31 ޖެނުއަރީ 2019 - 15:01
އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިން، ރަޝްފާ އަހުމަދު ކުއްލި ގޮތަކަށް މަރުވި އިރު ބަނޑުގައި އޮތް ދެ ކުދިން ސަލާމަތް ކުރަން މާފުށި ހެލްތު ސެންޓަރުން މަސައްކަތް ކުރި ކަމަށް ހެލްތު މިނިސްޓްރީން، އޭނާގެ އާއިލާއަށް އަންގައިފި އެވެ.
ހެލްތު މިނިސްްޓްރީން އެކަން އެންގީ، ޑިސެމްބަރު 28 ގެ ފަތިހު މަރުވި ރަޝްފާ، 20، ގެ މަރާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކޮށް އޭނާގެ ބައްޕަ އަހުމަދު މުހައްމަދު އެ މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގެ ޖަވާބުގަ އެވެ.
ހެލްތު މިނިސްޓްރީގެ ސިޓީގައި ބުނެފައިވާ ގޮތުގައި މާފުށީ ހެލްތު ސެންޓަރަށް ރަޝްފާ ގެންދިއުމުން އެތަނުން އަމަލުކޮށްފައި ވަނީ އެފަދަ ހާލަތުގައި އަމަލު ކުރަން ޖެހޭ ގޮތަށެެވެ. އަދި ބަނޑުގައި އޮތް ދެ ކުދިން ސަލާމަތްކުރުމުގެ ގޮތުން އައިޖީއެމްއެޗުގެ ގައިނޮކޮލޮޖިސްޓެއްގެ ލަފަޔާ އެކު މާފުށި ހެލްތު ސެންޓަރުން މަސައްކަތްކުރި ކަމަށް ވެސް އެ ސިޓީގައި ވެ އެވެ.
މާފުށީ ހެލްތު ސެންޓަރުން އެ ހާލަތުގައި ގުޅީ، ސިޓީގައި ބުނެފައިވާ ގޮތުން، އެ ވަގުތު އައިޖީއެމްއެޗުގެ އޮން ކޯލްގައި އިން އަންހެނުންގެ ހާއްސަ ޑޮކްޓަރާ އެވެ.
ހެލްތު ސެންޓަރަށް ގެންދިޔަ އިރު ރަޝްފާ މަރުވެފައި އޮތް ކަމެއް ނުވަތަ މަރުވީ ފަރުވާ ދެނިކޮށް ކަމެއް ސިޓީގައި ބުނެފައެއް ނުވެ އެވެ. އެކަމަކު އޭގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާގެ އަނގަޔާއި ނޭފަތުގައި ދަވަ ހެދިފައި ހުރުމުން ދަވަތައް ހެލްތު ސެންޓަރުގެ މުވައްޒަފުން އެ އެއްޗެހި ސާފުކުރި އެވެ. އަދި އޮކްސިޖަން ދޭން ވެސް މަސައްކަތް ކުރި ކަމަށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ސޮއިކުރައްވާ ފޮނުއްވި ސިޓީގައިވެ އެވެ.
ސިޓީގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު މާބަނޑު އަންހެނަކަށް ލިބެން ޖެހޭ ފަރުވާގައި އިހުމާލުތަކެއް ހުރި ކަމަށް ބެލެވޭ ކަންތައްތައް ހިމެނެ އެވެ. އެކަމަކު އެއީ ރަޝްފާ އާއި ފިރިމީހާ ސަމާލުކަން ދޭން ޖެހޭ ކަންކަމެވެ.
- މާބަނޑު ދުވަސްވަރު ގަވައިދުން ޑޮކްޓަރަށް ދައްކާ ދެއްކުމުގައި ހަދާ ޓެސްޓްތައް އެންމެ ފަހުން ހަދާފައި ވަނީ ނިޔާވުމުގެ ދެ މަސް ކުރިން
- ދެ ކުދިންނަށް ބަލިވެ އިންނަ މީހުންނަކީ ހައި ރިސްކް މީހުންނަށް ވާއިރު، ރަޝްފާގެ ފައި އާދަޔާ ހިލާފަށް ދުޅަވެގެން ޑިސެމްބަރު 25 ގައި ހަދަން ދިން ޓެސްޓް، އޭނާ މަރުވި އިރު ވެސް ހަދާފައި ނުވުން
ރަޝްފާގެ ބައްޕަ ޖެނުއަރީ 8 ގައި ހެލްތު މިނިސްޓްރީއަށް ފޮނުވި ސިޓީގައި މައިގަނޑު ހަތަރު ކަންބޮޑުވުމެއް ފާޅުކޮށްފައި ވެ އެވެ. އެއީ:
- ޑިސެމްބަރު 1 ގައި ދެއްކުމުން ރަޝްފާގެ ހުރިހާ ކަމެއް ނޯމަލް ކަމަށް މާފުށި ސިއްހީ މަރުކަޒުން ބުނެފައި ވުން
- ހާލު ދެރަވެގެން އެމްބިއުލާންސް ފޮނުވައިދިނުމަށް އެދުމުން ޑްރައިވަރު ނެތިގެން، ފުލުހުންގެ އެހީއަށް އެދެން ޖެހުމުން ފަރުވާ ލަސްވުން
- ބަލިވެ އިންތިހާ 34 ހަފްތާ ވެފައި އިންދައި ކެއްސުމަށް ދިން ބޭހުގައި ގިނަ ސައިޑް އިފެކްޓްތަކެއް ހުރުން
އެކަމަކު ހެލްތު މިނިސްޓްރީގެ ސިޓީގައި ބުނެފައި ވަނީ ރަޝްފާއަށް ދިން ބޭސް މާބަނޑު ދުވަސްވަރު ވެސް ދެވިދާނެ ކަމަށެވެ.
ފުވައްމުލަކަށް ނިސްބަތްވާ ރަޝްފާ މީގެ އަހަރެއްހާ ދުވަސް ކުރިން މާފުއްޓަށް ދިރިއުޅުން ބަދަލުކުރީ އެރަށު ފިރިހެނަކާ ކައިވެނިކޮށްގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހީމްކަލޯ
31 January 2019
މިކަމަކީ ހަމައެކަނި ހެލްތުސެންޓަރުގެ އިހުމާލު ނޫނީ ހަމައެކަނި ޢާއިލާގެ އިހުމާލު އޮތްކަމެއްކަމުގަ ނުއެއްފެނޭ. މިހެންމިބުނީ ހެލްތު ސެންޓަރުގައި އެކަށީގެންވާ ފަރުވާދެވެން ނެތުން (ބޮޑު އާބާދީއެއް އޮތް ރަށެއްގައި ގައިނީއަކު ނެތުން) އެއީ ސެންޓަރާއި ސަރުކާރުގެ އިހުމާލު، ޤަވާޢިދުން ހަދަންޖެހޭ ޓެސްޓްތައް ނުހަދާ، ކަމެއްދަމެއް ގޯސްވާކަމުގެ އިހުސާސްވާއިރުވެސް އިތުރުފަރުވާ އެހެންދިމާލަކުން ނުހޯދާތިބުން އެއީ ޢާއިލާގެ އިހުމާލު. ދެރަކަމަކީ ދެބައިމީހުން ގާއުކުން
ޖީލް
31 January 2019
މުޅިއަކުން ސެންޓަރުގެ އިހްމާލްއެކޭ ނުވަތަ އެތަން ހުންނަން ޖެހޭ ފެންވަރުގެ ނެތޭ ބުނުގެން ނިންމާލެވޭކަށް ނެތް. ޓްވިންސްއަށް ބަނޑުބޮޑު އިރު އަދި ފައިދުޅަވުން ކަހަލަ މައްސަލަތައް ހުންނަ އިރު ތިއަށް ވުރެން ގިނައިން ޑޮކްޓަރަށް ދައްކާ ބުނާ ޓެސްޓްތައް ގަވައިދުން ހެދުން މުހިންމު. ދެމަފިރިންގެ އަދި ދެފަރާތު އާއިލާގެ އެވެއަރނެސް ދަށްކަމަށް ފެނޭ. އަދި ރަށްރަށުގެ ފެންވަރުގަ ނުވަތަ ނެޝަނަލް ފެންވަރުގަ ތިހިރަ ކަންތައްތައް އެވެއަރ ކޮށްދިނުންވެސް ދަށީ ހަމަ.
ޑޮކްޓަރު
31 January 2019
ދެފައި ދުޅަވެފައި ހުއްޓާ ކީއްވެތޯ ބާއްވައިގެން އިވެލުއޭޓް ނުކުރީ. ދުޅަވެފައި ހުއްޓާ ގްރިލިންކްޓަސް ދިނީ ކީއްވެތޯ؟ ފުއްޕަމޭގައި ފެނުގެ އަސަރު ހުރިތޯ ނެތްތޯ ޔަގީން ކުރިތޯ؟ ފައިދުޅަވުމުން ރީނަލް ފަންކްޝަން ޓެސްޓް ނަހަދާ ފޮނުވާލީ ކީއްވެ؟ ފިސިއޮލޮޖިކަލް އިޑީމާ ކަމަށް ނިންމާފައި ތޯ ފޮނުވާލީ ؟ މީ ޖަވާބު ލިބެންޖެހޭ ސުވާލުތަކެއް
ޑަކްތޫރާ
31 January 2019
ކިޔޭ ނުކިޔޭ އެނގޭބާ..
ޖީލް
31 January 2019
ޑޮކްޓަރ ތިޔަ ސަސްޕެކްޓް ކުރަނީ ހާޓް ފެއިލް ވީ ކަމަށްތޯ؟ މާބަނޑު މީހަކަށް އެހެން ފަސޭހައިން ވެދާނެ ތޯ؟ ވިދާލުވެފަ ހުރި ސިމްޓަމްސް ތަކުން ހީވަނީ އެހެން ، އެހެންވެ ހަމަ އަހާލީ!
މޮޮކު
31 January 2019
ބަލަގަ މޮޔަ ނު ގޮވަބަ
ލެބޯޓަރީ ކުއްޖާ
01 February 2019
ޑޮކްޓަރު ޓެސްޓް ހަދަން ބުނީމަ ދިޔައީ ގެއަށޭ!!
ޑޮކްޓަރު
31 January 2019
މާބަނޑު އިރު ގްރިލިންކްޓަސް ދެވުނަސް އެ ދޭންޖެހޭނީ ވިތް ޕްރިކޯޝަންއާއިއެކު ، އެބޭހަކީ ކެޓެގޮރީ ސީ ގެ ބޭހެއް. އެހެންވީމާ އޭގައި ރިލޭޓިވް ރިސްކް ހިމެނޭ. އެ ނޫނަސް ދެވޭނެ ބޭސް ހުންނާނެ. ވީމާ ބޭސް ދެވިދާނެއޭ ބުނެ ނިންމައެއް ނުލެވޭނެ. ދެވިދާނެ ފިޓްޖެހުމުން ދޭ ބޭސްވެސް. ތިއީކީ ޖަވާބެއް ނޫން
އަޚް
31 January 2019
ހަމަ ޖެހޭ ވާހަކައެއްގެ ނޫން ތީ
ޢަހްމަދު
31 January 2019
ކޮންއިރަކުބާ ތިމީހުން އަތުންކަމެއް ގޯސްކޮށް ހިގީ
ފާތުމަ.
31 January 2019
ބަލަގަ ވެރިކަންބަދަލުވާއިރަށް ހެލްތުސެންޓަރު ހުރީ ރަނގަޅުހާލަތުގައި.ކުރިން މީހުންމަރުވަނީ ސެންޓަރުގެ ހާލަތު ދަށްކަމުން.
ޢަފްލާ
31 January 2019
ޖަވާބު ދާރީ ވާންވީ ވަރައް ނުވެވޭ ކަން ފާހަގަ ކޮއްލެވޭ
ރޯނުއަދުރޭ
31 January 2019
ކޮންމެ ގޮތަކަށް ކަންހިނގާފަ އޮތަސް މި ސަރުކާރުން ޖަވާބުދާރީވާތީ، ކަންކަން ރަނގަޅުކުރުމަށް މަގުފަހިވޭ!
ރޮކެޓް ސައިންސް
31 January 2019
ނޯ ކޮމެންޓް