޯމެންގެ ރިހަ ޗެލްސީއަށް ކްލަބް ވޯލްޑްކަޕް ކާމިޔާބު ނުކުރެވުމަކީ ރެއާލް މެޑްރިޑްގެ މައްސަލައެއް ނޫން، އަދި ޔުރޮފާ ލީގު ކުޅޭ ޓީމުތަކަށް ކްލަބް ވޯލްޑްކަޕް ނުކުޅެވުމަކީވެސް ރެއާލްގެ މައްސަލައެއް ނޫން، އަދި ރެއާލް މެޑްރިޑާ ހަމައަށް ކަލޯމެންނަށް ދުވަހަކުވެސް ނުދެވޭނެ، ރަޝިޔާ މަހުޖަނު ގޮވައިގެން ޗެލްސީ ދިވެހި ފޭނުން މަހަށް ނައްޓާލާ... ޓާ ޓާ، ބައި ބައި ސީ ޔޫ
ލިވަޕޫލްފޭންސް
23 December 2018
ރެއަލް ފޭނުން ހަވާ އަރުވަން ޖެހޭނެ.ގޭ ދޮށުކަޕެއް ލިބުނީމަ ހަވާ އަރުވައްޗޭ.
ރަދީފް
23 December 2018
މަރުހަބާ ރެއާލް.މަރުހަބާ އަންނި ، ނިއުމާ އަދި ޕުތަރަދީފް.ރެއާލް މިކީމައުސް ކަޕެއް ކާމިޔާބްކުރުން އެއީ މަަމެން އުފާވާކަމެއް.މިމުބާރާތުން ހާމަވަނީ އޭއެފްސީ ކޮންކާކަފް އަދި އޯޝޭނިއާ ފުޓްބޯޅައިގެ ފެންވަރު ސައުތުއެމެރިކަން ފުޓްބޯޅައިގެ ލެވެލްއާ ވަރަށް ތަަފާތުކަން.އަދި މިދެންނެވި ބައްރުތަކާއި ޔޫރަފާއި ހުރި ފަރަގު އުޑާއި ބިމާހާ ތަފާތުކަން.އަދިވެސް ދިވެހި ހުރިހާ ރެއާލް ފޭނުންނަށް ވަރަށް މަރުހަބާ.ސައިކަލް ބުރެއް އޮންނާނެ ދޯ.#ހަލަމެޑްރިޑް #ޕުތަނިއުމާ.
manu manu
23 December 2018
ޖެލަސް މަޗް
ރަންނަމާރިި
23 December 2018
ބާސާ މި މުބާރާތުގެ ތަށި ނެގި އިރު މިއީ މިކީ މައުސް ކަޕެއް ނޫން، ޓޯނީ ކްރޫސް 5ކްލަބް ވޯލްޑްކަޕް ބާސާ 3. ރޯނު އެދުރު ރަދީފު ސަޕޯޓްކުރާ އާސެނަލް އަށް މިކީ މައުސް ކަޕް ކާމިޔާބުކުރެވިފައެއް ނުވޭ، މިހާރު ފެންމައްޗަށް އަރައިގެން އުޅޭ ލިވަޕޫލަށްވެސް ކްލަބް ވޯލްޑްކަޕް ކާމިޔާބު ނުކުރެވޭ، ރަޝިޔާ މަހުޖަނުގެ ރިހަ ޗެލްސީ އަށްވެސް ކްލަބް ވޯލްޑްކަޕް ކާމިޔާބު ނުކުރެވޭ. ދެން ލަލަލާ #ޕުތަރަދީފް، #ރޯނުއެދުރު
ރަންނަމާރިގެ ބަފާ
23 December 2018
ރަންނަމާރިޔަށް. ކަލޭ ކީއްވެތަ ކޮންމެ ފަހަރަކު ކުޅުންތެރިޔެއްގެ ސްޓެޓެއް ދައްކާފައި މެސީޔާ އަޅާ ކިޔަނީ. ދޮންކަލޯ ބުނަން. އަޅުގަނޑު ހިތުގަ އުފެދޭ ސުވާލަކީ މިގޮތަށް ކީއްވެހޭ ރިއަލް ލަލީގާޔާއާއި ޗެމްޕިއަންސް ލީގުގައި ޕާފޯރމް ނުކުރަނީ.