ޚަބަރު / ނެޝަނަލް ޑްރަގް އޭޖެންސީ

މަސްތުން ސަލާމަތްވާން ފަރުވާ ނުފެށި ހާހަކަށް ވުރެ ގިނަ މީހުން ކިއޫގައި

ނޭޝަނަލް ޑްރަގް އެޖެންސީ ހިންގާ އިމާރާތް.---ފޮޓޯ: ނިޝާން އަލީ/މިހާރު

މަސްތުވާތަކެއްޗާ ދުރުވުމަށް ފަރުވާ ހޯދަން ކޯޓުން އަމުރު އައިސްފައިވާ ހާހަކަށް ވުރެ ގިނަ މީހުންނަށް ފަރުވާ ނުފެށި ކިއުގައި އެބަތިބި ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން މިއަދު ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ މިނިސްޓްރީގެ ދަށުން ހިންގާ އެންޑީއޭގެ ސީއީއޯ ހަސަން ޝަހީލް ވިދާޅުވީ އެތަނުގެ ހިދުމަތް ރަނގަޅުކުރުމަށްޓަކައި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކަންތައްތަކެއް ހިމަނާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހިބިލިޓޭޝަން ސެންޓަރުތަކެއް ގާއިމްކުރުން ހިމެނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑްރަގް ކޯޓުން އަމުރު އައިސްފައި ވިޔަސް، ޖާގަ ނެތިގެން 1،118 މީހުން މިހާރު ވެސް ކިއުގައި އެބަތިބި ކަމަށެވެ.

"އެކަން ހައްލުކުރުން އެއީ އަޅުގަނޑުމެން އެންމެ ބޮޑު އެއް އަމާޒު. ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ތިން ސެންޓަރު ގާއިމުކުރީމަ އެއަށް ކޮންމެ ވެސް ވަރެއްގެ ލުއެއް ލިބޭނެ. އެހެން ނަމަވެސް މި ދެންނެވި 1،118 މީހުންނަށް އެއްކޮށް ފަރުވާ ދޭން ފެށޭނެ ވަރެއް އަދި ނުވާނެ،" ޝަހީލް ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއޭގެ ސީއީއޯ ޝަހީލް ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް މާލެ، ހުޅުމާލެ، ހިންމަފުށީ، އައްޑޫ އަދި ފުވައްމުލަކުގައި ހަތް ސެންޓަރެއް ހަދާފައިވެ އެވެ. އެތަންތަނުގެ އިތުރުން ގދ. ތިނަދޫ އާއި ހދ. އަތޮޅުގައި އަދި އައްޑޫގައި ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ސެންޓަރުތަކުން މިހާރު ވެސް 500 އަށްވުރެ ގިނަ މީހުން އަންނަނީ ފަރުވާ ހޯދަމުންނެވެ.

ޝަހީލް ވިދާޅުވީ އެންޑީއޭގެ ސެންޓަރުތަކުން ފަރުވާ ހޯދުމަށްފަހު މުޖުތަމައުއަށް ނިކުންނަ މީހުންގެ 68 ޕަސެންޓަކީ މަސްތުން ސާފުވެފައިވާ މީހުން ކަމަށެވެ. އެމީހުން އެގޮތުގައި ދެމިތިބުމަށް މުޖުތަމައުގެ އެހީތެރިކަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަޒީފާ ބޭނުންވޭ، އުޅޭނެ ރަނގަޅު މާހައުލެއް ބޭނުންވޭ. މުނިފޫހިފިލުވާނެ ކޮންމެ ވެސް ކަހަލަ ކަންތައްތަކެއް ހަމަޖެހިފައި އޮންނަންޖެހޭ. މިކަހަލަ ވަރަށް ގިނަ ކަންތައްތަކެއް އެކުވެގެން އަޅުގަނޑުމެންނަށް ހަގީގަތުގައި މަސްތުން ސާފު މުޖުތަމައުއެއް ބިނާކުރަން ހިންގާ ރިހެބިލިޓޭޝަން ސެންޓަރުގެ ފަރުވާ ކާމިޔާބުވާނީ،" ޝަހީލް ވިދާޅުވި އެވެ.

"އެންޑީއޭގެ އާ އަހަރުގެ އެންމެ ބޮޑު އަމާޒަކީ ފަރުވާ ބޭނުންވާ ހުރިހާ ފަރާތްތަކަށް ލަސްނުކޮށް ފަރުވާ ދެވޭނެ އިންތިޒާމެއް ގާއިމްވެފައި އޮތުން،"

އޭނާ ވިދާޅުވި ގޮތުގައި މަސްތުން ސަލާމަތްވުމަށް އެތަނުން ދޭ ފަރުވާ މުރާޖާކުރުމާއި އެންމެ އެކަށީގެންވާ ރަނގަޅު މުއްދަތެއްގެ ފަރުވާ ކޮންމެ މީހަކަށް ވެސް ދެވޭނެ ގޮތް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

18 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 46%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮޕް

31 December 2018

މުނީރު ސަރ ތިތާ ސީއީއޯ އަކަށް ހުރި އިރު ބެސްޓު.... ސިޔާސީ ބޭނުމަކަށް ބޯޑު މިހުން ބޭނުންވާ ގޮތަށް ކަން ނުކުރީމަ ކަނޑާލިއަކަސް ފަރުވާ ހޯދާ މީހުން އަދި ބެލެނިވެރިން ވެސް ބުނި އަޑު އެހީން އެއީ ވަރަށް ރަނގަޅު ސީއީއޯ އެކޭ...

The name is already taken The name is available. Register?

ކޮމާކޯޅި

31 December 2018

ތީ ތިތާ ބަހައްޓަން ހެޔޮވާވަރު މީހެއް ނޫން ތި އެންޑީއޭގެ ހަލާކު ތިމިޙާ އައިފަހުން އެކަކު ނެރެފި ތިމީހާ އާއި ތިތާ ހުންނަ އައްޔަ ކިޔާމީހާ ނެރޭ.... އޭރުން ބަދަލު ފެންނާނެ..

The name is already taken The name is available. Register?

ޙަމީދު3

31 December 2018

ތީ ކަޑަ މީހެއް ސީއީއޯ ކަންކުރަން . މިދެއަހަރު ބައްދަލްކުރަން 12 ފަހަރަކުނޫންދިއައީކީ އަބަދު ޗުއްޓީގައި ރާއްޖެއިން ބޭރުގައި....މިކަހަލަ ހިދުމަތް ދޭތާކު ވެރިން ގެ ކޮލިޓީއެއް ނެތްތަނެެއް

The name is already taken The name is available. Register?

މަނޫ

31 December 2018

ޢެއްވެސް ސަރުކާރެއްގައި މަސްތުވާއެއްޗެހިން ކުދިން ސަލާމަތް ކުރާކައް އެކަށީގެންވާ މަސައްކަތް ތަކެއް ކުރެވިފައެއްނެތް. މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވެނީކީނޫން. މިއެއްޗެހިބަހާ ގޭންގްތައް ހުއްޓުވެނީކީ ނޫން. ޣެންގޮސް ބަންދުކުރެވެނީ މިއެއްޗެހި ބޭނުންކޮށްގެން ތިބޭ އެންމެ އާދައިގެ ނިކަމެތި މީހާގެ ދަރިން.

The name is already taken The name is available. Register?

ތިމާވެށި

31 December 2018

ސަލާހުއްދީން މިސްކިތް ކުރިމަތީ ހުންނަ އިމާރާތުގެ ބޭރުގައި ނަމާދައްގޮވާ.ނަމާދުކޮށްނިމޭއިރުވެސް ސޮއި ކުރާބަޔަކު ކިޔުގަ ތިބެއެވެ. އެމީހުންނަށް އޮތީ ނަމާދައް ނުދިޔައަސް ގަޑި އަށް ސޮއިކުރުމެވެ. މިސްކިތް ކުރިމަތީއެވެ. އެކުދިންނަށް މިސްކިތައް ދިއުމަށް ދައުވަތު ދެއްވާށެވެ.

The name is already taken The name is available. Register?

މުޖޫ

31 December 2018

ރީހެބްތައް ގިނަކޮށް ފެސިލިޓީސްތައް ވެސް ރަނގަޅު ކުރެވިދާނެ. ޢެކަމަކު މީގައޮތް އެންމެ ރަނގަޅު ދުރުރާސްތާ ވިސްނުމަކީ ޑްރަގް އެތެރެވިޔަ ނުދިނުން. ގޭންގްތައް ނައްތާލުމާއި އެމީހުންގެ ޑްރަގް އާމްދަނީ ހުއްޓުވުން. މިކަންކަން ގުޅިފައިފަނީ އެމްޕީއެލްއާ، ކަސްޓަމާ، ޕޮލިހާ، ކޯޓްތަކާ އަދި ކަނޑުގެ ސަރަޙައްދު ބަލަހައްޓާ ކޯސްޓް ގާޑާ. ރީހެބްތައް ގިނަކޮށް އެތަންތަނުގެ ޚިދުމަތް ރަނގަޅު ކުރުމަކީ ޑްރަގް ބޭނުންކުރާ މީހުންނަށްދެވޭ އިންސެންޓިވްއެއް.

The name is already taken The name is available. Register?

ވަޒީރު

31 December 2018

ޙޫން އިސްލާމީ ޝަރޫއަތުގަ އޮންނަ ގޮތަށް މި ރާއްޖޭގަ ކަން އެކުރަނީ. ދައްކާ ދޯހަޅި ވާހަކަ

The name is already taken The name is available. Register?

ނޭމާ

31 December 2018

ކީއްތޯވާނީ ތިހާގިނަ ކުދިން ކިއުގަ ޖެހިފަ ތިބިއިރު އޭގެ ތެރޭން އަލަށް ކުށުގެ ވެއްޓަށް ވަދެފައިވާ ކުދިންގެ ތެރޭން އެންމެ ކުދި ކުށް ކޮށްފައިވާ ކުދިންނަށް މާފުދީ އެކުދިން މިނިވަން ކޮށްދީ އެކުދިންގެ ޕޮލިސް ރިޕޯޓް ސާފު ކޮށްދިނުން..އޭރަށް އެކުދިން ވަޒީފާޔަށްގޮސް އާހަޔާތެއް ހޯދަން ފުރުސަތުު ލިބުނީ..އޭރަށް އެން ޑީ އޭ އަށްވެސް ވަރަށް ލުއިވީ..އިންސާނުންނަށް ވީތީ ކުށެއް ކުރެވިދާނެ..އެކަމާހެދި އެކުދިން އެވަނީ ވަޒީފާގެ މާހައުލުން ބާކީވެ ބިކަވެފަ ނުންތޯ! އަޅުގަޑުގެ ޙިޔާލް

The name is already taken The name is available. Register?

ޢިސްމާލުބޭ

30 December 2018

މިއީ ސަތޭކަ ޕަސެންޓް މުސްލިމުންނޭ ބުނަން ލަދުވެސް ނުގަނޭނު . 100 ޕަސެންޓް މުސްލިމުގައުމެއްގަ މަސްތުންސަލާމަތް ނުވެވިގެން 1000 މީހުންއުޅެއިރު މިގައުމުގެ ޙާލަތާދޭތެރޭ ބިރެއްނުގަނޭތޯ؟

The name is already taken The name is available. Register?

ފޙހު

30 December 2018

ހީވަނީ މިއީ ސަރުކާރުވް ކޮށްދޭބްޖެހޭ ކަމެއްހެން. އުސްލާމީ ޝަރީއަތާ އެއްގޮތަށް ކަންކުރޭ. އޭރުން ސަލާމަތް އޮތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454