ކައިލީ ރެކޯޑް ހެދި ފޯސްޓްގެ ފޮޓޯއަކާއި ރެކޯޑް ހެދި ބިސް.
14 ޖެނުއަރީ 2019 - 11:24
އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކްސް ލިބުނު ފޮޓޯގެ ރެކޯޑް އޮތް، އެމެރިކާގެ ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެނާގެ ރެކޯޑް ކުކުޅުބިހަކަށް ލިބިއްޖެ އެވެ.
ކައިލީގެ ޖެނާގެ އަލަތު ދަރިފުޅު ފެބްރުއަރީ، 7، 2018 ގައި އުފަންވި ވާހަކަ ހިއްސާ ކުރި އިންސްޓަގްރާމް ޕޯސްޓަށް ރެކޯޑް އަދަދަކަށް ލައިކްސް ލިބުނެވެ އެއީ 18 މިލިއަނެވެ. އެކަމަކު "ވޯލްޑް ރެކޯޑް އެގް" ގެ ނަމުގައި އިންސްޓަގްރާމްގައި ހަދާފައިވާ އެކައުންޓަކުން، ހަމަ އެކަނި ކުރި ޕޯސްޓަށް މިހާރު ވަނީ 23 މިލިއަނަށް ވުރެ ގިނަ ލައިކްސް ލިބިފަ އެވެ.
ކައިލީ ވަނީ އޭނާގެ ރެކޯޑް ބިހަކަށް ލިބުމުން އެކަން ފާހަގަކޮށް، ބިހެއް ވައްޓައި ތަޅާލާ މަންޒަަރު ފެންނަ ވީޑިއޯއެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފަ އެވެ.
18 މިލިއަން ލައިކްސް ލިބުނު ކައިލީގެ ޕޯސްޓް.
ކައިލީ ކަހަލަ ނުފޫޒު ފަދަ މީހެއްގެ ރިކޯޑް އާދައިގެ ކުކުޅު ބިހެއް މުގުރައިލަމުން ބައެއް މީހުން ވަނީ އެކި ކަހަލަ ޝުއޫރުތައް ވެސް ފާޅުކޮށްފަ އެވެ.
މިކަން ގިނަ ބަޔަކަށް ވީ ވަރަށް ހައިރާން ކުރުވަނިވި ކަމަކަށެވެ. ސަބަބަކީ ހަމައެކަނި ފޮޓޯއަކުން ފެންނަން އިން ބިހަކަށް އެތައް މިލިއަން ބަޔަކު ލައިކްކޮށްފައިވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާރން
15 January 2019
އިންސްޓަގްރާމް އަށް ފޮޓޯ ލެވުނީމަ ހީވާކަހަލަ މިމީހުން މިއީ އެންމެ ރީތި މީހުންނޭ! ކުކުޅުބިހަށް ވީވަރުވެސް ނުވި.
މުހައްމާ
14 January 2019
ކުކުޅުބިހަށްވެސް ބަފަޔަކީ ކާކުކަން ނޭނގޭނެ ތޯއްޗެއް. ކައިލީއަށްވެސް ދަރީގެ......!
ނަގިއްޔާ
14 January 2019
މީހަކު ދެން ކަޑަވާނީ މިވަރަށް. މަމީ ކައިލީނަމަ ސެލްފް ސާވިސް ހަދާނީ: އެބަހީ އަމިއްލަ މޫނަށް ބިސްތަޅާނީ.
ކުދުރޭޑިއޯ
14 January 2019
ތިބިސް އެޅި ކުކުޅަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. ދިރާގުގެ ފައިބާރ އިންޓަނެޓް ކަނެކްޝަން ހިލޭ ގުޅާދީ އެސްޓީއީން 55 އިންޗިގެ ސްމާޓް ޓީވީއެއް ހައްގުވާވަރު ކަމެއްތީ.