ސިވިލް ސާވިސް މުވައްޒަފުންތަކެއް: ވިހެއުމުން ދޭ ޗުއްޓީއާއެކު ވަގުތީ މުވައްޒަފުން ނަގަން ވަނީ ފަށާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
27 މެއި 2019 - 12:27
ސިވިލް ސާވެންޓުންނަށް ވިހެއުމުން ދޭ ހަ މަހުގެ ޗުއްޓީއާ ހެދި، އެ މުއްދަތަށް ވަގުތީ މުވައްޒަފުން ނެގުމުގެ އުސޫލަށް އިއްޔެއިން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފައިވަނީ ވިހެއުމުން ދޭ ހަ މަސް ދުވަހުގެ ޗުއްޓީގެ މުއްދަތުގައި، ވަގުތީ މުވައްޒަފުން ނަގަނީ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް މެދުނުކެނޑި ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ.
އެ އުސޫލުގައި ބުނެފައިވަނީ، ވިހެއުމުން ޗުއްޓީ ދިނުމުގެ ކުރިން، އެ މުވައްޒަފަކު ވިހާނެ ކަމަށް ލަފާކުރާ ތާރީހުގެ ކުރިން އިތުރު މުވައްޒަފެއް ހޯދުމުގެ އިންތިޒާމުތައް ހަމަޖައްސަން ވާނެ ކަމަށެވެ. މުވައްޒަފުން ބޭނުންވާ މަގާމުގެ ބަދަލުގައި ވަގުތީ މަގާމެއް އުފެއްދުމަށް "ޓެމްޕޮރަރީ ޖޮބް ކްރިއޭޝަން ރިކުއެސްޓް" މެދުވެރިކޮށް ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ނުވަތަ ޒިންމާދާރު އިސްވެރިޔާގެ ހުއްދައާ އެކު ފޮނުވަންވާނެ ކަމަށް ބުންޏެވެ.
ޗުއްޓީ ދޭ މުވައްޒަފުގެ މަސައްކަތްތަކަކީ އެ ޑިވިޝަން/ސެކްޝަން ނުވަތަ ޔުނިޓް މުވައްޒަފުންގެ މެދުގައި ބަހާލައިގެން ކުރެވިދާނެ މަސައްކަތެއްތޯ ނުވަތަ އެހެން ޑިވިޝަންތަކަށް ބަހާލައިގެން ކުރިއަށްގެންދެވިދާނެ މަސައްކަތެއްތޯ ވެސް ކަނޑައަޅަންޖެހެ އެވެ.
އެ މުއްދަތަށް މީހުން ނަގާނީ ވިހާ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމާއެކު، އެހެން މުވައްޒަފެއްގެ ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ މުއްދަތަށް، ވަގުތީ އެ މުވައްޒަފު އައްޔަންކުރެވޭނީ އަލުން އިއުލާނުކޮށް އާ އެއްބަސްވުމެއްގެ ދަށުންނެވެ.
ވިހެއުމުން މުސާރައާއެކު ލިބޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފައިވަނީ މާޗު، 7، 2019ގަ އެވެ. އޭގެ ކުރިން ލިބެނީ ތިން މަސް ދުވަހުގެ ޗުއްޓީ އެވެ.
ސިވިލް ސާވިސްގައި މިހާރު 13،000 އަށް ވުރެ ގިނަ އަންހެނުން މަސައްކަތް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥެލި
29 May 2019
ހަރަދު ކުޑަކުރަނީއޯ
މޮޔައިންގެރާއްޖެ!
28 May 2019
މި މީހުން ވެއްޖެއްނު ވިހަން ގޭގައި ބައިތިއްބަން! ފިރިން ކާއެއްޗެހި ހޯދައިގެން ގެންގޮސް ކާންދޭނެވިއްޔާ!
ވެރިކަމަށް އައި ހޮޅިވައުދު
28 May 2019
6 މަހުގެ ޗުއްޓީ މަންމައަށް. ހަމަ އެއާއި އެކު 1 މަހުގެ ޗުއްޓީއެއް ބައްޕައަށް، ޖެހިގެން އަންނަ މަހު ބައްޕަ ނަގާނެ އަހަރީ ޗުއްޓީ ސަލާމާއި، އެފްއާރާއި އޭތީ މީއްޗަށް އަނެެއް މަސް. ބަލަމާ މަންމައާއި ބައްޕަ އަކީ ރަށުގައި ތިބި ހަމައެކަނި ފިޒިކްސް 2 މުދައްރިސުން ކަމަށް. މިޙާލަތުގައި ކިހިތްބާ ހަދާނީ. އެމީހުން ވަޒީފާއަށް ނެރޭނީތަ؟ ސްކޫލުގެ ކިޔެވުން އެއަހަރަށް ބަންދު ކުރާނީތަ؟ ބިދޭސީ ޓީޗަރެއް 6 މަހަށް ގެންނާނީތަ؟
ވަހީދު
28 May 2019
6 މަސްފަހުން ވަޒީފާއަށް ނުކުންނައިރު މަޤާމެއް ނޯންނާނެ. މީ ނުކުންނާނެ މައްސަލަތަކެެއް.
ހަމަހަމަ
27 May 2019
މަސައްކަތް އެހެން މުއައްޒަފުންންށް ބެހެންޔާ ޗުއްޓީ އަށް ދާ މީހާގެ މުސާރަ ވެސް ބެހެން ޖެހޭނެ. ވަރުގަދަ ކަމެކޭ ދޯ މި ލައިގަތީ
މިއަދު
27 May 2019
އޮފީހުގައި މަސައްކަތްކުރާމުއައްޒަފުންނަށް އިތުރުއިނާޔަތްދީގެން ތިތަން ފޫބައްދަން މަސައްކަތްކޮށްފިއްޔަމާރަގަޅުވާނެ
ރިނީ
27 May 2019
ތީހަމަ ވަރަށް ރަނގަޅު ކަމެއް.
ރާއްޖެ
27 May 2019
ދިވެހި ސިވިލް ސަރވިސްގެ ޕަރފޯމަންސް އޯޑިޓެއް ހެދީ ކޮން ދުވަހަކުތޯ؟ އަހަންނަށް ހީވަނީ އޮފީސްތަކުގެ ގިނަ މުވައްޒަފުން އުޅެނީ ރަސްމީ ގަޑީގައި ކުރާނެ މަސައްކަތެއް ނެތި (އަދި ހުއްޓަސް) ބޭރުގައި ހެން. އޮފީސް ތެރޭގައި ގިނައިން ފޭސްބޫކް ނުވަތަ އޮންލައިންގަ. އޮފީހަކަށްް ގުޅައިފިއްޔާ ފޯނެއް ނުނަގާ، ކަމާ ގުޅޭ މުވައްޒަފަކާ ބައްދަލެއް ނުވޭ.
އަލީގ
27 May 2019
ތީ އެއްގޮތަކައްވެސް ކުރަންޖެހޭކަމެއްނޫން. ސިވިލްސާވިސްގަ މަސައްކަތްކުރާ ގިނަ މުއައްޒަފުންނަކީ ކަނޑައެޅިފަ އޮންނަވަގުތުގެ 50%އައްވާވަރައްވެސް ކުރާނެ މަސައްކަތެއް ނުހުންނަމީހުން އެހެންވެ ބައެއްމީހުންނައް މިގޮތައް ޗުއްޓީދޭންޖެހުނަސް ދެންތިބިމީހުންނައް އިތުރުވާ މަސައްކަތް ކުރެވެންޖެހޭނެ. މިހެންބުންޏަސް ބައެއްތަންތަންހުރޭ ވަރައްބުރަބޮޑުކޮއްވެސް އެތަންތަނައް އިތުރު އެހީތެރިކަންބޭނުންވާނެ.
އަލީމުނީރު
27 May 2019
ބަލަ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކުރާކަމެއް އެޕްރެންޝިޕަށް ކުދިން ނެގުން، ސަރުކާރު އަދި ސަރުކާރުގެ ކުންފުނިތަކަށް ކޮލެޖު ޔުނިވަސިޓީގައި ކިޔަވާކުދިން ނަގަންވީ، އެއިރުން އެކުދިން ރަނގަޅަށް ޕާމޯމަންސް ކުރީމަ ދާއިމީ ވަޒީފާދޭނީ އެއިރުން ހުންނާނީ ތަޖްރިބާވެސް ލިބިފައި، ވިހެއުމުން 6 މަސްދިނީ އެއީ ވޯޓް ހޯދަން ވިއްކި ދައުލަތުގެ ފައިސާގަނޑެއް، އެފަދަ ކިތަންމެކަމެއް ކޮންމެ ސަރުކާރަކުން އެބަކުރޭ
ޕިކްސް
27 May 2019
ހުރިހާ ކުދިން ކިޔަވަނީ މާލޭގަ އެކަމަކު ގިނަ އޮފީސްތައް ހުރީ އޮތޮޅުތެރޭގަ.