އައްޑޫގައި ބާއްވާ އުރީދޫ ކަލަ ރަންގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި- ފޮޓޯ: ނިޝާން އަލީ/މިހާރު
10 ޖޫން 2019 - 23:36
އުރީދޫން އައްޑޫގައި ބާއްވާ ކަލަ ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި މަހުގެ 28 ވަނަ ދުވަހު ބާއްވާ މި ހަރަކާތުގައި އުމުރުން ހަ އަހަރުން މަތީގެ އެންމެންނަށް ބައިވެރިވެވޭނެ އެވެ. ކަލަ ރަން ގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރަންޖެހޭނީ އުރީދޫގެ އޮންލައިން ޕޯޓަލް http://ore.do/colorrun މެދުވެރި ކޮށެވެ.
ކަލަ ރަން ގައި ބައިވެރިވާ މީހުންނަށް ދެ ކިޓެއް އުރީދޫން ވަނީ ހުށަހަޅައިފަ އެވެ. އެއީ 85ރ. ގެ ސްޓޭންޑާޑް ކިޓަކާއި 150ރ. އަށް ލިބޭ ފަން ކިޓެވެ. ސްޓޭންޑާޑް ކިޓުގައި ކަލަ ރަން ޓީޝާޓު އެކަނި ހިމެނޭއިރު ފަން ކިޓުގައި ޓީޝާޓުގެ އިތުރުން އަތުގައި އަޅާ ބޭންޑަކާއި ބޮލުގައި އަޅާ ތޮފި އަދި ފޮތި ދަބަހެއް ލިބޭނެ އެވެ.
އުރީދޫން އައްޑޫ ކަލަ ރަން ކުރިއަށް ގެންދަނީ ޔޫތު މިނިސްޓްރީއާ ގުޅިގެންނެވެ.
އެ ކުންފުނިން މީގެ ކުރިން ކަލަ ރަން ބާއްވަމުން އައީ މާލެ ސަރަހައްދުގަ އެވެ. ނަމަވެސް މި އަހަރު މުޅިން އަލަށް އައްޑު އަށް ކަލަ ރަން ގެންދިއުމުގެ ބޭނުމަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މީހުން އެ އުފަލުގައި ބައިވެރި ކުރަން ކަމަށް އުރީދޫން ބުނެ އެވެ.
އުރީދޫ ކަލަ ރަން އަކީ ފަސް ކިލޯމީޓަރުގެ ދުވުމެކެވެ. އަދި ކޮންމެ ކިލޯމީޓަރެއް ދުވުމުން އެކަން ފާހަގަކުރުމުގެ ގޮތުން ކުލަ ޖަހާނެ އެވެ.
އުރީދޫން ވަނީ ރާއްޖޭގެ ހުރިހާ ދުވުންތެރިންނަށާއި މި ހަރަކާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ މީހުން ވީހާ ވެސް އަވަހަކަށް ރަޖިސްޓަރީ ކުރުމަށް އިލްތިމާސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމް
11 June 2019
އޫރިދޫ އަދި ދިރާގުވެސް ސަރުކާރަށް އެއްބާރުލުން ދީގެން އިންޓަރނެެޓް ގެ އަގު ހެޔޮކުރުން މާމުހިންމު. އަހަރެން މިހުރީ އަގުހެޔޮ ނުކުރަނީސް އެއްވެސް ބާއްވާ "ރަން" އަކަށް ނުދާން އަޒުމު ކަނޑައަޅައިގެން. ބޮއިކޮޓް .. ހުރިހާ ދިވެހިން މިގޮތަށް ހިފަހައްޓައިފި ނަމަ އެމީހުންވެސް ޖެހޭނީ އަގުހެޔޮ ކުރަން.
ދެސީ
11 June 2019
ސީއެސްއާރް ގެ ދަށުން އުރީދޫއާއި ދިރާގުން މި ބާއްވާ ދުވުމަކީ ބޮޑު އޮޅުވާލުމެއް. ވެންމަސް ވެނައް ކާންދެނީ.
ހަކީމް
11 June 2019
އެއީ ތެދެއް ދިވެހިންނަކީ ހުސް ވެން .. ޖެހިގެން ހުންނަ މީހާގައިގަ ވެސް ދަތްއަޅާކަށް އެއްވެސް ޖެހިލުމެއް ނުވާނެ.
ަަަިިަާއިރެކޭ
11 June 2019
މަބޭނުން ދުވަން