"ކުއިޓް. ރައިޑް. ލިވް ހެލްތީ" ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: މިހާރު
31 މެއި 2019 - 20:36
ސިނގިރޭޓު ބުއިން ހުއްޓާލާ މީހުންނަށް ބައިސްކަލެއް ދޭ ޕްރޮގްރާމެއް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބައިކް މޯލްޑިވްސް އަދި ސިސޭޝަން ކްލިނިކްތަކުން ގުޅިގެން މިއަދު ފަށައިފި އެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހާ ގުޅިގެން ފެށި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.
މި ޕްރޮގްރާމުގެ ދަށުން ދޭ ފުރަތަމަ ބައިސްކަލް ހަވާލުކުރީ ސިނގިރޭޓް ބުއިން ހުއްޓާލާފައިވާ އަހްމަދު ރަޝީދަށް ބޮޑުބޭބެ ކިޔާ 12 އަހަރުގެ އަހުމަދު ފަޒީލަށެވެ. އަހްމަދު ރަޝީދު ސިނގިރޭޓް ބުއިން ހުއްޓާލިތާ މިހާރު ހަތަރު މަސް ވެއްޖެ އެވެ.
ސިނގިރޭޓް ބުއިމުން އެ މީހަކާއި ވަށައިގެން އުޅޭ މީހުންނަށް ގެއްލުންވުމުގެ އިތުރުން ތިމާވެއްޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މިހާ ގެއްލުން ހުރި ކަމަކުން ދުރަށް ދިއުމަކީ މުހިއްމު ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ކުއިޓް. ރައިޑް. ލިވް ހެލްތީ" ގެ ނަމުގައި ފެށި މި ޕްރޮގްރާމުގެ ދަށުން ބައިސްކަލެއް ލިބޭނީ ސިނގިރޭޓް ބުއިން ހުއްޓާލަން އެހީތެރިވާ ސިސޭޝަން ކްލިނިކްތަކުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. ސިނގިރޭޓް ބުއިން ހުއްޓާލާތާ ތިން މަސް ފަހުން އެ މީހެއްގެ ތިމާގެ ކުއްޖަކަށް ބައިސްކަލެއް ހަވާލުކުރާނެ އެވެ. ނަމަވެސް އެ ބައިސްކަލެއް މިލްކް ވާނީ އެ މީހަކު ސިނގިރޭޓް ބުއިން ހުއްޓާލާތާ އަހަރެއް ވުމުންނެވެ.
ކެންސާ ސޮސައިޓީގެ ޕްރޮގްރާމް ޑިރެކްޓާ އިބްރާހިމް ހާއިލް "މިހާރު" އަށް ވިދާޅުވީ ސިސޭޝަން ކްލިނިކް މެދުވެރިކޮށް ކާމިޔާބުކަމާ އެކީ ސިނގިރޭޓް ބުއިން ހުއްޓާލާ ކޮންމެ މީހެއްގެ ތިމާގެ ކުއްޖަކަށް ބައިސްކަލެއް ދޭން ނިންމާފައިވާ ކަމަށެވެ. އަދި އެތަނުން މި ޕްރޮގްރާމް ކުރިއަށް ގެންދަން ވިސްނާ ކަމަށް ވެސް ވިދާޅުވި އެވެ.
އައިޖީއެމްއެޗްގައި ހުންނަ ކްލިނިކް ހެނދުނު 9:00 މެންދުރު 3:00 އަށް ހުޅުވާފައި ހުންނަ އިރު، ދަމަނަވެށިން މި ހިދުމަތްތައް ލިބޭނީ ހެނދުނު 8:00 އިން މެންދުރު 1:30 އާ ހަމައަށެވެ. އޭޑީކޭގައި ހުންނަ ސިސޭޝަން ކްލިނިކްގެ ހިދުމަތް ލިބޭނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 1:00 އާ ހަމަައަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޭމް
03 June 2019
ދުވަހަކުވެސް ނުބޯމީހުންނައް؟؟ ކީއްކުރާ ބައިސްކަލެއް އެތެރެ ކުރުން ހުއްޓާލަބަލަ!!!
ާއަޙްމެޑް
03 June 2019
ދެން ނުބޯ މީހުން؟
ކިކޭ ބުނާނި
02 June 2019
ކިޔަވައިގެން ތިބޭ ހެޔޮ ވިސްނޭ މީހުންވެސް އެންމެ އާންމުކޮށް ކުރާކަމެއްތީ. އެކަމަކު އެފެންވަރުގެ މީހުންވެސް މިޖެހެނީ ކުޑަކުއްޖެއް ހައްދާލާހެން ހައްދަން. ކީކޭބުނާނި.
ޢަހޫ
02 June 2019
ފްލެޓެއް ދޭންބުނެބަލަ
ވެރިން
01 June 2019
މީހުން ގުބޯ ހެއްދުން ހުއްޓާލާފަ ހަގީގަތުވެސް ސިގްރެޓުން މިގައުމު ސލާމަތް ކުރަން އުޅެމާ.މިހާރު ސަރުކާރުން ތިޖަހަނީ ސަކަރާތެއް މީހުން ލޮލުގެ އަދުން އަޅުވަން ށާ ރައްޔިތުން ފެލަން އުޅެނީ.ކަމެއް ކުރަންޔާސަރުކާރުން އަހަރަކުން އަހަރަކުން ސިގިރެޓް އެތެރަ ކުރެވޭވަރު މަދުކުރަމުން ގޮސް މިކަން ނިއްމާލަ ބަލަ.ފުރަތަަ ސަރުކާރުން ކަމެއް ކޮއްފަ ދެން ރައްޔިތުން ލައްވާ ކަންތައް ކުރުވަން އުޅެބަލަ
އ މ
01 June 2019
މިއީ މިހާތަނަށް ކޮމެންޓުތައް އެންމެ ފައްކާ ލިޔުން. ވަރަށް ކްރިއޭޓިވް އަދި މަޖާ ކޮމެންޓު އެބަހުރި. والسّلام
ސާރިމު
01 June 2019
މިތާ ކޮމެންޓުތައް ކިޔާލީމަ އިގޭ ދިވެހިންގެ ނާތަހުޒީބުކަން. ސިގިރޭޓު ބޯމީހަކައް އެކަން ހުއްޓަން އެއްޗެއް ދޭން ބުނީމަވެސް ކޮބާހޯ މަށައް.
ްއަދުރޭ
01 June 2019
ދިވެހިންނަކީ އަނެކާއަށް އެއްޗެއްލިބެން ނޭދޭ ބައެއްކަން އެބައެގޭ.
ޢައްޓަމަސް
01 June 2019
ނުބޯ މީހުންނައް އެކައްޗެއްވެސް ނެތް
ރީތި މޫސަ
01 June 2019
ސިގިރޭޓްގެ ވާހަކައަކީ ބޮޑުޖޯކެއް ހެލްތުމިނިސްޓްރީ އާއި އަމިއްލަޖަމާއަތްތަކުން ބުނަނީ ސިއްޙީގޮތުން ލިބޭގެއްލުމުގެވާހަކަ ކަސްޓަމްއިން ބުނަދީ ސިގިރޭޓް ޑިއުޓީއިން ލިބުނު ބޮޑުއާމްދަނީގެ ވާހަކަ އިންލަންޑުރެވެނިއުއިން ބުނަނީ ބަޖެޓައްލިބުނު ބޮޑު ކުރިއެރުމުގެ ވާހަކަ އާސަންދައިން ބުނަނީ ސިގިރޭޓްބޮއިގެން ބަލިވި މީހުނަށް މިލިއަނުން ބޭހަށް ޚަރަދުވީވާހަކަ ރާއްޖެއަށް ފަޓާސް އެތެރެކުރުން މަނާކުރިގޮތަށް ސިގިރޭޓް އެރެކުރުން މަނާކޮށްބަލަ
އަޙްމަދު ޒަކީ
31 May 2019
އަހަރެން ދުވަހަކުވެސް ތިކަމެއް ނުކުރަން... ކޮބާ އިނާމަކީ؟