ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ކޮލިފައިންގެ ފައިދާ ކުޅުންތެރިންނަށް ބޮޑު: ގައުމީ ކޯޗު

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ކުޅޭ ރާއްޖޭގެ ޒުވާން ގައުމީ ޓީމަށް މެޗުތަކުގައި އެންމެ ބޭނުންވާ ނަތީޖާ ނުނެރެވުނަސް މެޗުތަކުން ލިބޭ ތަޖުރިބާގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިފިނަމަ ކުރާނެ ފައިދާ ބޮޑުވާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ބުނެފި އެވެ.

ސައުދީ އަރަބިއާގެ ރިޔާދުގައި ކުރިއަށްދާ ކޮލިފައިންގެ ފުރަތަމަ މެޗުން މިދިޔަ ހުކުރު ދުވަހު ސައުދީ އަތުން ރާއްޖެ ބަލިވީ 6-0 އިންނެވެ. ދެ ވަނަ މެޗުން މިދިޔަ އާދިއްތަ ދުވަހުގެރޭ ޔޫއޭއީ އަތުން ބަލިވީ 3-0 އިންނެވެ. ފަހު މެޗުގައި މިރޭ ނުކުންނާނީ ލެބަނަންއާ ދެކޮޅަށެވެ.

މި ފަހަރުގެ ކޮލިފައިންގައި ރާއްޖޭގެ ޒުވާން ޓީމު ލީޑުކުރުމުގެ ޒިންމާ ސެގާޓް ވަނީ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ)އާ ހަވާލުކޮށްފަ އެވެ. އެންމެ ފަހުން ޔޫއޭއީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުނީ މިހާތަނަށް ޝާކިއްޓެގެ ބެލުމުގެ ދަށުގައި ދެ މެޗަށް ބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކޮށްފައިވާ ކަމަށެވެ.

"ރަނގަޅަށް މަސައްކަތްކުރާނަމަ ކުރިއެރުން ހޯދުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ. އަހަރެމެން މިއީ ވަރަށް ކުޑަ ގައުމެއް އެކަމަކު ވަރަށް ހުނަރުވެރި ކުޅުންތެރިން ގިނަ. ރަނގަޅު ޓީމުތަކާ ދެކޮޅަށް ކުޅެ އަހަރެމެންނަށް މިއީ ދަސްކުރަން ރަނގަޅު ފުރުސަތެއް. އަހަރެމެންދާނީ ވަރަށް ގިނަ ތަޖުރިބާތަކެއް ހޯދައިގެން. މީގެ ބޭނުން ހިފާނަން. އެއީ މުސްތަގުބަލު އޮތީ މި ފަދަ ގޮތަކަށް ގޮސްގެން،" ސެގާޓް ބުންޏެވެ.

ގާތްގާތުގައި މެޗުތައް ކުޅެން ޖެހިފައި އޮތުމުން ރާއްޖޭން ފުރަތަމަ ދެ މެޗުގައި ވަނީ ގިނަ ބަދަލުތަކެއް ފުރަތަމަ އެގާރަ އަށް ވެސް ގެނެސްފަ އެވެެ. އޭގެ ބޭނުމަކީ ކޮލިފައިންގައި ހުރިހާ ކުޅުންތެރިންނަށް ވެސް ފުރުސަތު ދިނުމެވެ. ސެގާޓް ބުނީ ފުރަތަމަ މެޗާ އަޅާކިޔާއިރު ދެ ވަނަ މެޗުގައި ރާއްޖޭން ރަނގަޅަށް ކުޅުނު ކަމަށެވެ.

"ސައުދީއާ ދެކޮޅަށް އަހަރެމެން ކުޅުނީ ވަރަށް ބޮޑަށް އެމީހުންނަށް އިހުތިރާމް ކޮށްގެން. ފަހަތަށް ޖެހިގެން އަހަރެމެން ތިބީ. އެކަމަކު ޔޫއޭއީ މެޗުގައި ކުރިއަށް ޖެހިގެން ކުޅެން މަސައްކަތްކުރި. މި ފެންނަ ތަފާތަކީ ފިޒިކަލީ ހުންނަ ތަފާތު. އޭގެ ފައިދާ އިދިކޮޅު ޓީމުތަކުން އެބަނަގާ. އެކަމަކު އަހަރެމެން ވެސް ލިބޭ ފުރުސަތުތަކުގެ ބޭނުންކުރާނަން،" ސެގާޓް ބުންޏެވެ.

މި ފަދަ މުބާރާތްތަކުގައި ރާއްޖެއާ ދެކޮޅަށް ނުކުންނަ ޒުވާން ޓީމުތައް އަންނަނީ އެކުގައި ގިނަ މެޗުތަކެއް ކުޅެފައި ކަމަށާއި އެކަމަކު ރާއްޖެ އަށް ލިބުނީ ހަތަރު ހަފްތާ ކަމަށާއި އެކަމަކު އެ ޝަކުވާ ނުކޮށް އެންމެ ރަނގަޅަށް ކުރެވޭނެ ކަމަކީ މި ކުޅުންތެރިން ރަނގަޅު ލެވެލަކަށް ކުރިއެރުވުން ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެންގެ ޒުވާން ކުޅުންތެރިން ތައްޔާރުކުރަން ކޮށްދޭން ޖެހޭ ކޮންމެ މަސައްކަތެއް ކުރަން ޖެހުނަސް އެ މަސައްކަތްތަކަށް އަހަރެން ތައްޔާރު،" ސެގާޓް ބުންޏެވެ.

އަންނަ އަހަރު ތައިލެންޑްގައި އޮންނަ މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު މިހާރު އޮތީ ދެ ޓީމަކަށެވެ. އެއީ ސައުދީ އަރަބިއާ އާއި ޔޫއޭއީ އެވެ. ރާއްޖެ އާއި ލެބަނަން އަށް ޕޮއިންޓެއް ނުލިބެ އެވެ. މިއަދުގެ މެޗަށް ނުކުންނައިރު ލެބަނަން އަތުން މޮޅެއް ހޯދައި ތިން ޕޮއިންޓާ އެކު ރާއްޖެ އަށް ކޮލިފައިން ނިންމާލެވިއްޖެނަމަ އެއީ ދެވޭނެ ޕޮޒިޓިވް މެސެޖެއް ކަމަށް ސެގާޓް ގަބޫލުކުރެ އެވެ.

ރާއްޖޭން އެންމެ ފަހުން 23 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންގައި ކުޅުނީ މީގެ ހަތަރު އަހަރު ކުރިން 2015 ވަނަ އަހަރުގެ މާޗް މަހުގަ އެވެ. އެ ފަހަރު އޮމާނުގައި ކުރިއަށްދިޔަ ކޮލިފިކޭޝަނުގައި ރާއްޖެ ކުޅުނީ އޮމާނުގެ އިތުރުން އިރާގާއި ލެބަނަން އަދި ބަހްރޭނާ ދެކޮޅަށެވެ. ރާއްޖެ ކޮލިފިކޭޝަން ނިންމާލީ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ވެސް ނުލިބި އެވެ.

ރާއްޖެ އާއި ލެބަނަން ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 7:25 ގަ އެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޓައްޕުސީދި

27 March 2019

ތިޔަ ސަކަރާތް ޖަހާތާ ބައިގަރުނަށްވުރެ އިތުރުވީ އެކަމަކު އަދިވެސް ތަޖުރިބާ ކުރުމުގަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454