ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ--ފޮޓޯ:ނިޝާން އަލީ/މިހާރު
30 ޖުލައި 2019 - 10:59
ސަރުކާރުން ބީއެމްއެލްގެ ބޯޑަށް ހުށަހެޅި މެންބަރުންގެ ލިސްޓުން އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފުގެ ނަން އުނިކޮށްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކުރިއަށް އޮތް އަހަރަށް ސަރުކާރުން ކަނޑައަޅާ ބީއެމްއެލް ބޯޑުގެ ހަތް މެންބަރުންގެ ތެރޭގައި ޝަރީފުގެ ނަން ކުރިން ހިމަނާފައި އޮތް ނަމަވެސް އޭނާގެ ނަން ބޯޑުގެ މެންބަރުންގެ ލިސްޓުން ވަނީ އުނިކޮށްފަ އެވެ. އެހެން ނަމަވެސް ޝަރީފުގެ ބަދަލުގައި އިތުރު ނަމެއް ހުށަހަޅާފައިވާކަން ސާފެއް ނުވެ އެވެ.
އެހެންކަމުން މިރޭ އޮންނަ ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ފާސްކުރާ ބީއެމްއެލް ބޯޑު މެންބަރުގެ ލިސްޓުގައި އޭނާގެ ނަމެއް ނުހިމެނޭނެ އެވެ.
އެގާރަ މެމްބަރުން ހިމެނޭ ބީއެމްއެލްގެ ބޯޑަށް ސަރުކާރުން އައްޔަން ކުރަނީ އަށް މެމްބަރުންނެވެ. މީގެ އިތުރުން ބޯޑުގައި ދެން ހިމެނިވަޑައިގަންނަވާނީ އާންމު ހިއްސާދާރުން އައްޔަންކުރާ ތިން ހިއްސާދާރެކެވެ. އަމިއްލަ ގޮތުން ކުރިމަތިލައްވާފައި ވަނީ މއ. ޓިއުލިޕްވިލާ މުހަންމަދު އަބްދުއްސައްތާރާއި، ނ. ހޮޅުދޫ ނެލުމް އިބްރާހިމް އަބްދުއްސައްތާރާއި ގ. އުފާ އަހުމަދު މުހަންމަދެވެ.
1. ޓިމޮތީ ސޯޔާ، ބޭންކްގެ ސީއީއޯ
2. ޖުވައިރިޔާ ސައީދު، މއ. ކޮށީގެ، މާލެ
3. ސަނާ މަންސޫރު، މއ. މަނަސް، މާލެ
4. ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝިން، މާލެ
5. ހައްވާ ސަފުނާ، ހ. ވައިފިލާގެ، މާލެ
6. ހުސައިން ތައުފީގު އަލީ، މ. މުއިރި، މާލެ
މި މީހުން ބޯޑަށް އައްޔަނު ކުރާނީ މިރޭ ބާއްވާ އަހަރީ އާންމު ޖަލްސާގަ އެވެ.
ބީއެމްއެލްގެ ބޯޑަށް ހުށަހެޅި ލިސްޓުން ޝަރީފުގެ ނަން އުނިކުރުމަށް ނިންމާފައިވާ އިރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ދޮގު ހެއްދެވި ކަމަށް ތުހުމަތުކޮށް އޭނާގެ މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ. އޭނާ ދޮގު ހެދީ އެމްއެމްޕީއާރުސީން ދޫކުރި ބައެއް ރަށްރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކި ފަރާތްތަކުން އެ ކުންފުންޏަށް ދިން ޗެކްތަކުގެ ތެރެއިން "ނޮން ނެގޯޝިއަބްލް" ޗެކްތަކެއް ވެސް ބީއެމްއެލުން އެސްއޯއެފަށް ޖަމާކޮށްދިން ކަމަށް ބުނާ މައްސަލައިގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަނގާ - އައްޑޫ ސިޓީ
30 July 2019
އެންމެފަހުވަގުތުގައިވެސް “ތެދުހެދުމުގެބަދަލުގައި ދޮގުހެދުމަށްއިސްކަންނުދިންނަމަ” ޝަރީފުމިކަމުގައިތާށިނުވާނެ. * * ހަޤީގަތުގައި މިވައްކަންހިގިއިރު ސީއީއޯގެ އިތުރަށް ބޭންކްހިންގުމުގެ އިސްވެރިއަކަށްހުންނެވީ އައިޝަތު ނޫރައްދީނު. * * މަޖިލީހުގައިސާފުބަހުން ތިއަށްޖަވާބުދާރީވުމަށް ދަތިކަމަށާއި އެދުވަސްވަރު ބޭންކްހިންގެވުމުގެ ޒިންމާއުފުއްލެވީ ނޫރައްދީން ކަމަށާއި ޝަރީފް ހުންނެވީ ކާރޑް ޑިޕާޓްމަންޓްގައިކަމަށްވާތީ ތިކަމުގެ ޒިންމާ ނޫފުލާނެކަމަށް ބުނެވެންއޮތް.
ހުތާ
30 July 2019
ޝަރީޕް އަކީ ރަނގަޅު މީހެއް އަސްލު، އޭނާއަކީ ވަރަށް ބުރަކޮށް ބޭންކު ކުރިއެރުވުމަށް މަސައްކަތް ކުރާ ތަފާތު ދައްކާ ހިންގުންތެރި މޮޅު މީހެކެވެ.
ރައީސްނަސީދު
30 July 2019
ނަސީދުގެ މަގުސަދު ހާސިލު ވެއްޖެ
ހަބީބާ
30 July 2019
އެވަރު ކަމެކޭ.. ދެން ކީއްކުރަން މަޖިލީހުން ރައީސް ނަޝީދު ކުޅުނު ޑްރާމާއެއްތީ؟
އެމް
30 July 2019
މަޖިލީހުން ސަރުކާރު ހިންގަނީ. ސަރުކާރު ކޮންޓްރޯލް ކުރަން ބޭނުންވަނީ.
މާރަނގާ - އައްޑޫ ސިޓީ
30 July 2019
ޝަރީފާއި ނޫރައްދީން އަދި މިހާރު އާންމުމެންބަރުންގެ ގޮތުގައިތިބި އެއްވެސް މީހަކަށް އިތުރު ފުރުސަތު ނުލިބޭގޮތަށް ދައުލަތުގެ ހިއްސާ ތަމްސީލުކުރައްވާ ފިނޭންސް މިނިސްޓްރީގެ މަންދޫބު މިރޭގެ ޖަލްސާގަ ވޯޓްދެއްވާ ބޭންކް ސަލާމަތް ކުރާންޖެހޭ. * * ޖުލައި 30 ވަނަދުވަހުގެ ރޭގައި ބާއްވާ ޖަލްސާ ވަރަށްމުހިންމު. ޥައްކަމުގެ ހަޤީގަތް ދެނެގަތުމަށް ހިއްސާދާރުން ޖަލްސާއަށްވަޑައިގަންނަވާ. * * މިހާރު ނޫހުންވެސް ލައިވްއަޕްޑޭޓްސް ފޮނުއްވާދެއްވުމަކީ ވަރަށްބޮޑަށްއެދޭކަމެއް.
އެހެންތޯ
30 July 2019
ތިޔަށް ކިޔަނީ ބޭންކު ސަލާމަތް ކުރުމަށްވުރެ ވަކި ބަޔެއްގެ އަތްދަށަށް ގެންގޮސް ގަނޑު ގަންނަން މަގުފަހި ކުރުން. އެމްއެމްއާރްޕީސީއާއި ބޭންކާއި ގުޅުވައި އެކަމަކީ އެންމެ މުހިންމު ކަންކަމުގައި މިދިޔަ ދުވަސްތަކު ހަދައިގެން އުޅުނީ ތިގަނޑެއް ގަންނަން ހެން ހީވަނީ
އެމްއައި
30 July 2019
އަންނިގެ ޓާރގެޓް އެޗީވްވީ، ޝަރީފް ދޮގު ހަދަނީ އޭ ކިޔައިގެން ޑްރާމާ ކުޅުނީ. ޝަރީފް އަކީ ރަގަޅު މީހެއް. ސަރުކާރުން ވެސް އެކަން ގަބޫލު ކުރާތީ ބޭންކުގެ ބޯޑަށް ޝަރީފް ލާން ބޭނުންވީ. އެކަމަކު ފެނިގެން ދިޔައީ މަޖްލިސް އިން ސަރުކާރު ކޮންޓްރޯލްކުރާ ކަމުގެ ރީތި ހެއްކެއް. ރައީސްއަށް ޕްރެޝަރުކޮށް، ރައީސްގެ ޑިސިޝަންތައް ޗޭންޖްކުރަން ޖެހުން. ވަރަށްދެރަ.
ޢަޖްވަދު
30 July 2019
ކޮބައިތޯ ގާސިމް އަބްދުލް ކަރީމް؟
އެމްއައި
30 July 2019
ހަމަ ގައިމުވެސް ދެން ބޭންކުން ޖޮބެއްނުދޭނެ. ހިޔެއްނުވޭ އެހެން ބޭންކް އަކުން ވެސް ޖޮބްދޭނެހެން.
ޞެނކު
30 July 2019
އަދިވެސް ސީއީއޯ ލޮލް
އަލީ ރާޖާ
30 July 2019
ތިބޯޑުގަ ތިބެންޖެހޭނީ؛ ހަސަންޓޭ ނައީމާ އާނިޔާ ކަހަލަ ގާބިލް މީހުން