ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ފިލިޕީންސްގެ މެންޑިއޯލާ އަތުން ޒުވާން ގައުމީ ޓީމަށް މޮޅެއް

ޒުވާން ގައުމީ ފުޓްބޯޅަ ޓީމު މާލޭގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން،-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސައުދީ އަރަބިއާގައި މި މަހު އޮންނަ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު މިއަދު ފިލިޕީންސްގެ ޕްރިމިއާ ލީގުގެ ޓީމު މެންޑިއޯލާ އެފްސީ އަތުން 2-0 އިން މޮޅުވެއްޖެ އެވެ.

ފިލިޕީންސްގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަމުން އަންނަ ޒުވާން ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ ސްޓެލިއޯންއާ 1-1 އިން އެއްވަރުކޮށްފަ އެވެ. މެންޑިއޯލާ އަތުން މިއަދުގެ މެޗުން މޮޅުވިއިރު، އަދިވެސް އެކުވެރިކަމުގެ މެޗު ކުޅެން ވަނީ ހަމަޖެހިފަ އެވެ.

މެންޑިއޯލާ ވެސް އަންނަނީ މި މަހު ފަހުކޮޅު ފަށަން ތާވަލުކޮށްފައިވާ ފިލިޕީންސް ޕްރިމިއާ ލީގަށް ތައްޔާރުވަމުންނެވެ. އެ ޓީމާ ދެކޮޅަށް މިއަދު ރާއްޖޭގެ ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކިއިރު، ލަނޑުތައް ޖެހީ އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ށ. ފޯކައިދޫގެ ހަސަން ނަޒީމް (ޗޯޓު) އެވެ. ހަންނަ ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ. އަދި ޗޯޓު ޖެހީ ދެ ވަނަ ހާފްގަ އެވެ.

މި މެޗުގައި ރާއްޖޭން ނެރުނު ފުރަތަމަ އެގާރައިގައި ހިމެނެނީ ހަންނަ އާއި ޗޯޓުގެ އިތުރުން ގޯލްކީޕަރު ހުސެން ޝަރީފާއި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އައްޒާމް އަބްދުﷲ (އެޑޫ)، ސައިފުﷲ އިބްރާހިމް، މުހައްމަދު ސާދު ނިޒާރު، އަލީ ޝަމާލް، އިބްރާހިމް އައިޝަމް، ހައިޝަމް ހަސަން، އަބްދުﷲ ޔާމީން (ޔާން) އަދި މުހައްމަދު ޖައިލަމް (އޮގީ) އެވެ.

މެންޑިއޯލާ އަކީ މިދިޔަ ސީޒަނުގައި ފިލިޕީންސް ލީގުގެ ތިން ވަނަ އަށް ދިޔަ ޓީމެވެ. އެ ޓީމުން އަންނަނީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގިނަ އެކުވެރިކަމުގެ މެޗުތަކެއް ކުޅެމުންނެވެ. އަދި ކުރިއަށް އޮތް ސީޒަނުގައި ވާދަކުރުމަށް ޓްރަަޔަލްތަކުން ނެގި ކުޅުންތެރިން ވެސް އެކުވެރިކަމުގެ މެޗުތަކުގައި އަންނަނީ ބައިވެރިކުރަމުންނެވެ.

ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން މާދަމާ ވެސް ޒުވާން ގައުމީ ޓީމު އެކުވެރިކަމުގެ މެޗެއް ކުޅެން ވަނީ ހަމަޖެހިފަ އެވެ.

މި ފަހަރުގެ ކޮލިފައިންގައި ޒުވާން ގައުމީ ޓީމަށް ކޯޗުކޮށްދޭނީ ހެޑް ކޯޗު ޕީޓަ ސެގާޓް އެވެ. އެކަމަކު މި ފަހަރުގެ ޒުވާން ޓީމު ލީޑުކުރުމުގައި އިސްކޮށް އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ހަރަކާތްތެރިވާނެ ކަމަށް ސެގާޓް ވަނީ މީގެ ކުރިން ބުނެފަ އެވެ. އެއީ ޓީމު އެކުލަވާލުމުގައި ވެސް ޝާކިއްޓެ އިސްކޮށް ހަރަކާތްތެރިވެފައިވާތީ އާއި ދިވެހި ކޯޗަކަށް އެންމެ މަތީ ފެންވަރުގެ މެޗުތަކުގައި ފެންވަރު ވަޒަންކޮށްލުމުގެ ފުރުސަތު ވެސް ދިނުމުގެ ގޮތުން ކަމަށް ބުންޏެވެ.

މެލޭޝިއާގައި އޮތް ކޯޗިން ކޮންފަރެންސެއްގައި ފާއިތުވި ދުވަސްތަކުގައި ސެގާޓް ބައިވެރިވުމަށް އެ ގައުމުގައި ހުރިއިރު، ގައުމީ ޓީމުގެ ކޯޗިންގެ ޒިންމާ ނެގީ ޝާކިއްޓެ އެވެ. މިއަދުގެ މެޗުގައި ޓީމަށް އިރުޝާދުދިނުމުގައި ވެސް އިސްކޮށް މަސައްކަތްކުރީ ޝާކިއްޓެ އެވެ.

ތައިލެންޑުގައި އަންނަ އަހަރު އޮންނަ މުބާރާތަށް ކޮލިފައިވުމަށް މި މަހު ފުރަތަމަ މެޗުގައި މި މަހު 22 ވަނަ ދުވަހު ނުކުންނާނީ ސައުދީއާ ދެކޮޅަށެވެ. އޭގެ އެއް ދުވަސް ފަހުން ދެ ވަނަ މެޗުގައި ޔޫއޭއީއާ ދެކޮޅަށް ކުޅޭނެ އެވެ. ފަހު މެޗުގައި ލެބަނަންއާ ބައްދަލުކުރާނީ މި މަހު 24 ވަނަ ދުވަހު އެވެ.

1 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 74%
icon sad icon sad 15%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ްިއިބްރާ

15 March 2019

މަތިޔަ ފުޓުބޯޅަ މަތިން ފޫހިވެއްޖެ. އެކި ޓިމްތކަށް އެކިގޮތަށް އެފް.އޭ.އެމް އިން ކަންތައްކުރާގޮތުން. މިހާރު ނިއު ސަސްޕެންޑް ކުރުމުން ބައްސާމް އަށް އޭނަގެ ވެލެންސިޔާ އަނބުރާ އެއްވަނަ ޑިވިޝަނަށް ގެނެވޭނެކަމުގައިދެކެނީނަންނޭންގެ. މަށަކީ މިހާތަނަށް ރާއްޖޭގެ ފުޓުބޯޅައަސް އަބދުވެސް ސަޕޯޓްކުރާމީހެއް މިހާރު ނިއުވެސް ނެތުމުން މުޅިން ފޫހި ކުރުވައިފި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454