07 ނޮވެމްބަރ

November 07, 2019 10
އަދީބުގެ ޝަރީއަތް ލައިވް ކުރަން ދައުލަތުން ވެސް އެދޭ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ހަތް ދައުވާގެ ޝަރީއަތް ޓީވީން ލައިވް ބްރޯޑްކާސްޓްކުރަން ދައުލަތުން ކޯޓުގައި އެދުމުން އެކަމާ މެދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ގޮތެއް ނިންމުމަށް ހަމަޖައްސައިފި އެވެ.

27 އޮކްޓޯބަރ

October 27, 2019 10
އަދީބު އެރުއްވި ޓަގުގެ ކެޕްޓަނާއި އިންޖިނިއަރު ޖަލަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ރާއްޖޭން ފިއްލެވުމަށް އަރާވަޑައިގެންނެވި ޓަގުގެ ކެޕްޓަނާއި ޗީފް އިންޖީނިއަރު ތިން މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ބުދަ ދުވަހު ހުކުމްކޮށްފި އެވެ.

17 ސެޕްޓެމްބަރ

September 17, 2019 7
އަދީބު ފިލި މައްސަލައިގެ ޝަރީއަތް މިއަދު ފަށަނީ

ސުޕްރީމް ކޯޓުގެ އަމުރަކުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޓަގެއްގައި ރާއްޖެ އިން ފިއްލަވަން އުޅުއްވި މައްސަލައިގައި އުފުލާފައިވާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށަން ތާވަލްކޮށްފި އެވެ.

08 ސެޕްޓެމްބަރ

September 08, 2019 20
ދެފުލުހުންނަށް ފިޔަވަޅުއެޅީ ރިލްވާންގެ މައްސަލައަކު ނޫން

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލަ ތަހުގީގުކުރުމަށް ފަހު ރިޔާސީ ކޮމިޝަނުން އެކުލަވައިލި ޑްރާފްޓް ރިޕޯޓްގައި ތުހުމަތުކޮށްފައިވާ ދެ ފުލުހުން 2017 ވަނަ އަހަރު ވެސް ސަސްޕެންޑްކޮށްފައިވާ ކަމަށާއި ނަމަވެސް އެއީ އެހެން މައްސަލައެއްގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

29 އޯގަސްޓް

August 29, 2019 17
އަދީބު ގެއަށް، މުއިއްޒު އުފައްދަވަނީ ސުވާލެއް!

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރިމާންޑް ޖަލެއްގައި ބަހައްޓަން ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް އޭނާ ގޭބަންދަށް ބަދަލުކުރުމުން ބާ ކައުންސިލްގެ މެމްބަރު އަދި ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު އެކަމާ ސުވާލު އުފައްދަވައިފި އެވެ.

22 އޯގަސްޓް

August 22, 2019 22
ކޯޓުގައި ޔާމީނާއި އަދީބު ޒުވާބަކަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުގެ ހެކިވެރިއެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކޮށް ހެކިބަސް ނެގުމުގެ ތެރޭގައި ދެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތުހުމަތުތައް ކޮށް، ޒުވާބަކަށް ވާ ފަދަ ގޮތަކަށް...

15 އޯގަސްޓް

August 15, 2019 60
ގޮޅި ތެރެއަށް ވެއްޓި އަނިޔާވެގެން އަދީބަށް ފަރުވާ ދެނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، މާފުށީ ޖަލުގައި އޭނާ އޮންނެވި ގޮޅި ތެރެއަށް ވެއްޓިވަޑައިގަތުުމުން އައިޖީއެމްއެޗުގައި މިރޭ ފަރުވާ ދޭން ފަށައިފި އެވެ.

06 އޯގަސްޓް

August 06, 2019 27
ވަކީލް އެދިވަޑައިގަތީ އަދީބު ގޭބަންދަށް ބަދަލުކޮށްދޭން

ސުޕްރީމް ކޯޓުގެ އަމުރަކުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގެއްގައި ރާއްޖެ އިން ފިއްލެވުމުން ހައްޔަރުކުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ބޭސްފަރުވާއާ ގުޅޭ ގޮތުން ހައި ކޯޓުގައި ކުރިއަށްދާ މައްސަލަ ނިމެންދެން އަދީބު ގޭ ބަންދަށް ބަދަލުކޮށްދޭން ކްރިމިނަލް ކޯޓުގައި އޭނާގެ ވަކީލް މަހްފޫޒް ސައީދު ރޭ އެދިވަޑައިގެންފި އެވެ.

05 އޯގަސްޓް

August 05, 2019 17
އަދީބުގެ ބަންދަށް 15 ދުވަސް ދީފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުގައި ބަހައްޓަައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ދީފި އެވެ.

04 އޯގަސްޓް

August 04, 2019 20
އަދީބު ފިލިއިރު ވެސް ބަންދުގެ އަމުރެއް ނުނެރެދިން!

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޓަގު ބޯޓެއްގައި ރާއްޖެ އިން ފިއްލެވީ އެމަނިކުފާނު ބަންދުކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައި އޮއްވައި ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

03 އޯގަސްޓް

August 03, 2019 28
އަދީބަށް ހިމާޔަތް ނުދީ ފޮނުވާލުމުން ކަންބޮޑުވޭ:އެމްޓީޑީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އިންޑިއާ އިން ހިމާޔަތް ނުދީ ފޮނުވާލި މައްސަލައިގައި ކަންބޮޑުވާ ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކްސް (އެމްޓީޑީ) އިން މިއަދު ބުނެފި އެވެ.

01 އޯގަސްޓް

August 01, 2019 36
އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް އެބަކުރަން: ޕޮލިސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފައިވާތީ އޭނާ އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

August 01, 2019 66
އަދީބު ފިލުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭ: ޖަމީލް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން ރާއްޖެ އިން ބޭރަށް ދިއުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު...

August 01, 2019 172
އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަހްމަދު އަދީބު ކުއްލިއަކަށް "ގެއްލިއްޖެ" އެވެ.

06 ޖުލައި

July 06, 2019 21
ބޭސްފަރުވާ އަށް ފަހު އަދީބު ރާއްޖެ ވަޑައިގެންފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިންޑިއާ އިން ބޭސްފަރުވާ ކުރެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

July 06, 2019 45
ފިލައިގެން ދިއުމަކީ އަޅުގަނޑުގެ އުސޫލެއް ނޫން: އަދީބު

ޒިންމާ އިން ރެކިވަޑައިގަތުމާއި ފިއްލެވުމަކީ އުސޫލެއް ނޫން ކަމަށާއި އަދި އޭނާ އަށް ކުރާ ތުހުމަތުތަކާ ގުޅިގެން ހިންގާ ތަހުގީގަށް ކުރިމަތިލައްވާނެ ކަމަަށް ވިދާޅުވެ، ކުރީގެ ނައިބު...

28 ޖޫން

June 28, 2019 13
އަދީބު ހަ މަސް ފަހުން އިންޑިއާ އަށް ދާން ލަފާ ދީފި

ޖަލު ހުކުމެއްގައި ހުއްޓާ ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހަ މަސް ފަހުން އަލުން ދައްކަން އޭނާގެ ލޮލަށް ފަރުވާ ކުރި ޑޮކްޓަރު ލަފާ ދެއްވައިފި އެވެ.

25 ޖޫން

June 25, 2019 17
އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބެންގަލޫރުގައި ބޭސްފަރުވާކުރުމަށް ކަރެކްޝަނަލް ސާވިސް އިން ދިން މުއްދަތު މިރޭ އިތުރުކޮށްދީފި އެވެ.

13 ޖޫން

June 13, 2019 20
"ޗުއްޓީގައި ހުއްޓަސް، ހުކުމް ކުރަން ބައިވެރިވެވޭނެ"

ހައި ކޯޓުން ބަލާ މައްސަލަތަކުގައި ހިމެނޭ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވިޔަސް، އެ މައްސަލައެއް ނިންމުމުގައި އެ ފަނޑިޔާރަކު ބައިވެރިވުމަކީ ކުރިން ވެސް އަމަލު ކުރަމުން އަންނަ ގޮތެއް ކަމަށް ހައި ކޯޓުން މިއަދު ބުނެފި އެވެ.

12 ޖޫން

June 12, 2019 11
އަދީބުގެ ހުކުުމުން ބާކީ އޮތްވަރު މަޖިލީހުން ބަލަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވަން ސަރުކާރުން ނިންމާފައި ވާއިރު އެކި ކުށްތަކުގައި އޭނާ އަށް އިއްވާފައިވާ ހުކުމުން ބާކީ އޮތީ ކިހާ...

June 12, 2019 39
އަދީބަށް ނުފިލޭނެ ކަން ކަށަވަރު: އިމްރާން

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް އިއްވި ހުކުމްތަކުން، ކޯޓުތައް މެދުވެރިވެ އޭނާ މިނިވަން ވުމުގައި ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގެ އިހުމާލެއް ނެތް ކަމަށާއި ބޭސްފަރުވާ...

11 ޖޫން

June 11, 2019 25
މަރުގެ ކޮމިޝަނަށް އަދީބު ހާޒިރުކޮށްފި

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހާޒިރުކޮށް، ގެއްލިފައިވާ ނޫސްވެރިޔާ...

June 11, 2019 138
އަދީބު ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ދީފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ދީފި އެވެ.

09 ޖޫން

June 09, 2019 14
އަދީބާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޚިޔާނާތުގެ ކުށުގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ އިސްތިއުނާފް ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

02 ޖޫން

June 02, 2019 31
އަދީބުގެ ބަންދުގެ މުއްދަތު ޖަހައެއް ނުދިން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދުނު ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު އެ އަމުރެއް ނުދިނެވެ.

June 02, 2019 13
ބަންދާ މެދު ގޮތެއް ނިންމަން އަދީބު ކޯޓަށް ހާޒިރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދުމުން އެމަނިކުފާނު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.

June 02, 2019 49
އަދީބުގެ 12 އަށްވުރެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ ދެކޮޅަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވި 12 އަށް ވުރެ ގިނަ މައްސަލަ އަނބުރާ ފޮނުވާލަން އެ ކޯޓުން...