ކިއުކަމްބާ އާއި ޕާސްލީ ސްމޫތީން ބަރުފަން ލުއިކޮށް ދޭނެ.
16 މެއި 2019 - 08:28
ރޯދަ އަށް ތިބެފައި، ރޯދަ ވީއްލާ ގޮތަށް މާ ގަދަ އަށް ކާ ނަމަ އެއީ ބަރުދަން އިތުރުވާން މަގުފަހިވާނެ ކަމެކެވެ. ހާއްސަކޮށް ފޮނި އެއްޗިއްސާއި ތެޔޮ ހުންނަ ކާނާ އަށް ބަލަން ވާނެ އެވެ. ކެއުންތައް ތައްޔާރު ކުރުމުގައި ހަކުރާއި ތެޔޮފަދަ އެއްޗިއްސާ ވީހާ ވެސް ބޮޑަށް ދުރުވާން މަސައްކަތް ކުރުމަކީ ކުރެވިދާނެ އެވެ.
ރޯދަ މަހު އެންމެ ބޮޑަށް ގިނަ ބަޔަކަށް ބޭނުން ކުރެވޭ އާންމު އެއްޗަކަށް ވާނީ އެކި ކަހަލަ ބުއިންތަކެވެ. ވަކިން ހާއްސަކޮށް ފޮނިގަދަ ބުއިންތަކެވެ. މިއީ ވެސް ބަރުދަން ކޮންޓްރޯލް ކުރަން ބޭނުން ނަމަ، ވިސްނާލުން މުހިއްމު ކަމެކެވެ.
ރޭގަނޑު ނިދުމުގެ ކުރިން ތައްޔާރުކޮށްލެވޭ ސިއްހަތަށް ވަރަށް ފައިދާ ހުރި ބުއިމަކުން ވެސް ބަރުދަން ލުއިކޮށް ދޭން އެހީއަކަށް ވެދާނެ އެވެ. މިއޮތީ އެފަދަ ބުއިމެކެވެ. މިއަށް ބޭނުންވާ މައިގަނޑު އެއްޗަކީ ކިއުކަމްބާ އާއި ޕާސްލީ އެވެ.
1 ކިއުކަމްބާ (ކުދިކޮށް ކޮށާފައި)
ޕާސްލީކޮޅެއް
ބައިސަމުސާ އިނގުރު
1 ސައިސަމުސާ ލުނބޯ ހުތް
ހުރިހާ އެއްޗެއް ބްލެންޑަރަކަށް އަޅާފައި ރަނގަޅަށް އޮލަވަންދެން ގިރައިލާށެވެ. ބޭނުން ނަމަ އައިސް އަލަމާރީގައި ފިނިކޮށްލައިގެން ވެސް ބޯލެވިދާނެ އެވެ.
ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ރޭގަނޑު ނާސްތާގެ އެއް ގަޑިއިރު ފަހުން މި ސްމޫތީ ބޯން އާދަކޮށްފި ނަމަ ބަރުދަން ލުއިކޮށް ދޭން އެހީވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy