ސްވިޓްޒަލެންޑު މީހަކު ވަނީ މިއުޒިކުން ޗީޒްގެ ރަހަ ބަދަލުކުރެވޭތޯ މަސައްކަތް ފަށާފައި
18 ފެބުރުއަރީ 2019 - 07:31
ސްވިޓްޒަލެންޑުގައި ޗީޒް އުފައްދާ މީހަކު، އެކި ފާޑުގެ މިއުޒިކުން ޗީޒްގެ ރަހަޔަށް ބަދަލެއް އާދޭތޯ ބަލަން ދިރާސާއެއް ފަށައިފި އެވެ.
ބާން ޔުނިވަސިޓީ އޮފް އާޓްސްއާ ގުޅިގެން ކުރާ މި ދިރާސާގައި، ޗީޒް ހަދާ ތަނުގައި ރޮކް، ޓެކްނޯ، ކްލެޒިކް އަދި ހިޕްހޮޕް މިއުޒިކް ޖަހަ އެވެ. ޗީޒް ހަދާ ތަނުގެ ވެރިޔާ ބީޓް ވެމްފްލާ ބުނީ ޗީޒްގެ ރަހަޔަށް އަސަރުކުރަނީ ވައިގެ ތެތްކަމާއި ފިނިހޫނުމިނާއި ނިއުޓްރިއެންޓްސްގެ ސަބަބުން އެކަނި ނޫން ކަމަށެވެ. އޭނާ ބުނީ މިއުޒިކް ވޭވްތަކުން ވެސް ޗީޒްގެ ރަހަޔަށް އަސަރުކުރާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން މި ދިރާސާ ކުރަމުން އައި ނަމަވެސް، މިއުޒިކްގެ ސަބަބުން ޗީޒްގެ ރަހަ ބަދަލުވާ ކަމުގެ ސައިންޓިފިކް އެއްވެސް ހެއްކެއް މިހާތަނަށް ނުލިބެ އެވެ. އެކަމަކު ވެމްޕްލާ ހުރީ އުންމީދުގަ އެވެ.
"އަހަންނަށް ހީވަނީ އެންމެ މީރުވާނީ ހިޕްހޮޕް ޗީޒްހެން،" އޭނާ އޭއެފްޕީ އަށް ބުންޏެވެ.
މިއީ އަލްޓްރާ ސައުންޑުން ކެމިކަލް ރިއެކްޝަންތަކަށް އަންނަ ބަދަލުތަކާ ބެހޭ، ސޯނޯކެމިސްޓްރީއާ ގުޅުން ހުރި ދިރާސާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy