ހުޅުލޭ އެއާޕޯޓުގެ އިމިގްރޭޝަން ކައުންޓަރުން އޮފިސަރަކު ހިދުމަތް ދެނީ: ޔުނިފޯމްގެ މިންގަނޑަށް ތަބާއަވާން މުވަައްޒަފުންނަށް ވަނީ އަންގާފައި
25 އޯގަސްޓް 2016 - 11:26
އިމިގްރޭޝަން ބައެއް މުވައްޒަފުން ތުނބުޅި އާއި ބޯ ދިގުކޮށް، ޔުނިފޯމް މިންގަނޑާ ހިލާފުވާތީ އެކަން ރަނގަޅު ކުރަން އަންގައި، މޯލްޑިވްސް އިމިގްރޭޝަނުން މުހުލަތެއް ދީފި އެވެ.
އިމިގްރޭޝަނުން ނެރުނު ސާކިއުލާއެއްގައި ބުނީ އެތަނުގެ ބައެއް މުވައްޒަފުންގެ ތެރެއިން މަދު މުވައްޒަފުންތަކެއް ޔުނިފޯމްގެ މިންގަނޑާ ހިލާފަށް އުޅެމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އިމިގްރޭޝަންގެ ޔުނިފޯމް އެޅުމުގެ ގަވާއިދު ބުނާ ގޮތުން ފިރިހެން މުވައްޒަފެއްގެ ތުނބުޅި ބަހައްޓަން ޖެހޭނީ ދެ ސެންޓިމީޓަރަށް ވުރެ ދިގުނުވާ ވަރަށެވެ.
އިމިގްރޭޝަނުން ނިންމީ އަންނަ މަހުން ފެށިގެން އިސްތަށިގަނޑާއި ތުނބުޅި އާއި މަތިމަސް އަދި ފަޓުލޫނުގެ ފައިކުރި ޔުނިފޯމްގެ މިންގަނޑަށް ނުހުންނަ މުވައްޒަފުން ފާހަގަކޮށް، މިންގަނޑާ އެއްގޮތަށް ޔުނިފޯމް އަޅަން މުހުލަތެއް ދޭށެވެ.
އިމިގްރޭޝަން މުވައްޒަފުންނަކީ ކޯޑު އޮފް ކޮންޑަކްޓަށް ތަބާވާ ބައެއްގެ ގޮތުގައި ހެދުމުގެ މުހިއްމުކަމާ މެދު އެތަނުގެ އިސް ވެރިން ވަނީ މަޝްވަރާކޮށްފަ އެވެ.
އިމިގްރޭޝަނުން ބުނީ ޔުނިފޯމް އެޅުމުގެ މިންގަނޑާ ހިލާފުވާ މުވައްޒަފުން އެކަން ރަނގަޅުކުރުމަށް ފަހު ފުރަތަމަ ހާޒިރުވާން ޖެހޭނީ އިމިގްރޭޝަންގެ ހެޑް އޮފީހަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެއޭބީ
27 August 2016
ދެން ބަަލަން ތިބެމާ. ދޮންކުދިންނަށް މި އާދެވުނީ ކަންދަހާރަށް ނޫންކަން ހީވާން ފެށީމާ އެވެރިން މިތަނަށް އަންނަލެއް ގިނަކަމުން ހޯހޯ ގޮވަން ޖެހޭނެކަމަށް ފެންނަނީ
އަޙްމަދު
27 August 2016
ޙަޤީގަތަކީ މީހާ ސާފުތާހިރުކޮށް ހުންނަން ޖެހޭކަން. ބޮލުގެ އިސްތަށިގަނޑު ދިގުކުރުމަކީ ސުންނަތެއް. އެކަން ކުރަން ބޭނުންނަމަ ކުރަންވީ. އެކަމު ނަމާދަކީ ފަރުޟެއް. އެކަން ކުރާކަށް ނުޖެހޭބާ؟ އެމެރިކާ މީހުން ތިބޭގޮތަށް ތިބޭށެކޭ ނޫން. އެކަމަކު ތުނބުޅި ބަހައްޓަން ބޭނުންނަމަ އެމަގުވެސް ފަހި ކޮށްދީފަ އެެއޮތީ. ދެން ކޮންމެ މީހަކުވެސް ކޮންމެވެސް އެއްޗެކޭކިޔާ މޮޅުވާހަކައެއް ދެއްކޭތޯ ބަލާނީ. ބަޔަކާއި ކުރިމަތިލާ މުޢާމަލާތް ކުރަންޖެހޭ މުވައްޒަފުން ރީތިކޮށް ހެދުންއަޅާ ސާފުތާހިރުކޮށް ހުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް. މީގެ މާނަޔަކީ މީހުންނާއި ބައްދަލުކުރަން ނުޖެހޭ މީހުން ގޮނޑުކޮށް ތިބޭށެކޭ ނޫން. މީ ޙަޤީްަތް.
ަޭަައޭބީ
27 August 2016
ތުނބުޅި ދިގުވީމާ ސާފުތާހިރު ނުވެވެނީތަ؟ ރީތިކޮށް ހެދުން ނޭޅެނީތަ؟ އަޖައިބެއް
ދޮންދީނި
27 August 2016
ތުބުޅިން ޚިދުމަތްދޭ ބައެއް ދޮތަ.....ލޮލް
ނޯނޭމް
26 August 2016
ކިހާ ދެރަކަމެއް؟ ކޮންމެ މީހަކީވެސް ތަފާތުމީހެއް! އެމީހެއްގެ ތުނބުޅި މަތިމަސް މިއީ އެމީހުންގެ އަމިއްލަ ކަންތަށް ! މަސައްކަތް ބަރާބަރަށް ކޮށް ވަޒީފާއަށް ހުރުމަތްތެރި ވެވޭނީ އެމުއައްޒަފެއްގެ ގޮތުގައި ހުރެގެން! ނޫންނަމަ ސަމާލު ކަމެއް ނުދެވޭނެ އެދެވޭ ގޮތަކަށް. މިއީ ވެސް ގިނަ ޒުވާން ކުދިން ވަޒީފާއާ ދުރުވާ އެއް ސަބަބު. އަޅުގަނޑަކީވެސް ޒުވާނެއް! އަތުގެ އިނގިލިތަށް ވެސް މަދުކުރަން ބުނަން ވީ ނު؟؟
ޔަހުޔާ
26 August 2016
5 ވަގުތު ނަމާދު ނުކުރެވުނަސް ފައިކުރި ކުރުކޮށްފަ ތުނބުޅި ބެހެއްޓޭތޯ ބައެއްމީހުން ބަލަނީ. ދީނުގަ ރުކުންތަކަށްވުރެ ބޮޑަށް މިކަހަލަ ކަންކަމުގަ ހިފާ ދަމާ ޝެއިޚުންވެސް އިންތިހާއަށް ގިނަ. ފައިކުރި ކުރުކޮށް ތުނބުޅިލާފަ އަދި ބޮލުގަ ފަގުޑި އޮޅާފަ ތިބޭ ގިނަ މީހުންގެ ދީނީ ފިކުރު ހުންނަނީ އެހެން މީހުން ބިރުގަންނަވަރަށް ހައްދުފަހަނަ އަޅާފަ. ވީމާ ދިވެހިރާއްޖެއަށް ޒިޔާރަތް ކުރާ މެހެމާނުން ވަންނަ މައިދޮރާށީގައި ހައްދުފަހަނަ އަޅާފައިވާ މީހުންގެ ސިފައިގާ ތިބޭ މީހުންނާއި، ފަތްބޯ ގޭންގް ސްޓާރުންގެ ސިފައިގާ ތިބޭ މީހުން ބޭތިއްބުމަކީ ވަރަށްބޮޑު މައްސަލައެއް. ދީނަކީ މީހާގެ ހިތް. ފާފައަކަށް ނުވާ ކޮންމެ ކަމަކީ ދީނުގެ ކަމެއް. ދީނަކީ ފައިކުރި އާއި ތުނބުޅިއާއި ފަގުޑިއެއްނޫން.
ދޮންދީނި
27 August 2016
ޑޯންޓް ބީ ޖަޖްމެންޓަލް.....
ޓާ
27 August 2016
އެބަހުރި ރަނގަޅަށް އުނގެނިފަ
ޢިސްމާލް
25 August 2016
ޢަންވަރު އަދި އަލްޤީން. މޮޅު ދެވެރިން. ޏަމޫނާ ކުރިއެރުން ގެނެސްދީފި
ޢިސަ
25 August 2016
ޢަންަވަރާ ބެހޭނެ ކަމެއް ނެތް ތީ އޭނަ ހެދި ޤަވައިދެއް ނޫން އޭނަ އިމުގްރޭޝާނަށް ދުވަހަކު ނުލިބޭ ކުރުއެރުން ހޯދަދީފި މުވައްޒަފުންނަށް އެތައް ކަމެއް ކޮށްދީފި އޭނަ ކަޑާލިޔަސް ޢޭނަ ޢަށް އަމިއްލަ ނަސައްކަތް ކޮށްގެން އުޅެވިދާނެ ދެރަ ޥާނީ އިމިގްރޭޝަންގެ މުވައްޒަފުންނަށް އެތަނުގެ ކުރިއެރުން ހުއްޓޫނީ ޢޭރުން
އަފްޤާނިސްތާން
25 August 2016
މިހާރު ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް އެއަރޕޯޓް އިމިގްރޭޝަން ކައުންޓަރާ ހަމައަށް އެރުމުން ހީވާނީ އަފްގާނިސްތާންގެ ކާބުލްއަށް ނުވަތަ ޕާކިސްތާންގެ ވަޒަރިސްތާނަށް އާދެވުނުހެން. މިއީ ހަމަ ބަރާބަރު ނިންމުމެއް. ޝުކްރަން އަންވަރު އަދި އަލްޤީން!
ހިޓްމޭން
25 August 2016
އަންހެނުންގެ ހެދުން ދިގުކުރަން އެނގި ނަމަ މާރީތިވާނެ
ދޮންދީނި
27 August 2016
ހެހެ.... ބޮސްމެންގެ ހިތަށް އުފާވެރިކަން ގެނުވާ ކަންތައް ބަދަލުކުރަން އެންގޭނީ ކިހިނަކުންތޯ؟
ޝަމީމު
25 August 2016
ދިޏައްޓަކާ ގައުމައްޓަކާ ކުރާ މިކަހަލަ އަމުރުތަކައް އެއްޗެއް ބުނާކައް ނެތިން