ނޯތު ޕޯޓް ކެފޭ މިހާރު ހިންގަނީ ލެމަން ގްރާސްއިން-- ފޮޓޯ: މިހާރު
17 އޮކްޓޯބަރ 2019 - 14:51
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލޭގެ އުތުރު ބަނދަރުގައި ހިންގަމުން އައި ނޯތު ޕޯޓް ކެފޭ ލެމަން ގްރާސްއާ ހަވާލުކޮށްފި އެވެ.
އެމްޕީއެލްގެ ކެފޭ ހިންގަން ލެމަން ގްރާސް އިން އިއްޔެ ފަށާފައިވާއިރު، އެ ތަނަށް އެ ކުންފުނިން ހުއްދަ ދީފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
މާލޭގައި ކެފޭ/ރެސްޓޯރަންޓުގެ ޚިދުމަތް މަތީ ފެންވަރުގައި ދެމުން އަންނަ ލެމަން ގްރާސްގެ ކޮންސަލްޓެންޓް މުހައްމަދު އަމްޖަދު މިއަދު ވިދާޅުވީ، އެމްޕީއެލް ކެފޭ އަކީ ދެ ބުރިއަށް ހަދާފައިވާ ތަނަކަށް ވުމުން، އެ ދެ ބައި ބޭނުންކުރަނީ ދެ ބޭނުމަކަށް ކަމަށެވެ. އެގޮތުން، ތިރީ ފްލޯގައި ސައި ހޮޓަލުގެ ޚިދުމަތް ދޭއިރު މަތީ ފްލޯ ޚާއްސަ ކޮށްފައި ވަނީ ރެސްޓޯރެންޓެއްގެ ގޮތުގަ އެވެ.
"ތިރީ ބައިގައި ހުންނާނެ ހުރިހާ ވަައްތަރެއްގެ ހެދިކާ އާއި ރިހަ އާއި ޑިސްކު ފަދަ ބާވަތްތައް. މިއީ ސެލްފް ސާވިސް ކޮށް ޚިދުމަތް ދޭ ބައެއް. ތިރީ ފްލޯ އިން ދޭ ޚިދުމަތުގެ އަގު ވަރަށް ހެޔޮވާނެ. ދެން މަތީ ބައި އަޅުގަނޑުމެން މި ހިންގަނީ ސިޓްރަން ގޮތަށް ރެސްޓޯރަންޓް ސްޓައިލަށް. މި ބައިގައި އަގުތައް ކުޑަކޮށް ބޮޑުވާނެ،" އަމްޖަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޕީއެލް ކެފޭގައި މިހާރު ގާތްގަނޑަކަށް 160 މީހުންނަށް އެއްފަހަރާ ޚިދުމަތް ދެވޭނެ އެވެ. އެއީ ދެ ފްލޯގެ އިތުރުން ބޭރުން ބައެއް ވެސް ހިމަނައިގެންނެވެ.
ނޯތު ޕޯޓް ކެފޭ މިހާރު ހުޅުވާފައި ހުންނާނީ ފަތިހު 5:30 ން ދަންވަރު 1:00 އާ ހަމައަށެވެ. ނަމަވެސް ޑިމާންޑް އޮތް މިނަވަރަކުން އެ ކެފޭ 24 ގަޑިއިރަށް ހުޅުވުމުގެ ހުއްދަ އަށް އެދޭނެ ކަމަށް އަމްޖަދު ބުންޏެވެ.
ނޯތު ހާބަރުގައި ހަދާފައިވާ ކެފޭ ހުޅުވާފައި ހުންނަ ވަގުތުތަކުގައި އެތަނާ ހަމައަށް ސައިކަލުގައި ދިއުމަށް އެމްޕީއެލުން ވަނީ ހުއްދަ ދީފަ އެވެ. އަދި އެ ސަރަހައްދުގައި ޕާކް ކުރެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ނޯތު ޕޯޓް ކެފޭ މީގެ ކުރިން އެމްޕީއެލުން ހިންގި ނަމަވެސް އެ ކުންފުންޏަށް ގެއްލުން ވުމުގެ ސަބަބުން މިދިޔަ އަހަރު އެ ކެފޭ އެހެން ބަޔަކާ ހަވާލު ކުރި އެވެ. އަނެއްކާ އަލުން މި ކެފޭ ހިންގުމަށް ބަޔަކު ހޯދަން އެމްޕީއެލުން ބީލަމަށް ހުޅުވާލީ މި އަހަރުގެ މާޗު މަހު 14ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާފަބޭ2019
17 October 2019
ތިޔަތަނަކީ ވަރަށްގިނަދަތުރުވެރިންނަށް ޚިދުމަތްދޭން ގިނަވަގުތުހުޅުވާފަބެހެއްޓުންވަރަށްމުހިންމުތަނެކެވެ. ވީމާ ކޮންމެހެންވެސްފަތިހުހުޅުވުން އަވަސްކުރަން ވަރަށްބޭނުންތަނެކެވެ.
ބިޑު
18 October 2019
ބީލަމުން އެންމެ ބޮޑުކުލި ހުށަހެޅި ފަރާތަށް ހަވާލުކުރީ.
ހަދިޔާ
17 October 2019
މިއީ ހުޅުދޫ މެންބަރު ހޮވަން ކުރި ހަރަދުގެ ހަދިޔާ ތޯ؟ ކޮބާ އެއްކަލަ ޒީރޯ ޓޮލަރެންސް ރައީސް؟
ދޮންވެލި
17 October 2019
ބިޑައް ލިތޯ އަދި ނަތީޖާ ބަލާލަ ބަލާށެވެ. ތިޔައީ ރައްޖޭގެ ހުރިހާރަށަކުން މާލެ އަންނަ މީހުންނަށް އަގު ހެޔޮކޮށް ކާން ލިބެން ޖެހޭ ތަނެކެވެ. ނޫނީ އިހްތިޖާޖު ކުރަން ވީ އެވެ.
ރަދީފް
17 October 2019
''ތިރީ ފްލޯގައި ސައި ހޮޓަލުގެ ޚިދުމަތް''. ހިނގާ ދޯ އަގުހެޔޯ ވާނެކަމަށް ބަލަމާ.
ޑާޑާ
17 October 2019
"ތިރީ ބައިގައި ހުންނާނެ ހުރިހާ ވަައްތަރެއްގެ ހެދިކާ އާއި ރިހަ އާއި ޑިސްކު ފަދަ ބާވަތްތައް. މިއީ ސެލްފް ސާވިސް ކޮށް ޚިދުމަތް ދޭ ބައެއް. ތިރީ ފްލޯ އިން ދޭ ޚިދުމަތުގެ އަގު ވަރަށް ހެޔޮވާނެ." ދޮންވެލި ބޮލަށް ތިހުންނަނީ އަބަދުވެސް ތެޔޮ އަރާފައުތަ، ލެމަންގްރާސް މީހުނަށް އެތަން ދިނީ އެއްވެސް ކުޔެއް ނުނަގާ ހިލޭ ސާބަހަށް ކަމަށް ހީކުރީތަ، އެތަނުގެ މުވައްޒަފުންނަށް މުސާރަވެސް ދޭން ނުޖެހޭނެ ކަމަށް ހީކުރަނީތަ.......
ދިވެހި_ކަސަނޯވާ
17 October 2019
މިއޮތީ ހަމަ ޒީރޯ ޓޮލެރަންސް މިކަމުގައި. ހާދަ ހިތްގައިމު ވެރިކަމެކޭ މިއީ. މިހާރު ހަނދާނެއްވެސް ނެތް ކޮރަޕްޝަނަކީ ކޮބައި ކަމެއްވެސް.
ރަދީފް
17 October 2019
އެމްޕީއެލްގެ މެނޭޖިންގް ޑިރެކްޓަރ - ލެމަންގްރާސްގެ ވެރިން.