ދިރާގު
13 މާޗް 2019 - 16:39
ދިރާގުގެ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ކަމަށްވާ ދިރާގު ޕޭ މެދުވެރިކޮށް ކުރާ ކޮންމެ ރީލޯޑަކަށް 20 ޕަސެންޓަށް އިތުރު ކްރެޑިޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި ދިރާގު ޕޭ އެޕާއި ޔޫއެސްއެސްޑީ ބޭނުން ކޮށްގެން ރީލޯޑް ކުރާ ކޮންމެ ޕްރީޕެއިޑް ކަސްޓަމަރަކަށް ވެސް 20 ޕަސެންޓް އިތުރަށް ލިބޭނެ އެވެ.
މި ޕްރޮމޯޝަން މިއަދުން ފެށިގެން ޖޫން 10، ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
ދިރާގު ޕޭ އަކީ 2017 ވަނަ އަހަރު އެ ކުންފުނިން ތައާރަފުކުރި ކޭޝްލެސް ހިދުމަތެކެވެ. ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓުގެ ގިނަ ބަޔަކު އަންނަނީ ބޭނުން ކުރަމުންނެވެ.
ރާއްޖޭގައި ނިއާ ފީލްޑް ކޮމިނިކޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުން ވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ބޮޑު ފަސޭހައެއް އަންނަނީ ލިބެމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމްބްލަރ
13 March 2019
އާކަމެއް ނޫން. އުރީދޫން މިކަންކުރާތާ އެތައް ޒަމާނެއް މިހާރު.
ބޮލައްތުރާ
13 March 2019
ލަދެއް ނުގަނޭތަ ރާއްޖޭގެ އެންމެ ފުޅާ ނެޓްވޯކޭ ކިޔާ އަނގަ ހުޅުވަން.. ޑާޓާ ޕެކޭޖްތައް އެހާ އަގު ބޮޑު އިރު ނެޓް ސްލޯކަމުން އެއްޗެއް ލޯޑް ވަނީކީ ނޫން... ޢަނެއްކޮޅުން ފޯނުގަ 15 ރުފިޔާ އިންދާ ވަތަނިއްޔާ ނަންބަރަކަށް ގުޅައިގެން 8 މިނިޓް ނުވަނީސް އެ ހުސްވީ ކުރެޑިޓް.. ރައްޔިތުން ފެލަން އުޅުނަސް މީ ބޮޑުވަރު...
ހަކީމް
13 March 2019
މަގޭ ބޭންކޭ ކިޔަގެން އުޅޭބަޔަކަށް ހީވާ ކަހަލަ އެމީހުންނަށް އަބަދު މީހުންގެ އެކައުންޓުތަކުގަ ބަގުޑި ބައްދައިގެން ތަޅުއަޅުވައިގެން އަބަދު އުޅެވޭނެ ކަމަށް.
ރަދީފް
13 March 2019
ނޮޓް އިމްޕްރެސްޑް.