އުރީދޫ މަސް ރޭހުގައި މަހްލޫފު އިންޓަވިއުއެއް ދެއްވަނީ
18 މެއި 2019 - 14:49
ކޮންމެ ރޯދަމަހަކު އުރީދޫން ބާއްވަމުން އަންނަ މަސް ރޭހުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އިއްޔެ ބައިވެރިވެވަޑައިގެންފި އެވެ.
މަހުލޫފް މަހަށް ވަޑައިގަތީ ޔޫތު މިނިސްޓްރީގެ ފަރާތުން ރޭހުގައި ބައިވެރިވާ "ރަސް އައިނު" ޓީމުގަ އެވެ.
އެކަމަކު ސްޓެލްކޯ އާއި ޓޫރިޒަމް ކްލަބް އަދި އަނަންތާރާގެ ޓީމާ ވާދަކޮށް ޔޫތު ޔޫތު އަދި ސްޕޯޓްސް މިނިސްޓްރީއަކަށް މޮޅެއް ނުވެވުނެވެ. އިއްޔެ އެއް ވަނަ ހޯދީ ސްޓެލްކޯ އެވެ.
މި އަހަރުގެ އުރީދޫ މަސް ރޭހުގައި އަންހެން ޓީމްތަކަށް ހާއްސަ ބުރެއް ބާއްވާނެ އެވެ.
މަސްވެރިކަމުގައި ފޯރި ހިއްޕާލާ މި ރޭހުގައި ހަތަރު ބުރެއް އޮވެ އެވެ. ކޮންމެ ބްރަކުން އެއްވަނަ ޓީމު ފައިނަލަށް ދެ އެވެ. ގްރޭންޑް ފިނާލޭ އޮންނާނީ ފިތުރު އީދު ދުވަހު އެވެ. އެ ދުވަހު ބާބަކިއު އާއި ބޮޑުބެރުގެ ހާއްސަ އިވެންޓްތަކެއް ވެސް ކުރިއަށް ގެންދެ އެވެ.
އުރީދޫ މަސް ރޭހުގައި ޔޫތު މިނިސްޓްރީގެ ޓީމު ބައިވެރިވަނީ --ފޮޓޯ:އުރީދޫ
އުރީދޫ މަސް ރޭހުގައި ބައިވެރިވާން މި އަހަރު 23 ޓީމަކުން ކުރިމަތިލި އެވެ. ރޭހަށް ނަގާ 16 ޓީމު ކަނޑައެޅީ ގުރުއަތުލައިގެންނެވެ. މަސް ރޭހުން އެއްވަނަ ޓީމަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރިސް
19 May 2019
ގޮތް ދެއްކެން އުޅޭމިނިސްޓަރ އެއް ތީ
ވެރިން
19 May 2019
އިޝް ތިހާރުވާން އުޅޭ މީހެއް.މިނިސްޓަރުކަމުގެ ހުރެގެން ކުރި އެއްވެސް ކަމެއް އޮތީކީނޫން،މިނިސްޓަރުކަމުން ވަކިކޮށް މަހަށް ދާންށާ ރާޅާ އަޅަން ދޫކޮށްލަން ފެނޭ.
މަރޭމިތުރު
19 May 2019
އުރީދޫ މަސްރޭހުން އުރީދޫ މަހެއް ބޭނިއްޖެތަ؟
އަންްނި
19 May 2019
ކުރާނެ ކަމެއް ނެތިގެން އުޅޭ މިނިސްޓަރުން ތަކެއްބާ؟
އަޙުމަދު
19 May 2019
މިިނިސްޓަރަކަށް ވީމަ ހިތްވިއަސް ކުރަންނުވާނެ ކަންތައްތަކެއް ހުންނާނެ މަޖާކުރަންވާނެ އިންސާނުން ވީމަ ނަމަވެސް ނަންގަވާ ބޮޑެތި މުސާރައާއި ވަޒީރަކަށްވުމުން ލިބޭ ޢިނާޔަތްތަކާމެދު ވެސް ވިސްނާލަން ޖެހޭނެ ކަމަށް ފެންނަނީ މިނިސްޓަރުންނަކީ ވަރަށް ނަމޫނާ ޝަޚުސިއްޔަތު ތަކަކަށް ވާންޖެހޭނެ. މިއީ ދިވެހި މުޖްތަމަޢު މިއަދުވެސް ްަބޫލުކުރާގޮތް.
ހަސަން ނުވަވަނަ
19 May 2019
ވަޒީރުކަމަށްވުރެ ބޮޑަށް ގުޅޭ
އަހުމަދު ސަރިއްޔާ
18 May 2019
ބާރައްހަޅޭލެވީމަ ލިބިގެން އުޅޭމިނިޝްޓަރުކަމެއް ކަމުގެ ޒިއްމާއެއްނެތް
މަރުޖާނު
18 May 2019
ކޮމެންޓް ތައްކިޔާލީމަ ހައިރާންވޭ.. ބަލަ މިނިސްޓަރަކަސް ރައީސް އަކަސް އެއީވެސް އިންސާނުންނޭ.. އާއްމު ރައްޔިތުން އުޅޭހެން ހަމަ އުޅެންވީ.. ރަސްމީ ގަޑީގަ ރަސްމީ މަސައްކަތް ކުރާނީ
ޝާޑު
18 May 2019
އޮފީހަށް ޅަދަރިންގެނަސް ކުޅޭކުޅޭތަކަނަށް ހެދީމާ ކަަޑައެއްނު ބުރޯ.
މަރޮށި
19 May 2019
އާންމު ރައްޔިތަކު އުޅޭ ގޮތައް އުޅުން މަސްއަލަ އެއް ނޫން އެކަމަކު ހިދުމަތެއް ދޭ ކުންފުނި ތަކުގެ އުންގައް ވަޒީރުން ވެއްޓިގަތުން އެއީ ދައް ކަމެއް.
ރަދީފުގެ ކާފަދަރިކަލުން
18 May 2019
މީއެއްގޮތަކަށް މިނިސްޓަރުކަމަށް ކުފޫހަމަވާ މީހެއް ނޫން. މީނަ ކުފޫހަމަވަނީ ކޮންމެވެސް ބޯޓެއްގެ ކެޔޮޅުކަމާ.
ސަމްސު
18 May 2019
މަހޭ އުޅޭގޮތުން މަ ހޭނެތިދާނެއެވެ.