މާލެ: 26 ޖޫން 2017، މި ފިތުރު އީދުގެ އުފަލުގައި ހަބޭސް ބޮޑުބެރު ގުރޫޕުން ބޭއްވި މިއުޒިކް ޝޯގެ ތެރެއިން: މި ޝޯ އަށް ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބުނު--. ފޮޓޯ:ނިޝާން އަލީ/މިހާރު
10 އެޕްރީލް 2019 - 14:25
ރޯދަމަހާ ދިމާކޮށް ހަބޭސް ބޮޑުބެރު ގްރޫޕުން މި އަހަރު ވެސް މަދަހަ އަލްބަމެއް ނެރެން ނިންމައިފި އެވެ. އެ ގްރޫޕުން ވަނީ މިދިޔަ ދެ އަހަރު ވެސް ރޯދަ މަހަށް ހާއްސަކޮށް މަދަހަ އަލްބަމް ނެރެފަ އެވެ.
ހަބޭސް ބޮޑުބެރު ގްރޫޕުން ބުނީ "ހަސްތީ"ގެ ނަމުގައި ނެރޭ އެ އަލްބަމަށް މަދަހަ ކިޔާނީ މާލޭގެ ހަ ސްކޫލެއްގެ ދަރިވަރުން ކަމަށެވެ. މިއީ ވީޑިއޯ މަދަހަ އަލްބަމެއް ކަމަށާއި މީގައި ހަ މަދަހައެއް ހިމެނޭނެ ކަމަށް ހަބޭސް އިން ބުންޏެވެ.
އެ އަލްބަމްގެ ހުރިހާ މަދަހައެއް ވެސް ކިޔާފައި ހުންނާނީ މިއުޒިކާއި ނުލަ އެވެ. ސްކޫލްތަކާ ގުޅިގެން އެ އަލްބަމް ނެރުނަސް މަދަހަތަކުގެ ޅެން ހެދުމާއި ރިކޯޑިން އަދި ހުރިހާ ޓެކްނިކަލް މަސައްކަތެއް ކުރަން ނިންމާފައިވަނީ ހަބޭސް އިންނެވެ. ރޯދަމަސް ފެށުމުގެ ކުރިން އެ އަލްބަމް ނެރެން ވަނީ ނިންމާފަ އެވެ.
"ހަސްތީ"ގައި ވަކިވަކި ކުދިންގެ މަދަހަ އާއި ގްރޫޕް މަދަހަތައް ވެސް ހިމެނޭނެ ކަމަށް އެ ގްރޫޕުން ބުންޏެވެ. ހަބޭސް އިން ބުނީ މި އަހަރު މާލޭގެ ސްކޫލްތަކަށް ފުރުސަތު ދިން ނަމަވެސް އަންނަ އަހަރު އަތޮޅު ތެރޭގެ ސްކޫލްތަކަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
އެ ގްރޫޕުން އެންމެ ފުރަތަމަ މަދަހަ އަލްބަމެއް ނެރުނީ 2017 ވަނަ އަހަރު އެވެ. "ޒަމާން" ނަމުގައި ނެރުނު އެ އަލްބަމަށް މަދަހަ ކިޔާފައިވަނީ ހަބޭސް ގްރޫޕުގެ ވޯކަލިސްޓުންނެވެ. އަދި މިދިޔަ އަހަރު ނެރުނު "މިސްކު" އަލްބަމަށް މަދަހަ ކިޔައިދނީ އެހެން ބޮޑުބެރު ގްރޫޕްތަކުގެ ވޯކަލިސްޓުން ވެސް ބައިވެރިކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނާ ހަން
11 April 2019
މަންމަ މަދަހަ ވަރަށް ރީތި. ޝުކުރިއްޔާ ހަބޭސް
ލިއުޝާ
11 April 2019
ހަބޭސް ތަފާތުވާނެ. މަންޑޭގެ މަދަހައެއް ނެތްތަ މިފަހަރު
ސާއިގާ
11 April 2019
ހަބޭސް ހަބޭސް.
ހަފީޒާ
10 April 2019
އިންޝާﷲ ވަރަށް ފުރިހަމަ ވާނެ ކަމަށް އުއްމީދު ކުރަން
އިސްމާޢީލް ސާކިރު
11 April 2019
ކޮމެންޓް ވެސް ހަޖަމް ނުވާހެން ހީވަނީ. ދެން އަދި މުޅި އަލްބަމް ކިހިނެއް ހަޖަމް ކުރާނީ ޑިސްލައިކު ކުރާ މީހުން. ހަޖަމް ވިޔަސް ނުވިޔަސް އެއީ ހަބޭސް.