އަލްޖަޒީރާ އިން ތައްޔާރުކުރި ޑޮކިއުމެންޓްރީން ނަގާފައިވާ ސްކްރީން ޝޮޓެއް: މަނީ ލޯންޑްރިން ސްކީމެއް ހިންގަން އުޅުނު ކަމަށް އެ ޑޮކިއުމެންޓްރީގައި ތުހުމަތުކޮށްފައިވޭ.
09 ސެޕްޓެމްބަރ 2016 - 15:20
ރާއްޖެ މެދުވެރިކޮށް 1.5 ބިލިއަން ޑޮލަރުގެ ކަޅު ފައިސާ ދޮންނަން އުޅުނު ކަމަށް ބުނާ މައްސަލަ، އެމެރިކާ ސަރުކާރު ވެސް ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ ފަރާތްތަކުން ތަހުގީގުކުރަމުން އަންނަ ކަމަށް އަލް ޖަޒީރާ އިން ބުނެފި އެވެ.
އަލް ޖަޒީރާ އިން މިދިޔަ ބުދަ ދުވަހު ނެރުނު ޑޮކިއުމެންޓްރީ، "ސްޓީލިން ޕެރެޑައިސް"ގައި ވަނީ މަނީ ލޯންޑްރިން ކަމަށް ބެލެވޭ އެ ސްކީމް ހިންގަން އުޅުނު ގޮތުގެ ތަފްސީލާއި ހެކި ހިމަނައިފަ އެވެ.
ސިންގަޕޫރާއި މެލޭޝިއާ އަދި އޮންޑިނީޝިއާގެ ގޮތް ނޭނގޭ ވިޔަފާރިވެރިންތަކަކާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ މަނިކުފާނުގެ ގާތް ބޭފުޅުންތަކެއް ގުޅިގެން ހިންގަން އުޅުނު އެ ސްކީމްގައި ރާވާފައި އޮތީ ޗާޓަރު ފްލައިޓެއްގައި އެ ފައިސާ ރާއްޖެ ގެނެސް، ސިފައިންގެ ބެލުމުގެ ދަށުން އެމްއެމްއޭގެ ތިޖޫރިއަށް ގެންދާށެވެ. އެ ތަނުން އެ ފައިސާ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި އޮންނަ އަމިއްލަ ފަރާތެއްގެ އެކައުންޓަކަށް ޓްރާންސްފާ ކުރުމަށް ފަހު، އެކި އަދަދުތަކުން މަދުމަދުން ބޭރު ކުރުމަށެވެ.
އަދީބުގެ ތިން ފޯނުގައި ހުރި މެސެޖުތަކާއި ސިއްރުން ނަގާފައިވާ އިންޓަވިއުތަކާއި އެ ނޫން ވެސް ބައެއް ލިޔެކިއުންތަކުގެ މައްޗަށް ބިނާކޮށް ހެދި ޑޮކިއުމެންޓްރީގައި އަލް ޖަޒީރާ އިން ވަނީ އެ މުއާމަލާތް ރޭވިގެން ދިޔަ ގޮތް ހެއްކާ އެކު ކިޔައިދީފަ އެވެ. އޭގެ ތެރޭގައި އުޅުނު މެލޭޝިއާގެ ވިޔަފާރިވެރިޔަކާ އެކު ސިއްރުން ނަގާފައިވާ އިންޓަވިއުއެއް ވެސް ޑޮކިއުމެންޓްރީން ދައްކަ އެވެ.
މަނީ ލޯންޑްރިން ސްކީމުގައި އުޅުނު ކަމަށް ބުނާ މެލޭޝިއާގެ ވިޔަފާރިވެރިޔާ: ސިއްރުން ނަގާފައިވާ އޭނާގެ އިންޓަވިއުއެއް ޑޮކިއުމެންޓްރީގައި ހިމަނާފައިވޭ.
އެކަމަކު، އެ ސްކީމް ކުރިއަށް ގެންދިޔަތޯ ޔަގީން ކުރެވިފައެއް ނުވެ އެވެ.
ޑޮކިއުމެންޓްރީއާ އެކު ޓީވީން ވަކިން ގެނެސްދިން ވީޑިއޯ ރިޕޯޓެއް ޝާއިއުކުރިއިރު، އަލް ޖަޒީރާ އިން ބުނެފައިވާ ގޮތުގައި 1.5 ބިލިއަން ޑޮލަރުގެ މަނީ ލޯންޑްރިން މައްސަލަ އެެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އޭގެ އިތުރުން، ބައިނަލްއަގުވާމީ ފޮރެންސިކް އެކައުންޓެންޓުންތަކެއް ވެސް އެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
އެކަމަކު، އެ ތަހުގީގުގެ މާ ބޮޑު ތަފްސީލެއް އަދި ނޭނގެ އެވެ.
އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގައި ސަރުކާރާއި ރައީސް އަބްދުﷲ ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. މަނީ ލޯންޑްރިންގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހުކުމް އިއްވީ ރައީސް ޔާމީން އެންގެވި ގޮތަށް ކަމަަށާއި އޮޑިޓް އޮފީސް ރޯކޮށްލަން އަދީބު އުޅުއްވި ކަމަށާއި ރާއްޖެ ޓީވީގައި ރޯކޮށްލީ އަދީބު އަންގަވައިގެން ކަމަށާއި ވަގަށް ނެގި ފައިސާ ސީދާ ރައީސަށް ލިބިވަޑައިގެންނެވި ކަމަށް ބުނެފައިވެ އެވެ.
އެކަމަކު ރައީސަށް އަމާޒުވާ ހުރިހާ ތުހުމަތުތަކެއް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ. އަދި އެމްއެމްއޭ އިން 1.5 ބިލިއަން ޑޮލަރުގެ މަނީ ލޯންޑަރިންގެ އަމަލެއްގައި ބައިވެރިވި ކަމަށް ތުހުމަތުކުރިޔަސް، އެފަދަ އެއްވެސް މުއާމަލާތެއް ހިނގާފައި ނެތް ކަމަށާއި އެފަދަ ފައިސާއެއް ވަދެފައި ނުވާ ކަމަށް އެމްއެމްއޭއިން ރޭގައި ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
12 November 2016
ހަމަ ގައިމުވެސް އެދުވަސްވަރާއި ދިމާކޮށް މާލެތެރޭ ޑޮލަރު ތިޔާގިވި، މިއަދު ރާއްޖޭން މާވަހަރު ހޯދަންވެސް ޑޮލަރު ހޯދުމަށް ވުރެ . . . . . . !
ސަފްވާން
12 September 2016
ބަލަގަ ކޮންމެ ތަހުގީގެއް ހިންގިޔަސް ލޯންޑްރިން ހިންގަން އުޅުނު މީހުން ތިބީ އެމްޑީޕީއާއި އެކު ނޫންތޯ. އަދީބާއި މޮހޯއާއި އޮއިއްޓޭ އާއި ޕާޕާ އާއި ދެން ތިބި މީހުންވެސް ތިބީ އެމްޑީޕީ އާއި އެކު. އެމްޑީޕީން ސަޕޯޓް ކޮށްގެން އެމީހުންނަށް ޔޫކޭ އިން ހިމާޔަތް ހޯދާ ދީފައި ނޫންތޯ. ރާއްޖެއިން ފިލައިގެން ނެދެވި ހުރީ އަދިބު . ޢެނާގެ ކޮރަޕްޝަން މައްސަލަ ބަލާފައި އެހެރީ ޝާރީއަތް ކޮށްފައި. ދެން އެމްޑީޕިން ކިތަންމެ އިންޓަރނޭޝަލަން ތަހުގީގެއް ކުރިޔަސް ވާނީ ކޮން ކަމެއް. އެމްޑީޕީން ތާއީދު ކޮށްގެން ތިބި މިޙުން ގަތް ގަނޑެއް ހަމަ ފެންނަނީ. ޔާމީނު ކަމެއް ކުރުވަން އުޅުނު ކަމެއްގެ ހެއްކެއް ނުދެއްކުނު.
މާކަނޑު
10 September 2016
ﷲ ގެ ދަރުބާރުގައި އެކަމެއް ކުރި ގުނަވަނެއް ހެކިދޭނެ އިންސާފުން ނޫނީ އެއްވެސް ކަމެއް ނިމިގެން ނުދާނެ އެދުވަހުން
ަަަްްްަިުއަހުމަދު.
10 September 2016
ހައްގަކީހައްގު.
ޢަދިއްޔު
10 September 2016
ޢެމެރިކާގެ ޖަރީމާތައް ތަޙްގީޤުކުރަނީ ކޮންބައެއް؟؟؟؟؟؟ އިސްރާއީލުގެ ޖަރީމާތައް ބަލަނީ ކޮންބައެއް؟؟؟ މި މުސްތަޤިއްލު ޤައުމެއް، މިޤައުމުގެ މުއައްސަސާތަކުން ނުކުރެވޭ ކަމެއް އެހެން ބަޔަކުލައްވާ ކުރުވަން އުޅޭނެކަމެއް ނެތް!
ރަދީފް
10 September 2016
ހައު ކުޑް ޔޫ ސޭ އިޓް ޓު މައި ފޭސް.
އަވަރސް
10 September 2016
ކޮޒް އިޓްސް އަވަރ އެޑްމިނިސްޓްރޭޝަން. އޯލް އާރ އަވަރސް
ޔާގޫތު
10 September 2016
"ޓޫވެލް" ތި ސަރުކާރުގަ ތެޔޮވެސް ލާށެވެ .އޭރުން ދަބަރު ނުޖަހާނީ. ދަބަރު ނުޖެހިޔަސް މިސަރުކާރު ވެއްޓޭނެ. އަދި ބުލެކް މޭލްވެފަ ތިބި ޕީޕީއެމް ގިނަމެމްބަރުން މިނިވަންވެސްވާނެ. މިފަހަރު ފުލުހުންނާ ސިފައިން މިމައްސަލަ ނުބަލައިފިނަމަ އެއީ ތާރީޚުގެ ތެރެއަށް ވަދެގެންދާނެ ބޮޑު ފިތުނަޔަކަށް ވުން ގާތް. މިކަހަލަ ކަންކަން ރައްޔިތުންނާ ހަވާލުކޮށްފިނަމަ ނަތީޖާ ގޯސްވުން އެކަށީގެންވޭ. ތަހުގީގީ ބާރުތަކުން ޒިންމާދާރުވުން ބުއްދިވެރި. ވައްކަމާ އަނިޔާވެރި ކަމަކަން ޔަގީން. ދިވެހިން މަޑުން ތިބީ އެކަން ނޭނގިގެނެއްނޫން.
މެންޓަލިސްޓް
10 September 2016
ދަންނަވަންތޯ ވާހަކައެއް ،،، ތިޔަކަހަލަ ބިލިއަންޑޮަލަރުގެ މައްސަލައެއް މެލޭޝިޔާގެ ޕްރައިމިނިސްޓަރ ކުރި ވައްކަމާޢި ގުޅުގެން އެމެރިކާގެ ސްޓޭޓްޑިޕާޓްމެންޓްއިންވެސް ކުރި ،، ރިޕޯޓްވެސް ވަރަށް ތަފްސީލްކޮށް ނެރުނު އެކަމު އަދިވެސް ޕްރައިމިނިސްޓަރކަމުގައި ހުންނެވީ އެބޭފުޅާ ، މިހާރު ޑރ މަހާތިރު އާޢި އަންވަރު ވެސް އެކަމުގައި އޭނާ ވެރިކަމުން ދުރުކުރެވޭތޯ އެބައުޅޭ ،،، އެއީ ރައްޔަތުންގެ ކަމެށް ،، ބޭރުމީހުންނަށް ތަހްގީގްކޮށް ރިޕޯޓްނެރެވިދާނެ ،،، އެކަމު ގައުމުގެ ރައްޔަތުންގެ ހިއްވަރެއް ނެތީޔާމުން އެކަމެށް ނުވާނެ ،،، ރާއްޖޭގައިވެސް ތިޔަކަން ހިނގާނީ އެހެން ،،،
ޙހަހ
10 September 2016
ސްޓީލިން ޕްރެޑައިސްގައި އެއްވެސް އަސްލެ ނެތްކަން އެންމެނައްވެސް އިނގޭ.....ހަގީގީ މީގެ ބޭނުމަކީ ބޭރުގެ ފަރާތްތަކުގެ ނުފޫޒު އިތުރައް ރާއްޖެއައް ވެއްދުމައްޓަކައި ހުޅުވާލާ ދޮރެއް ބާ؟؟؟
ބޭރުމީހާ
10 September 2016
ބޭރުގެ ނުފޫޒު ނުވަދެ މިކަން ހައްލު ކުރެވޭނެ ގޮތެއް ބުނެދީބަލަ
ސޮމަދު
10 September 2016
ތިޔައީ އެންމެ ހެޔޮ ގޮތް. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް އިން މިކަމުގެ ފުރިހަމަ ތަހުގީގެއް ކޮށް މިކަމުގައި ޝާމިލްވާ ފަރާތްތައް ދެނެގަތުން މުހިންމު. އެހެނީ އެއީ އެމެރިކާގެ ފައިސާ ކަމަށް ވާތީ އެމީހުންގެ ވެސް މަސްލަހަތު މިކަަމުގައި ވާތީ. އަދި މިހެން ކިތައްމެ ބޮޑު ނިއުސް ބްރޯޑްކާސްޓަރެއްގެ ނަމުގަައި ރާއްޖޭގެ ސިޔާސީ ފަރާތްތަކާ ގުޅުން އޮއްނަ ނޫސްވެރިއަކު ނެރޭ ރިޕޯޓަކަށް އެހާ ބޮޑަށް ބަރޯސާ ވުން ބުއްދިވެރިއެއް ނޫން.