އަލީ ނިޔާޒުގެ ފައިގައި ޗޭނު ޖެހިކަމުގެ ނިޝާން.
11 މާޗް 2019 - 17:56
ކ. ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ބަލަހައްޓަމުން ދަނިކޮށް މަރުވި މީހާގެ ފައިގައި ހުރީ އޭނާގެ އާއިލާ އިން އެއްސި ޗޭނުގެ ނިޝާން ކަމަށް ޖެންޑާ މިނިސްޓްރީން ރޭ ބުނެފި އެވެ.
ދައުލަތުގެ ބެލުމުގައި ދަށުގައި ހުއްޓާ އަލީ ނިޔާޒު، 42، މިދިޔަ ހޮނިހިރު ދުވަހު މަރުވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް ސްޓްރޯކެއް ޖެހިގެންނެވެ. ޑައުންސިންޑްރޮމް ހުންނަ ނިޔާޒު މިދިޔަ ޑިސެމްބަރު 10 ވަނަ ދުވަހުން ފެށިގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާދީފައިވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވި އޭނާގެ ފޮޓޯތަކުން ގިނަ ބަޔަކު އަަޅައިގަތީ ފައިގައި ހުރި ނިޝާންތަކަށެވެ. އެގޮތުން ވާތު ފައިގެ ތަނބިކައްޓާ ދިމާލުގައި ލަކުނެއްގެ ނިޝާން ފެންނަން ހުއްޓެވެ.
"މިނިސްޓްރީން ބެލިބެލުމުން އެނގުނު ގޮތުގައި އޭނާގެ އާއިލާ އިން ފައިގައި ޗޭނެއް އައްސާފައި އޮތުމުގެ ސަބަބުން، އެ ނިޝާން ހަށިގަނޑުން ވަނީ ފާޅުވެފައި. އަދި އޭނާއާ ގުޅޭ މައްސަލަ މި ދަނީ ކަމާބެހޭ ފަރާތްތަކާ އެކު ބަލަމުން،" ޖެންޑަ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
މިނިސްޓްރީން ބުނިގޮތުގައި އޭނާ ދައުލަތުގެ ބެލުމުގެ ދަށަށް ނެގީ ކަމާބެހޭ ފަރާތްތަކަށް ލިބިފައިވާ ރިޕޯޓާ ގުޅިގެން، އެ ފަރާތްތަކުގެ ލަފައާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެރިބޯ
13 March 2019
ޝިދާތާ ހުރީ ތިމީހާއަށް އިންސާފު ހޯދައިދޭން އެމެރިކާއަށް ގޮސް.
Husen
13 March 2019
ދެން ކީއްވެ ސަރުކާރުގެ ބެލުމުގެ ދަށަށް ދިޔައީ؟!!!
ިިިިިިިިޮަޖ
13 March 2019
ނުބެލުނީމަ
ގޮތްކުޑޭ
12 March 2019
މިނިސްޓަރުކަމަށް އަރާ މީހުން ވެއްޖެ ޖަލްސާތަކުގަ ބުއްދިއޮޅޭ ވާހަކަދެއްކުން ހުއްޓާލާފަ ހާލުގައި އުޅޭ ނިކަމެތިންގެ ހައްގުތައް ހޯދަން!
ވަހީދު
11 March 2019
އާއިލާ މީހަކު ކުރިޔަސް އަދި އެހެންމީހަކު ކުރިކަމަކަށް ވިޔަސް ކަމާއި ބެހޭ މުއައްސަސާުއަށް އެކަން އެނގނީމަ ކީއްވެ މައްސަލަ ނުބެލީ
އައިސްތު
11 March 2019
ހުސް ދޮގު.އަލީ އަކީ 75 އަހަރުންމަތީ މަންމައަކު ވަރަށް ލޯބިން ގެންގުޅުނު ދަރިއެއް މަންމައަށް އެކަނި އޭނަ ރުޅިއައިމަ ފަސޭހައިން މަތަވާނީ. އެކަމަކު މަވެސް އެއްދުވަހު އެސޮރު ރުޅިހަދަާފަ މަގުމަތީ ގަޔަށް ސީލައިގެން އިނީމަ ރީތިކޮށް ނަސޭހަތް ދީފަ މަންމަ ވަރަށް ދެރަވާނެޔޭ އަވަަހަށް ގެއަށް ގޮސް ބަސް އަހައިގެން ރީތިވެލަން ދާށޭ ބުނާއިރަށް ދިޔަ. ފަހުން މަންމަ ބަލިކަމުން އަބަދު އޭނަ ސާފުކުރަމުން ނުގެންގެޅެވޭތީ ފޮނުވާލީ. ގޭމީހުން ނުަހަދާނެ އަނިޔާ ވާ ގޮތެއް
ޯެަލިި
12 March 2019
މާބޮޑަަަަ އިގެނީ ތިބޭފުޅާ އައް
ޗޭނު
11 March 2019
ޗޭނެއް ހަމަ ޖަހާލިޔަސް ތިވަރު ނިޝާނެއް ނުހުންނާނެ ދޯ؟ ހޫނު ޗޭނެއްތަ ޖަހާފައި އެ ހުރީ. ޕިސް ޕިސް. ފުކެއް ބޮޑުވަރު.
އާދަންބެ
11 March 2019
ޗޭނެއް ނެހިޔަސް އެވަރު ނުވާނެ. ވަރަށް ބާރުކޮށް އައްސައިގެން ދުވަސްތަކެއްވީމަ އެހެން ހުންނާނީ. އާއިލާގެ ބަޔަކު އެކަން ކުރި ކަމަށް ވަންޏާ ކީއްވެ އެމައްސަލަ ނުބަލާ ވަޅު ޖަހާލީ.
އަހްމަދު މާހިރު
11 March 2019
ތީ ހަމަ ކަނޑައެޅިގެން ދޮގުވާހަކައެއް އަޅުގަނޑު މީ އޭނައާއި އޭނަގެ އާއިލާ ވަރަށް ރަނގަޅަށް ދަންނަ މީހެއް އޭނަގެ އާއިލާއިން ދުވަހަކު ވެސް ޗޭނެއް ނުޖަހާ އޭނަ އުޅުނީ ވަރަށް މިނިވަން ކޮށް...
އައިސްތު
11 March 2019
ތިބުނުއްވީ ރަނގަޅަށް. ވިލިމަލޭގަ ގިނަދުވަހު ދިރިއުޅުނު މީހަކަށް ވިއްޔާ މިސޮރު އިނގޭނެ. 40 އަހަރު ވެފަ ހުއްޓަސް އުޅުން ހުންނާނީ ކުޑަކުއްޖެއްހެން. މުސްކުޅި މަންމައަކު ބަލިހާލައިގެންވެސް ނުލާހިކު ލޯބިން ގެންގުޅެފަ ހުރީ. ރުޅިއަޔަސް ދުވަހަކުވެސް މީހަކަށް ކަމެއް ނުކުރާނެ.
އަލީ ރާޖާ
11 March 2019
އާއިލާއިން ޗޭނު ނުޖަހާނެ ޗޭނު ޖަހާނީ ކޮންމެ ވެސްމީހަކު ނޫނީ ބަޔަކު. އެމީހުންނަކީ އޭނާއި ތިމާގަ ބަޔަކަސް އިންސާފުގެ ކުރިމައްޗަށް ގެނެސް ތަހުގީގެއް ހިންގައި ކުއްވެރިވާ މީހުންނަށް އަދަބު ދޭނ ޖެހޭނެ.
ތިމާވެށި
11 March 2019
މައްސަލަ ބަލަމުން ދާތީ އިތުރު މައުލޫމާތު ދެވޭކަށް ނެތެވެ. ނިމުނީއެވެ. މިއީ އާއްމު ކޮށް އިވޭ ވާހަކައެކެވެ.
ާެއެބޭ
11 March 2019
ޜާއްޖޭގައިލަދުންމިހާރުއުޅެވޭކކައްނެތެއްނު
ލަދުރަކި
11 March 2019
ދެން ދާންވީނު ރާއްޖެ ނޫން އެހެން ގައުމަކަށް