29 މާޗް 2019 - 09:28
ބާސެލޯނާ (މާޗް 29) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް މާކަސް ރެޝްފޯޑް ހޯދުމަށް ސްޕެއިނުގެ ބާސެލޯނާ އިން ބޮޑު ހުށަހެޅުމަކަށް ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 21 އަހަރުގެ ރެޝްފޯޑަކީ މި ވަގުތު ޔުނައިޓެޑްގެ އެޓޭކުގައި އެންމެ އިސް ރޯލެއް އަދާކުރަމުން އަންނަ އެއް ކުޅުންތެރިޔާ އެވެ. ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ކުރިމަގަށް ޓީމު ބިނާކުރާއިރު ޔުނައިޓެޑްގެ އެޓޭކުގައި އެންމެ ބޮޑު ހިއްސާއެއް ވާނެ ކުޅުންތެރިޔަކީ ރެޝްފޯޑަށް ވާނެ ކަމާމެދު އެއްވެސް މީހަކު ޝައްކެއް ނުކުރާނެ ކަމަށެވެ.
ލުއިސް ސުއަރޭޒްގެ ބަދަލުގައި ކުރިމަގަށް ފޯވާޑެއް ހޯދުމުގެ މަސައްކަތް ބާސެލޯނާ އިން މިހާރު ފަށާފައިވާއިރު، އެ މަގާމަށް ބާސެލޯނާގެ އެއް ވަަނަ ޓާގެޓަކީ ރެޝްފޯޑް ކަމަށް ސްޕެއިނުގެ މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.
ސްޕެއިނުގެ މުންޑޯ ޑިޕޯޓިވޯ އިން ރިޕޯޓްކުރާ ގޮތުގައި ބާސެލޯނާ އިން މި ވަގުތު ރެޝްފޯޑް ހޯދަން ގެންގުޅެނީ ދެ ވިސްނުމެކެވެ. އެގޮތުން ފުރަތަމަ ވިސްނުމަކީ ރެޝްފޯޑް ހޯދުމަށް 100 މިލިއަން ޔޫރޯ ހުށަހެޅުމެވެ. ދެ ވަނަ ވިސްނުމަކީ ބާސެލޯނާގެ ބްރެޒިލް ދެ ކުޅުންތެރިން ކަމަށްވާ މެލްކޮމް ނޫނީ ފިލިއްޕޭ ކުޓީނިއޯ ތެރެއިން ކުޅުންތެރިޔަކާއި ފައިސާއާ އެކު ރެޝްފޯޑާ ބަދަލުކުރުމެވެ. މި ދެ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިޔަކާ އެކު ދޭނެ ފައިސާގެ އަދަދެއް ކަނޑައަޅާނީ ޔުނައިޓެޑާ އެކު މަޝްވަރާ ކުރުމަށް ފަހު އެވެ.
ލުއީ ވެން ހާލްގެ އިރުޝާދުގެ ދަށުން 2015 ވަނަ އަހަރު ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ފުރުސަތު ހޯދި ރެޝްފޯޑަކީ މި ވަގުތު އެ ޓީމުގެ އިތުރުން އިނގިރޭސި ގައުމީ ޓީމުން އެންމެ ބޮޑަށް ބަރޯސާވެފައި އޮތް އެއް ފޯވާޑެވެ.
ރެޝްފޯޑް ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ ދެ އަހަރެވެ. އެކަމަކު އެ އެއްބަސްވުމުގައިވާ ގޮތުން އިތުރު އެއް އަހަރަށް ރެޝްފޯޑް މަޑުކުރުވުމުގެ އިހުތިޔާރު ޔުނައިޓެޑަށް އޮވެ އެވެ. ޔުނައިޓެޑުން އަންނަނީ ރެޝްފޯޑާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުގައި މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބާސެލޯނާ އާއި ޔުނައިޓެޑް ކުޅޭ މެޗުތަކުގައި ބާސެލޯނާ އިން ރެޝްފޯޑް ސްކައުޓު ކުރާނެ އެވެ. އަދި ރިޕޯޓްތައް ބުނާގޮތުން ފުރުސަތު ލިބިއްޖެނަމަ ރެޝްފޯޑްގެ އޭޖެންޓާ އެކު މަޝްވަރާ ބައްދަލުވުންތައް ކުރިއަށްގެންދިއުމަށް ވެސް ވަނީ ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު..
29 March 2019
ޔުނައިޓެޑްގެ ކޮންޓްރެޓް އާކުރުމުގެ ކުރިން މުސާރަބޮޑުކޮށްލަން، އޭޖެންޓުން ޖައްސާ ޑުރާމާ! ގޮރޯއަޕް.
މަހަށްްދަގަ
29 March 2019
ކޮބާ ރަދީފޫ، ހީވޭ؟ އެއްކަލަ މީޑިއާ ލީގުގެ އޯވަރރޭޓެޑް ޓީމެއްގެ، އޯވަރރޭޓެޑް އިނގިރޭސިވިލާތުގެ އޯވަރޭޓެޑް ފޯވަރޑަށް ތަމެންގެ ބާރސާއިން ޝައުގުވެރިވަނީ ކީއްވެތޭ؟ ރަދީފަށް ދެން ރަޝްފޯޑް ވަރެއް ނޯންނާނޭ..
ހަގީގަތް
29 March 2019
ކަލެޔަށް ތިހުރީ ވަރަށްވެސް ބޮޑަށް އެނގިފައި. ރަޝްފޯރޑް ހޯދާކަށް ބާސާޔަކުން ނޫޅޭ. އަދި ބިޑެއްވެސް ކުރާކަށް ނުވިސްނާ. ބާސާއިން އުޅެނީ ލުކާ ޖޮވިޗް ހޯދަން.
ރަދީފްގެ ލީގަލް ޓީމްް
29 March 2019
ހަގީގަތް/ރަދީފް ތިޔަހެން މިސީޒަނަށް ސަރ ޕެރިސިޗްވެސް އާރސެނަލަށް ގެނައީމެއް ނޫންތޯ؟
ހަގީގަތް
29 March 2019
ރަދީފްގެ ލީގަލް ޓީމަށް. އަހަންނަކީ ރަދީފެއްނޫން. އެކަމަކު ބާސާގެ ޚަބަރުތައް ވަރަށް ގާތުން ބަލަމުންދާ މީހެއް އަހަންނަކީ. ބާސާގެ ބޯޑާ އެންމެ ގާތް ނޫސަްވެރިންގެ ޓްވިޓާ އަދި ބްލޮގްތައް ކޮންމެ ދުވަހަކު އަހަރެން ކިޔަން. ބާސާއިން ރަޝްފޯރޑް ހޯދާކަށް ނޫޅޭ. އަދި މި ޚަބަރު ރިޕޯރޓްކުރީ ޓަޔާ 3 ގެ ސޯސްތަށް ކަމަށްވާ ސްޕޯރޓްސް، އެމްޑީ އަދި އިނގިރޭސި ޑެއިލީ މެއިލް. އާރސެނަލްގެ ކަންތައްތައް ނޭނގުނަސް ބާސާގެ ޚަބަރުތަށް ވަރަށް ރަނގަޅަށް އިނގޭ.