ބެގްލިއޯނީ ރިސޯޓް ހުޅުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު-- ފޮޓޯ: ބެގްލިއޯނީ
03 އޯގަސްޓް 2019 - 10:35
ދ. މާގައުގައި ތަރައްގީ ކުރި ބެގްލިއޯނީ ރިސޯޓް ހުޅުވައިފި އެވެ.
އިންޑިއާ ކަނޑުގައި ހުޅުވި ފުރަތަމަ އިޓާލިއަން ލަގްޒަރީ ރިސޯޓުގެ ފުރަތަމަ ޓޫރިސްޓުންނަށް މަރުހަބާ ކިޔާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 40 މިނިޓް ތެރޭގައި ދެވޭ މި ރިސޯޓުގައި 96 ވިލާ ހުރެ އެވެ. މީގެ ތެރޭގައި ޕްރެޒިޑެންޝިއަލް ވޯޓާ ވިލާއަކާއި 45 ބީޗް ވިލާގެ އިތުރުން 42 ވޯޓާ ވިލާ އަދި އަށް ބަގީޗާ ވިލާ ހިމެނެ އެވެ.
ބެގްލިއޯނީގެ ބީޗް ވިލާއެއް: މި ރިސޯޓުގައި ޖުމްލަ 96 ވިލާ ހުރޭ- ފޮޓޯ: ބެގްލިއޯނީ
މިއީ، އިޓާލިއަން ލަގްޒަރީ ތީމަށް ތައްޔާރުކޮށްފައިވާ ރިސޯޓަކަށް ވުމާ އެކު، އިޓަލީގެ ރަހަތަކަށް ހާއްސަ ރެސްޓޯރެންޓެއް ވެސް ހުރެ އެވެ. މީގެ އިތުރުން ޖަޕާނުގެ ރަހަތަކަށް އަދި ބައިނަލަގްވާމީ ކުޒީންތަކަށް ހާއްސަ ރެސްޓޯރެންޓެއް ވެސް ހުރެ އެވެ.
އިޓަލީގެ ރަހަތަކަށް ހާއްސަކޮށްގެން ހަދާފައިވާ ރެސްޓޯރެންޓް-- ފޮޓޯ: ބެގްލިއޯނީ
ބެގްލިއޯނީގައި ހަދާފައިވާ ސްޕާ އަކީ ތަފާތު އެކި ޓްރީޓްމަންޓްތަކަށް ހާއްސަކޮށްގެން ހަދާފައިވާ ސްޕާ އެކެވެ. މި ސްޕާގައި މުޅިން ވެސް ބޭނުންކުރަނީ އިޓަލީގެ އުފެއްދުން ތަކެވެ. އެއީ އެއްވެސް ކަހަލަ ކެމިކަލަކާ ނުލައި ގުދުރަތީ ފަތްޕިލާވެލިން ތައްޔާރުކޮށްފައިވާ އުފެއްދުންތަކެވެ. ސްޕާ ހަދާފައިވަނީ އިޓަލީގެ ކުންފުންޏެއް ކަމަށް ވާ ރެއިސޯން ޑެޓްރާއިންނެވެ.
ބެގްލިއޯނީގައި ހަދާފައިވާ ސްޕާ: މިއީ ތަފާތު ޓްރީތްމަންޓްތަކަށް ހާއްސަކޮށްގެން ހަދާފައިވާ ސްޕާއެއް-- ފޮޓޯ: ބެގްލިއޯނީ
މި ރިސޯޓުގައި މޫދު ކުޅިވަރުތަކަށް ހާއްސަ ސަރަހައްދަކާއި ވޮލީ ކޯޓެއް ވަނީ ގާއިމްކޮށްފަ އެވެ. އަދި އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލަން ދާ ފަރާތްތަކަށް ސްނޯކްލިން އާއި ބޯޓު ދަތުރުގެ ހިދުމަތް ވެސް ލިބޭނެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބެއް ވެސް ހުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަބުރޭ
04 August 2019
މިރާއްޖޭގައި ވަޒީފާ އޮތީ ބަންގާޅިންނާއި ނޭޕާލު މީހުނަށް . ވަޓް އަ ކަންޓްރީ
އަލީ ރާޖާ
03 August 2019
ބަގީ ދުއްވަންވެސް ނޭޕާލްމީހުން ނަގާފތިބީ ހަމަ ދިވެހިން ނުވެގެން
ހަމަ ހޭ
03 August 2019
މިއީ ފާފު އަތޮޅާ ދާލު އަތޮޅުގެ ތަދުރު ފަތުރުގެ ސަބްސިޑީޒް އެއްގެ ގޮތިގައި ދޮންބިލަތް ހަލީމުގެ ކުންފުންޏަށް ދިން ދެރަށުގެ ތެރެއިން އެއް ރަށް ތާއެވެ. ކިހާ ރަގަޅު ތޯއެވެ. ދެރަށް އިޓަލީ އަށް ވިއްކާލާފައި އެދެއަތޮޅުގެ ދަތުރު ފަތުރު އެ އޮތީ ހުއްޓާލާފައެވެ.ދެން ދައުވާ ކުރާނީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ. މިކަހަ ފައްކާ މީހުން ނެވެ.
ބޮޑުދޫ
03 August 2019
ކޮބާ މައްސަލަ އަކީ؟ އެ ދާއިރާގެ މަޖްލީހުގެ ޢިއްޒަތްތެރި މެމްބަރަކަށް ވެސް އެ މީހުން ހޮވާފައި އެހުރީ އޭނަ ވިއްޔާ އެވެ. ދިވެހިން ކޮސް ވާނެއެވެ.