އުމުރާގެ އަޅުކަމަށް ފުރުމަށް ދެ މީހަކު ތައްޔާރުވެގެން: ޕެންޝަން ފަންޑުން މިހާރު ހައްޖަށް ދެވޭނެ
20 ޖޫން 2019 - 18:51
ރިޓަޔަމެންޓް ޕެންޝަން ސްކީމުން މީހުން ހައްޖަށް ގެންދިޔުމަށް، ޕެންޝަން އޮފީހާއި ހައްޖު ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް، ހައްޖަށް ދިޔުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލަން ނިންމައިފި އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ޕެންޝަން އޮފީހުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، ރިޓަޔަމެންޓް ސޭވިން އެކައުންޓުގައިވާ ފައިސާ ބޭނުން ކުރުމުގެ ޝަރުތުހަމަވާ ފަރާތްތަކުން، އެ ފައިސާ އިން ހައްޖަށް ދިޔުމުގެ ކަންކަން އެ ކޯޕަރޭޝަނުން ހަމަޖައްސައިދޭނެ ކަމަށެވެ.
އަދި ޕެންޝަން ފައިސާ އިން ހައްޖަށް ދިޔުމަށް ފޯމުތައް ބަލައިގަންނާނީ، މި މަހުގެ 26ގައި ކަމަށް ބުންޏެވެ.
ޕެންޝަން ފައިސާ ބޭނުން ކުރުމުގެ ޝަރުތުހަމަވާކަން ކަނޑައަޅައި، އެ ފައިސާ ހައްޖު ކޯޕަރޭޝަނަށް ދޫކުރާނީ ޕެންޝަން އޮފީހުންނެވެ.
ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި ޝަރުތު ހަމަވާ ފަރާތްތަކުން ހައްޖަށް ދިޔުމަށް، އަގުގެ 50 ޕަސެންޓް އެ ކޯޕަރޭޝަނަށް ދެއްކުމުން، ހައްޖަށް ދިޔުމުގެ ޖާގަ ކަށަވަރުކޮށްދީ ސްލޮޓް ލިސްޓުން ޖާގަ ދިނުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ އެވެ.
އެ ކޯޕަރޭޝަނުން ބުނީ ކުރީބައިގައި ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން، ރިޓަޔަމެންޓް ސޭވިން އެކައުންޓުގައިވާ ފައިސާއިން ހައްޖުގެ އަގުގެ ބައެއް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ޕެންޝަން އޮފީހުން އެ ފައިސާ ހަމަޖެއްސުމުން، އެ މީހަކު ބޭނުން ވެއްޖެ ނަމަ އެ ފައިސާ ރީފަންޑު ކޮށްދިނުމުގެ އިންތިޒާމް ވެސް ހައްޖު ކޯޕަރޭޝަނުން ހަމަޖައްސައިދޭނެ ކަމަށް ބުންޏެވެ. ރީފަންޑު ކުރަން ބޭނުން ނުވާނަމަ، އެ މީހެއްގެ ނަމުގައިވާ އެ ކޯޕަރޭޝަނުގެ އެކައުންޓަށް ފައިސާ ޖަމާކުރާނެ ކަމަށް ވެސް ބުންޏެވެ.
ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ 6،000 މީހުން އެބަ ތިބި ކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފަ އެވެ.
އެ އޮފީހުން ކަނޑައަޅާފައި ވަނީ ޕެންޝަން ފަންޑު ބޭނުންކޮށްގެން ހައްޖަށް ދެވޭނީ ރިޓަޔަމެންޓް ބެލެންސް އަށް 336،000ރ. ޖަމާވެފައިވާ މީހުނަށް ކަމަށެވެ. މި އަދަދު ހަމަވި ނަމަވެސް ހައްޖަށް އެއް ފަހަރު ގޮސްފައިވާ މީހަކަށް އެ ފައިސާ ބޭނުމެއް ނުކުރެވޭނެ އެވެ. ފަރުޟު ހައްޖު އަދާކުރަން ޕެންޝަން ފަންޑުން ދެނީ ހަރަދުގެ 50 ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ސޯލިހު
21 June 2019
އިބޫގެ މަކަރުވެރި ވައުދަށް އަހަރެމެން އަލްވަދާއު ކިޔައިފީމެވެ. ތިޔަކަހަލަ ދޮގުވައުދުތައް ވާ މީހުން ރައްޔިތުންގެ މައްޗަށް ވެރިކަން ކުރުމަށް ނައުމަށް ގޮވާލަމެވެ.
މެދުރާއްޖެތެރެ
21 June 2019
އިބޫ އަޅެ މިފަންޑްގައި ފައިސާ ހުރިނަމަ ހުރިހާފައިސާވެސްދައްކައިދީ މިއަދާހަމައަށްއައި އިރުވެސް އެމަތިވެރި އަޅުކަންކުރަން ނުދެވިފަމިހުރީ ފައިސާނެތިގެން ވަރަށް ވަރަށް ދާހިތްވޭ ހެޔޮނުވާނެ ހުރިހާފައިސާއެއްދައްކައިދީ
މިއަދު
21 June 2019
ސަރުކާރުގައި 40 އަހަރު ނުވަތަ އެއަށްވުރެ ގިނަދުވަހު އުޅެފައި ހުރި އެސް އެސް ރޭންކްގައި މަސައްކަތްކުރާ ސިވިލްސާވިސް މުއައްޒަފަކަށް ތިއަދަދު ހަމަނުވާނެދޯ
ރާއްޖެ
21 June 2019
މި ޕެންޝަން ފަންޑް މީ ސަރުކާރު ހިންގަން މީހުން އަތުން ފޭރޭ ފައިސާ ފަންޑެއް.
ހޮޓްކިންގ
21 June 2019
ވަރަށް ބޭއިންސާފު. އަހަރެން ސަރުކާރުވަޒީފާގަ އުޅޭތާމިވީ 22އަހަރު. ޕެންޝަންފަންޑުގަ ތިންލައްކަ. އެވަރުންވެސް ޝަރުތު ހަމަނުވި. އެއީކޮންއިންސާފެއް؟
ވަޑްޔައްތޮކިނަބާ
20 June 2019
އަހަރެންގެ ޙަލާލު މަސައްކަތުން ހޯދާފައިވާ ފައިސާ (ޕެންޝަން ފަންޑުގެ %50 އިން ސައްތަ) އަހަރެން ޙައްޖަށް ދާން ބޭނުންވީމަ ހިފަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. މީސްތަކުންގެ ޙައްޤުތައް އެގޮތަކަށް ނުހިފެހެއްޓޭނެއެވެ. އެފައިސާ އެކަމަށް ދޫކުރަންޖެހޭނެއެވެ.
މަރިޔަބަ
20 June 2019
ޙައްޖުގެ އަޅުކަން އަދާކޮށްފަ ތިބިމީހުންނަށްވެސް ޕެންސަންފަނަޑުން ގޮތެއް އޮންނަން ޖެހޭނެ އިބު ވައުދުވީއިރަކު ވަކިބަޔަކައް ވަކިގޮތެއްނުބުނޭ
ސިއްދީޤް
20 June 2019
ތީއެއްވެސް އިންސާފެއްނޫން، ޕުރައިވެޓް ސެކްޓަރ ގައިމަސައްކަތްކުރާ ފަރާތްތަކުން އެމީހުންގެ މުސާރައިންނާ އެމީހުންގެ ކުންފުނިންދޭ ފައިސާ ފަނޑުގައިހުންނަނީ، ސަރުކާރުންދޭ ފައިސާއެއްނޫން، ސަރުކާރު މުއައްޒަފުންނަށް ސަރުކާރުން ފައިސާދެނީ އަދަދުނުކުރެވޭ އިނާޔަތްތަކާ މަސައްކަތްކުރަންޖެހޭ ވަގުތުވެސް ކުޑަކޮށް. ޢެހެންކަމުން ޕުރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާފަރާތްތަކަށް އެމީހުންގެ ޕެންޝަންފަންޑުން %100 ދެއްކެންޖެހޭނެ
ލުނބޯ
20 June 2019
"އެ އޮފީހުން ކަނޑައަޅާފައި ވަނީ ޕެންޝަން ފަންޑު ބޭނުންކޮށްގެން ހައްޖަށް ދެވޭނީ ރިޓަޔަމެންޓް ބެލެންސް އަށް 336،000ރ. ޖަމާވެފައިވާ މީހުނަށް ކަމަށެވެ." ނިކަމެތިންނަށް ދެރަގޮތް. ބޮޑު މުސާރަ ލިބޭ މީހާއަށް މޮޅުގޮތް. އެހެންނޫންތޯ؟