ފީއަލީގައި ޑެންގީ ޖެހިގެން ހާލު ދެރަވި ކުއްޖަކު ފަރުވާ އަށް ރޭ މާލެ ގެންނަނީ. --ފޮޓޯ:އެމްއެންޑީއެފް
09 ފެބުރުއަރީ 2019 - 17:16
ފ. ފީއަލީގައި 12 ކުއްޖަކު ޑެންގީ ހުމަށް ޕޮޒިޓިވްވެ އިތުރު ފަރުވާ އަށް މާލެ ގެނެސްފި އެވެ. އަދި ރަށުގައި އާދަޔާ ހިލާފަށް ހުން ފެތުރެމުން ދާތީ ސްކޫލުގެ ކިޔެވުން ވެސް ވަނީ ހަފުތާއަކަށް ބަންދުކޮށްފަ އެވެ.
އެ ރަށު ސިއްހީ މަރުކަޒުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އޮބްޒަވޭޝަނަށް މަރުކަޒުގައި އެއް ކުއްޖަކު ބާއްވާފައިވާއިރު މިއަދު ވެސް އިތުރު ކުއްޖަކު ޑެންގީ ހުމަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު ފާއިތުވި ހަފުތާއެއްގެ ތެރޭގައި ފީއަލިން ޑެންގީ ހުމަށް 14 ކުއްޖަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
ޑެންގީ ހުން ޖެހިގެން އިތުރު ފަރުވާ އަށް ފީއަލީން ރޭ ވަނީ ބައެއް ކުދިން މާލެ ގެނެސްފަ އެވެ. އޭނާ ވިދާޅުވީ ޑެންގީ ހުން ޖެހުނު ކުދިންގެ ތެރެއިން ތިން ކުއްޖަކީ އެ މަރުކަޒުން ލަފާދީގެން މާލެ ގެންދިޔަ ކުދިން ކަމަށެވެ. ބާކީ ތިބި ނުވަ ކުދިންނަކީ އާއިލާ އިން އަމިއްލަ އަށް ބޭނުންވެގެން މާލެ ގެންދިޔަ ކުދިންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ފާއިތުވި ހަފުތާގެ ތެރޭގައި ޑެންގީ ހުން ފެތުރެން ފެށީ އެ ރަށަށް ދިޔަ ބޭރު މީހެއްގެ ފަރާތުންނެވެ.
"ފުރަތަމަ ބޭރު މީހަކަށް ހުން ޖެހުނީ. އޭގެ ފަހުން ފެތުރެން ފެށީ ފާއިތުވި ހަފުތާގެ ތެރޭގައި. މިހާތަނަށް ޑެންގީ ހުން ޖެހިގެން ގިނައިން ރިޕޯޓުކޮށްފައިވަނީ ކުޑަކުދިން،" އާބާދީގައި ގާތްގަނޑަކަށް 1،200 އެއްހާ މީހުން ދިރިއުޅޭ ރަށުގެ ސިއްހީ މަރުކަޒުގެ އޮފިޝަލް ވިދާޅުވި އެވެ.
ޑެންގީ ހުން ކޮންޓްރޯލްކުރަން ފީއަލީގައި މިހާރު ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ފޮގުކުރަން ވަނީ ފަށައިފަ އެވެ. އަދި އެކަމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް އެ ރަށު ސިއްހީ މަރުކަޒުން އަންނަނީ ކުރަމުންނެވެ.
ސްކޫލުގެ އިސް އޮފިޝަލަކު ވިދާޅުވީ ރަށުގައި އާދަޔާ ހިލާފަށް ޑެންގީ ފެތުރޭތީ މާދަމާ އިން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ސްކޫލުގެ ކިޔެވުން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ޑެންގީ ޖެހިފައިވާ ކަމަށް މިހާތަނަށް ރިޕޯޓުކޮށްފައިވާ ކުދިންގެ ތެރޭގައި ވެސް ފީއަލީ ސްކޫލުގެ ދަރިވަރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ
ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ސްކޫލުގައި 275 ދަރިވަރުން އުޅެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭކުބެ
10 February 2019
އެއްވެސް ކަމަކަށް ހައްލެއް ބޭނުންވާ އެއްވެސް ސަރުކާރެއް އަދި ނާދޭ. އާއްމު ބަލިތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ބަލި ފަތުރަނީ މަދިރިން. މަދިރި ނައްތާލުމަށް މަސައްކަތްކުރަން ޚަރަދުކުރުން މާމުހިއްމު ބަލިވީމާ އާސަންދަ ލިބުމަށްވުރެ. ކީއްތޯ ވާނީ ކޮންމެ ރަށަކަށް ސްޕްރޭކުރަން 4 މުއައްޒަފުން ހަމަޖައްސާފަ ހަފުތާއަކު އެއްފަހަރު ސްޕރޭ ކުރަން ޚަރަދު ކުރިއްޔާ. އާސަންދައިން ބޭސް ހިލޭ ދީގެން އެތެރޭ ގުނަވަންތައް ހަލާކު ނުކޮށް. އެފަސާ މަދިރި ނައްތާލަންދިނުން
އާނަ
10 February 2019
ހެލްތް މިނިސްޓްރީގެ ބޭފުޅުންނަށް ގޮވާލަން. ހަފްތާ ބަންދު ދެދުވަހު ސްކޫލްތަކަށް މަދިރި ބޭސްޖަހަން.
ފީއަލީމީހާ
09 February 2019
ޑެންގީއަކީ މަދިރިން ޖެހޭ ބައްޔެއް ހައްލަކީ މަދިރި ކޮންޓްރޮލްކުރުން. ދިވެހިންގެ އޮންނަގޮތަކީ ރައްކާތެރިވުމަށް އެއްވެސް ކަމެއްނުކުރާނެ. ބަލިވީމަ ރާއީސްއާއި މިނިސްޓަރ އަށް ފާޑުކުޔުން ކަމަކީ. ޢަޅެ ތަންކޮޅެއް ތަހުޒީބުވާންވެއްޖެނުން
ބާބާ
09 February 2019
"އޭނާ ވިދާޅުވި ގޮތުގައި ފާއިތުވި ހަފުތާގެ ތެރޭގައި ޑެންގީ ހުން ފެތުރެން ފެށީ އެ ރަށަށް ދިޔަ ބޭރު މީހެއްގެ ފަރާތުންނެވެ." ހެޔުނުވާނެ ޑެންގީޖެހެނީ މަދިރިން. ސިއްހީއޮފިޝަލަށް އެވަރު ނޭގެންޏާ އަތޮޅުތެރޭގަ ދޭ ސިއްޚީ ޚިދުމަތް ހުރި ފެންވަރާ މެދު ކީކޭ ބުނާނީ. ކޮބާ ހެލްތްމިނިސްޓްރީ
ޒިއާ
09 February 2019
ހާދަ މޮޔައޭ.. ޑެންގީ ޖެހިފާވާ މީހެއްގެ ކިބައިންނޭ އެހެން މީހުނަށް ޖެހެނީ..
ތަންދޮރު
09 February 2019
://www.webmd.com/a-to-z-guides/dengue-fever-reference ބްރޯ މިތަން ކިޔާލަންވީނުން އަނގަ ހުޅުވުމުގެ ކުރިން
ނޭގޭދޯ
09 February 2019
ޑެންގީ ބަލި ކެރީކުރަނީ މަދިރި. އެބަލަޖެހިފަ ހުރި މިހެއްގައި މަދިރިހަފައި ޖެހިފައި ނެތްމީހެއް ގައި ހެފުމުން. އާންމުކޮށް ދިވެހިން ދަންނަ ގޮތަށް ގައިގަޔަށް އަރާބައްޔެއްނުން. މަދިރި އިޒު ދަ ވެކްޓަރ.
20000
09 February 2019
ހެލްތު މިނިސްޓްރީ ބަހެއް ވެސް ބުނެ ނުލަނީތަ. ބޮޑު ރަށެއް ކަރަންޓީން ވެގެން އުޅޭ އިރު ، ކޮބާ ގާތުން ވެރިކަން ކުރަން ބުނި މިނިސްޓަރ
ފޮގްކުރާނީ ސިލިނަޑަރު އަޅުވައިގެން
09 February 2019
ޢާއްމު ޞިއްޙަތާމެދު އިޙްމާލު ވަމުން އަންނަތާ އަހަރުތަކެއް މިވަނީ ވެފަ އޭގެ ނަތީޖާ މިފެންނަން ފެށީ އެހެން ގައުމުތަކުގަވެސް ވާރުނަގާތީ މިގައުމުގަ ނަގަނީ އެ ބޭނުން ކުރަންވީ ބަހާތަކެއް ރޮލެއް ނުފިލާ ސަލްޓަންޕާކާ މުޅިމާލެވެސް ކަނޑޫފަލެއްހާ މަދިރިގިނަ ކާނުތައް ގަވައިދުން ސާފުނުކުރާތާ އެތައް އަހަރެއް ނުވޥަރުވީމަ ފޮގު ކުރާނެ އެހެން ދިރުއްތަކަށްވެސް ނުރައްކައުވާ ގޮތަށް މީ އެކަން ކުރަން އޮންނަ ގޮތެއް ނޫން އެކަންކަމުން މާލޭގަ ކޮވެލި ތައް މަރުވީ
ސަލް
09 February 2019
ތިޔަ ހުރިހާ ކުދިންނަށް މާތްﷲ ޝިފާ ދެއްވައި ހެޔޮ ސިއްހަތު އަނބުރާ ދެއްވާށި!
އައްޑާ
09 February 2019
ޑެންގީއަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫނެވެ. މަދިރީގެ ޒަރީޢާއިން ފެތުރޭ ބައްޔެކެވެ. ސްކޫލް ބަންދުކުރިޔަސް ނުކުރިޔަސް އިންފެކްޓް ވެފައިވާ މަދިރިއެއް ހަފައިފިނަމަ، ބަލި ޖެހުމުގެ ފުރުޞަތު އެންމެންނަށް އޮންނާނެއެވެ. މަދިރި އަދި ވައިރަސް ޗެއިން ކަނޑާލައިގެން ނޫނީ އެކަން ނުހުއްޓުވޭނެއެވެ. ވީމާ، މިކަމަށް އަވަސް ފިޔަވަޅެއް އެޗްޕީއޭ އަދި ހެލްތުން އަޅާނެކަމަށް އުއްމީދުކުރަން. ޝުކުރިއްޔާ!