މޯލްޑިވްސް ކަސްޓަމްސް ސާވިސުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ އަހުމަދު ނޫމާން ވާހަކަދައްކަވަނީ--ފޮޓޯ:މިހާރު
01 ފެބުރުއަރީ 2019 - 13:57
ކަސްޓަމްސްގެ ހިދުމަތްތަކަށް ސިޓީ ހުށަހަޅަންޖެހޭ ޖެހުން ބަދަލުކޮށް ސްޓޭންޑަޑް އެޕްލިކޭޝަން ފޯމެއް ތައާރަފްކުރުމާ ގުޅޭ މަޝްވަރާތައް ފަށައިފި އެވެ.
މި ބައްދަލުވުމުގައި ކަސްޓަމްސްގެ ބްރޯކަރުންނާއި، ޝިޕިންގް އެޖެންޓުންގެ އިތުރުން އެކި ދާއިރާތަކުން ކަސްޓަމްސްގެ ހިދުމަތް ހޯދާ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނޫމާން ވިދާޅުވީ، ވޭތުވެދިޔަ 2018 ވަނަ އަހަރު ކަސްޓަމްސްގެ ހިދުމަތްތަކަށް އެދި 4739 ސިޓީ ހުށަހަޅާފައިވާ ކަމަށެވެ. އަލަށް ތައާރަފުކުރަން ކަނޑައަޅާފައިވާ ސްޓޭންޑަޑް އެޕްލިކޭޝަން ފޯމްގެ ސަބަބުން ހިދުމަތަކަށް އެދުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑުތަން ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ކަސްޓަމްސްގެ މަސައްކަތްތައް ހަރުދަނާކޮށް ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ލުއިފަސޭހަ ކުރުން ކަމަށް ކަސްޓަމްސުން ބުނެ އެވެ. މިއީ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކަސްޓަމްސުން ކުރުމަށް ނިންމާފައިވާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއިޒް
03 February 2019
ބުރޯކަރެއް ނެތި ކަސްޓަމްސްގެ ހިދުމަތް ލިބޭނެ ގޮތެއް ހަދައިދީބަލަ. ބުރޯކަރުން ބޭނުންވާ މީހުންނަށް އެމީހުންގެ ހިދުމަތް ލިބޭގޮތް ހަދާ. ކަސްޓަމްސް އިން ބޮޑު މުސާރަ ނަންގަވައިގެން ބަޔަކަށް ލާރިދޭން ފަސޭހަކޮށްލަން ބުރޯކަރުން ލައިގެން އުޅެނީ. ޕޯސްޓް އޮފީހަށް އެއްޗެއް ގެނެސްގެން ގިނަފަހަރަށް ޑިއުޓީއަށްވުރެން ބޮޑު އެއްޗެއް ޕޯސްޓް އޮފީހަށް ދައްކަން ޖެހޭ ފަހަރުވެސް އެބައާދޭ. މިއީ ވަރަށް ދެރަ ކަމެއް
އިސްމާލި
03 February 2019
ހިދުމަތަށް އެދޭ ފޯމުގަނޑެއް ތައްޔާރު ކުރަންވެސް ތިޔަހާވަރަށް ހަވާ ފަޓާސް ގޮއްވަން ޖެހޭތަ؟ އަހަރެމެންގެ އޮފީސްތަކުގައި ތިއީ ދެ ތިން ޖޫނިއަރ ސްޓާފުން 1 ގަޑިއިރުތެރޭ ކޮށް ނިންމާލާ ކަމެއް.
މިހާރުވެސް!
01 February 2019
މިހާރުވެސް ކަސްޓަމްސް ގެޚިދުމަތް ހޯދަނީ ފޯރމް ހުށަހަޅައިގެން.
ނައިޝާ
01 February 2019
މިއޮއްފަދަ ޒަމާނުގަ ކީއްކުރާ ފޯމެއް... އޮންލައިންކޮއް ކޮމިއުނިކޭޓްކޮއް ކޮރެސްޕޮންޑުކުރާނެ ޕާސަނަލް ޕޯޓަލްއެއް ބެހެއްޓީމަ ނިމުނީ..
ޢަލީ އަދީރް
01 February 2019
މިވެސް 100 ދުވަސްގެ ވައުދެއްތަ؟