ހަނދުކޭތައެއް: މިރޭ ރާއްޖެ އަށް ހަނދުކޭތައެއް ފެންނާނެ
16 ޖުލައި 2019 - 08:50
މިދިޔަ ޖެނުއަރީ މަހު ދުނިޔޭގެ ބޮޑު ސަރަހައްދަކަށް ފެނުނު، ބްލަޑް މޫންގެ ހަނދުކޭތަ ރާއްޖެއަށް ފެންނަ ވަރެއް ނުވި އެވެ. އެކަމަކު މިރޭ ދަންވަރު ހިފާ ކޭތަ، ވިލާ ބޯ ނޫން ނަމަ އަހަރެމެންނަށް ފެންނާނެ އެވެ.
މިރޭ ކޭތަ ހިފަން ފަށާނީ 11:43ގަ އެވެ. މިއީ ފަސް ގަޑިއިރާއި 34 މިނެޓަށް ދިގު ދެމިގެންދާ ކޭތައެކެވެ. ކޭތަ ވީއްލާނީ ފަތިހު 5:17 ގަ އެވެ.
މިއީ ފުރިހަމަ ކޭތައެއް ނޫނެވެ. އެކަމަކު ހަނދުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ބޮޑަށް އަނދިރިވާނެ އެވެ. ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމުން އަލިވެ 2:30 ގަ އެވެ.
ސެޓަލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި މިއަދާއި މިރޭ އަދި މާދަމާ ވެސް ރާއްޖެ މަތީގައި ވިލާ ބޯވާނެ އެވެ. އެހެންވެ ރީއްޗަށް ހަނދު ނުފެނުން ވަރަށް ބޮޑަށް އެކަށީގެންވެ އެވެ. އަދި ހަނދު ކޭތަ ހިފަން ފަށާ ގަޑިއަށް އިތުރަށް މޫސުން ގޯސްވެ ވާރޭ ވެހޭނެ ކަމަށް ވެސް ބެލެވެ އެވެ.
ރާއްޖެ އަށް ދެން ހަނދުކޭތައެއް ހިފާނީ އަންނަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. އެ ކޭތަ ހިފާނީ ވަރަށް ކުޑަކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންމޫސާ
16 July 2019
ލައިކް ލައިކް ފުޑްސް ކަހަލަގެ އެއްޗިސް
ޖޭޖޭ
16 July 2019
ކުރީޒަމާނުގަ ހަނދުކޭތަ ހިފާއިރު ގޯސްކޮށް އުޅޭކުދިން މަގޫފަތުން ތަޅާ ހަމަމަގަށް އެޅޭނެއޭ ކިޔާ. މިހާރު އެކަންކުރަންވީކަންނޭގޭ ފަހަރެއްގަ ޔާމީނު އަދީބު މެން ކަހަލަ ކުދިންގެ ހަމަމަގަށް އެޅުވިދާނެ.